18 ނޮވެމްބަރ 2016
އެއްމާބަނޑު ދެބެއިން ނަމަ، ގަބޫލުކުރެވެނީ ދެ މީހުންގެ ސިފަ ވަރަށް އެއްގޮތްވާނެ ކަމަށެވެ. ނަމަވެސް މިހާރު ފުރާވަރަށް އަރާފައިވާ މި ދެ ކުދިންނަށް ބަލާފައި ހީވާނީ ދެ މީހުންގެ ދެ ދަރިން ކަމަށެވެ.
އެއްމާބަނޑު ދެބެއިން ނަމަ، ގަބޫލުކުރެވެނީ ދެ މީހުންގެ ސިފަ ވަރަށް އެއްގޮތްވާނެ ކަމަށެވެ. ނަމަވެސް މިހާރު ފުރާވަރަށް އަރާފައިވާ މި ދެ ކުދިންނަށް ބަލާފައި ހީވާނީ ދެ މީހުންގެ ދެ ދަރިން ކަމަށެވެ.
ލޫސީ އޭލްމާ ހުންނަނީ ދޮންކޮށެވެ. އޭނާގެ މުށި ކުލައިގެ އިސްތަށިގަނޑު ހުންނަނީ ފަންކޮށެވެ. މާރިއާ އޭލްމާގެ ބޮލުގެ އިސްތަށިގަނޑު ހުންނަނީ ކަޅުކޮށް ވަރަށް ބުޅި ކޮށެވެ. ގައިގެ ކުލަ އައްޔެއް ނޫނެވެ. މި ދެބެއިން އުފަންވެފައި ވަނީ 1997ގެ ޖެނުއަރީ މަހު އެވެ.
މި ދެ ކުދިންގެ ސިފަ ތަފާތުކަމުން މި ކުދިން އޮޅިގެން އުޅޭކަށް ނުޖެހެ އެވެ. މިއީ ވަރަށް މަދުންނޫނީ ދިމާނުވާ ހާލަތެއްގެ ނަތީޖާ އެވެ. މި ދެ ކުދިންގެ މަންމަ އާއި ބައްޕަ އަކީ "މައްސުނި ނަސްލެއް"ގެ ދެ މީހުންނެވެ. އެ ދެ މީހުން އުފަންވެފައިވަނީ ހަންގަނޑުގެ ކުލަ ވަރަށް ތަފާތު ބައެއްގެ ގޮތުގަ އެވެ.
އެކުދިންގެ މަންމަ ޑޯނާ ޖަމައިކާ އަށް ވެސް ނިސްބަތްވެ އެވެ. މިއެކުދިންގެ ބައްޕަ ވިންސް އަކީ ދޮން މީހެކެވެ. ނަމަވެސް އެމީހުންނަށް ލިބެނީ އެއްމާބަނޑު ދެކުދިންކަން ފުރަތަމަ އެނގުނުއިރަކު އެމީހުންނަށް ތަފާތު ދެ ކުލައެއްގެ ދެބެއިން ލިބިދާނެ ކަމަކަށް އެމީހުން ހިއެއް ނުކުރެ އެވެ.
ލޫސީ އާއި މާރިއާ ތަންކޮޅެއް ކުޑައިރު
މި ކުދިން އެންމެ ފުރަތަމަ ފެނުމުން ކުދިންގެ މަންމަ އަށް ވެސް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. އެކުދިން ވިއްސި ނަރުސް ވެސް ދެބެއިން އެ ކުދިންގެ މަންމައަށް ދިންއިރު ހުރީ ހައިރާންވެ ބަސް ހުއްޓިފައި ކަމަށްވެ އެވެ.
މިހާރު 18 އަހަރު ފުރިފައިވާ މި ދެބެއިންނަކީ އެ އާއިލާގެ ފަސް ކުދިންގެ ތެރެއިން އެންމެ ހަގު ދެބެއިންނެވެ. އޭނާގެ ދޮއްޓަށް ތިބި ތިން ބެއިންގެ ކުލަ ހުންނަނީ ލޫސީ އާއި މާރިއާއާ ދެބެއިންގެ ކުލަ އެއްވުމުން ހުންނަ ކަހަލަ ގޮތަކަށެވެ.
މި ދެ ކުދިން ބުނަނީ އެއްމާބަނޑު ދެބެއިން ކަމަށް ބުުނުމުން މީހުން އެ ވާހަކަ ގަބޫލު ނުކުރާ ކަމަށެވެ.
މިހާރު 18 އަހަރު ފުރިފައިވާ މި ދެބެންނަކީ އެ އާއިލާގެ ފަސް ކުދިންގެ ތެރެއިން އެންމެ ހަގު ދެބެންނެވެ. އޭނާގެ ދޮއްޓަށް ތިބި ތިން ބެއިންގެ ކުލަ ހުންނަނީ ލޫސީ އާއި މާރިއާ އާ ދެބެންގެ ކުލައާ ސީދާ މެދެއްހާ ހިސާބުގައި ހުންނަ ކުލައެއްގަ އެވެ.
ލޫސީ އާއި މާރިއާ އެންމެ ތުއްތުއިރު އެކުދިންގެ މަންމަ އާއި ބައްޕަ އާއެކު
އެއްމާބަނޑު ދެ ކުދިންނަށް ވިޔަސް މިކުދިންގެ ސިފަޔާ އެއްގޮތަށް މިޒާޖާއި ދިރިއުޅުމުގެ ވައްޓަފާޅި ވެސް ވަރަށް ތަފާތެވެ. ލޫސީ ބުނި ގޮތުގައި މާރިއާ އަކީ ވަރަށް މީހުންނާ ގުޅޭ ކުއްޖަކަށް ވާއިރު އޭނާ އަކީ ވަރަށް ލަދުވެތި ކުއްޖެކެވެ.
މިފަދަ ގޮތަކަށް އެއްމާބަނޑު ކުދިން އުފަން ވުމާ ބެހޭ ގޮތުން ސައިންސް ބުނަނީ އައިޑެންޓިކަލް ޓްވިންސް ނޫން އެއްމާބަނޑު ދެކުދިންނަށް ވާރުތަވާނީ ތަފާތު ޖީންތަކެއް ކަމަށެވެ. ސަބަބަކީ މިކުދިންނަކީ ތަފާތު ދެ ބިހަކުން ގަރުބަގަންނަ ކުދިންނަށް ވާތީ އެވެ.
މި ކުދިންގެ މަންމަ ޑޯނާގެ ހަށިގަނޑުގައި ދޮން އަދި ކަޅު ހަމުގެ ޖީން ހުރުމުން ހަނި ފުރުސަތަކުން މާރިއާ އަށް އެ ޖީންގެ ކޯޑެއް ލިބުނީ ކަމަށާއި ލޫސީ އަށް އެހެން ޖީން އެއް ވާރުތަވީ ކަމަށެވެ. މާރިއާ އާއި ލޫސީ އަށް ދިމާވި ކަހަލަ ފުރުސަތެއް ދިމާވުމުގެ ފުރުސަތު އޮންނަނީ މިލިއަނަކުން އެއް ފަހަރު އެވެ.
ވިހޭތާ 26 ދުވަސް ފަހުން ދެ ވަނަ ދަރިއެއް
އެކަކަށް ތިން ފަހަރު އެއްމާބަނޑު ދެ ކުދިން ލިބިއްޖެ
ދެ އަހަރަކު އުފަންވި އެއްމާބަނޑު ދެބެއިން
އެއްމާބަނޑު ދެބެއިން، ހަގީ ކުރިން އުފަންވި ކުއްޖާ
އެއް ސިފައެއްގެ، އެއްމާބަނޑު ހަތަރު ކުދިން
އެމެރިކާ އަންހެނަކަށް ދެ އަހަރު ތެރޭ ހަ ކުދިން
އާދަޔާޚިލާފު ގޮތަކަށް އުފަންވި އެއްމާބަނޑު ދެބެއިން
މަދުން ނޫނީ ނުލިބޭ މުޅިން އެއްވައްތަރު ތިން ކުދިން
ވިހާފައި މަރު؛ މި ވޭނާއި ހިތްދަތިކަން ކިޔައިނުދެވޭނެ
މާބަނޑު މުވައްޒަފުންނަށް ދިން ލުއިތައް އިޔާދަކޮށްފި