Roadha Mihaaru
އުފަން ދުވަހު ފަތައިގެން ދުނިޔޭގެ ރެކޯޑެއް

އުފަން ދުވަހު ފަތައިގެން ދުނިޔޭގެ ރެކޯޑެއް

06 އޯގަސްޓް 2021

އެސްޓޯނިއާގެ އަންހެން ފެތުންތެރިޔަކު އޭނާގެ އުފަން ދުވަސް ފާހަގަކުރުމަށް، - މާމެއިޑް ފިންސް މޮނޯފިން - ގައި އެންމެ އަވަހަށް 30 ކިލޯމީޓަރަށް ފަތައިގެން ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެސްޓޯނިއާގެ އަންހެން ފެތުންތެރިޔަކު އޭނާގެ އުފަން ދުވަސް ފާހަގަކުރުމަށް، - މާމެއިޑް ފިންސް މޮނޯފިން - ގައި އެންމެ އަވަހަށް 30 ކިލޯމީޓަރަށް ފަތައިގެން ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.

ފެތުމާއި މޫދާ ގުޅުން ހުރި އެކި ކަހަލަ ހަރަކާތްތަކުގައި އަބަދު ވެސް އުޅޭ، އެސްޓޯނިއާ އަށް އުފަން މާލީ ލިވަންޑް މޮނޯފިންގައި ފަތައިގެން ރެކޯޑް ހެދީ އެޕްރީލް މަހުގެ 17 ގައި ފާހަގަކުރި އޭނާގެ 30 ވަނަ އުފަން ދުވަހު އެވެ.

މި ރެކޯޑްގެ ކުރިން 2019 ގައި ކެލިފޯނިއާގެ ރިޑޮންޑޯ ބީޗްގައި މޮނޯފިންގައި 10 ކިލޯމީޓަރަށް ފަތައިގެން ވެސް މާލީ ރެކޯޑް ހަދާފައިވެ އެވެ. އޭރު 6.2 މޭލަށް އޭނާ ފެތީ ދެ ގަޑިއިރާއި 54 މިނިޓްގެ ތެރޭގަ އެވެ. އަދި މިދިޔަ އަހަރު މަޔާމީގެ ސައުތު ޕޮއިންޓް ޕާކް ޕިއާގައި ހަ ގަޑިއިރާއި އަށް މިނިޓުން 20.6 ކިލޯމީޓަރަށް (12.8 މޭލަށް) މޮނޯފިންގައި ފަތާފައިވެ އެވެ.

މާމެއިޑްގެ ނިގޫފަތް ގޮތަށް ހުންނަ މޮނޯފިންއާ އެކު މާލީ ފެތި އިރު، އަތް އޮތީ އެއްވެސް ހަރަކާތެއް ނުކޮށް ބޮލާ ދިމާލަށް ދަމާލައިފަ އެވެ. އޭނާ މޮނޯފިންގައި ފެތީ ފައިގެ ހަރަކާތްތައް އެކަނި ބޭނުންކޮށްގެންވެ. އެކަމަކު މިއީ ވަދަށް ޓެކްނިކަލް ފެތުމެއް ކަމަށްވާތީ ރެކޯޑް ހެދުނީ ވެސް ވަރަށް ގިނަ ދުވަހުގެ ޓްރޭނިން އާއި ހިތްވަރުންނެވެ.

އެމެރިކާގެ މަޔާމީ ބީޗްގައި ލެވީނާ ވަނީ 30 ކިލޯމީޓަރު (18.6 މޭލު) އަށް މޮނޯފިންގައި ފަތައިފަ އެވެ. އެ ރާސްކާތާ އަށް އޭނާ ފަތަން ނެގީ ނުވަ ގަޑިއިރާއި 19 މިނިޓެވެ.

މޮޑެލްއެއްގެ އިތުރުން އަކްއަޕްރެނާ އެއްގޮތަށް ވެސް މަސައްކަތްކުރާ އަދި "އިކޯ މާމެއިޑް" ގެ ނަމުން މަޝްހޫރު މާލީ އަކީ މޫދާއި ކަނޑުފަޅުގެ ސާފުތާހިރުކަމަށް ވަރަށް ބޮޑަށް ވަކާލާތުކުރާ މީހެކެވެ. އޭނާ ބުނި ގޮތުގައި ފެތުމާއި މޫދުގެ އެކިއެކި ހަރަކާތްތަކަށް ލޯބި ޖެހުނީ ވެސް އެ ވެށީގެ ސާފުކަމަށް ދެވޭ އިސްކަމެއްގެ ސަބަބުންނެވެ.

"ހާއްސަކޮށް ޕްލާސްޓިކް ފަދަ ކުނިބުނިން މޫދާއި ކަނޑުފަޅު ތަޣައްޔަރުވުމަކީ ތިމާވެއްޓަށް ވަރަށް ބޮޑު ގެއްލުމެއް. އަހަރެން މޫދުގައި އުޅޭ އިރު ވެސް އަބަދު ވެސް ބަލަނީ މަސްމަހާމެހި ފަދަ އެއްޗެހި އުޅޭ ގޮތަށް އުޅެން،" މާލީ ބުންޏެވެ. "އެ އެއްޗެހީގެ ވެށީގައި އިންސާނުން އުޅެން ވާނީ އެއްޗެހީގެ ސަލާމަތާއި ރައްކާތެރި ކަމަށް އިސްކަން ދީގެން. އަހަރެމެންނަށް ބައެއް ފަހަރު ފެނޭ މިޔަރާއި ކޯމަހާއި ވެލާ ފަދަ ބޮލުގައި އެއްޗެހީގައި ޕްލާސްޓިކް ކޮތަޅާއި މަސްހިފާ ދާ ފަދަ އެއްޗެހި އޮޅިގެން އެ އެއްޗެހީގެ ފުރާނަ އަށް ގެއްލުންވާ ތަން ވެސް."

މޮނޯފިންގައި ފެތުމަކީ ވެސް މޫދަށް ކުނިއެޅުމާ ދެކޮޅަށް ހޭލުންތެރިކަން އުފައްދަން މާލީ ހާއްސަކަމެއް ދީގެން ކުރާ ކަމެކެވެ.

އުމުރުން 12 އަހަރުގައި، ތިލަ ޕޫލަކަށް ފުންމާލުމުން ބޮލާއި ކަނދުރާ އަށް ސީރިއަސް ގެއްލުންތަކެއް ވެސް ލިބުނު މާލީ ބުނީ ފެތުމަކީ ދުޅަހެޔޮ ސިއްހަތަކަށް ވަރަށް ވެސް މުހިއްމު ކަމެއް ކަމަށެވެ. އޭނާ ބުނީ ފެތުމާއި ވޯޓަ ތެރަޕީ އަކީ ހަށިގަނޑަށް ވަރަށް ބޮޑު ފަރުވާއެއް ކަމަށާއި އަމިއްލަ އަށް ލިބުނު ޒަހަމްތަކުން އަރައިގަނެވުނީ ވެސް ފެތުމަށް ދިން ސަމާލުކަމާ ހެދި ކަމަށެވެ. އެހެންވެ އެންމެންނަށް ވެސް ދޭނެ ނަސޭހަތަކީ ފެތުމަށް އާދަކުރުން ކަމަށް ބުންޏެވެ. ހާއްސަކޮށް އެކި ކަހަލަ ޖިސްމާނީ ބަލިތައް ހުންނަ މީހުންނެވެ.

މި ފަހުން މާލީ މަޔާމީގައި ފެތުމުގެ ހަރަކާތްތައް ބާއްވާތީ 2011 އިން ފެށިގެން ސައުތު ކެރޮލީނާގައި ދިރިއުޅޭ ފެތުންތެރިޔާގެ އުފަން ދުވަސް ކަމަށްވާ އެޕްރީލް މަހުގެ 17 ވަނަ ދުވަހަކީ މަޔާމީ ބީޗްގައި "މާލީ ލިވަންޑް ޑޭ" ވެސް ފާހަގަކުރާ ދުވަހެކެވެ.