09 ޖުލައި 2021
މިއީ އެމެރިކާގެ ޓެކްސަސްގައި ދިރިއުޅޭ ލިންޑާ ގިލޮރީ 51، އެވެ. އިލެކްޓްރިކަލް އިންޖިނިއަރިން ދާއިރާ އިން ކިޔަވާފައިވާ މި އަންހެން މީހާގެ ހާއްސަ ކަމަކީ ވީޑިއޯ ގޭމް ކޮންސޯލް ނުވަތަ ގޭމް ސިސްޓަމް އެއްކޮށްގެން ދެ ރެކޯޑެއް ހާސިލުކުރުމެވެ.
މިއީ އެމެރިކާގެ ޓެކްސަސްގައި ދިރިއުޅޭ ލިންޑާ ގިލޮރީ 51، އެވެ. އިލެކްޓްރިކަލް އިންޖިނިއަރިން ދާއިރާ އިން ކިޔަވާފައިވާ މި އަންހެން މީހާގެ ހާއްސަ ކަމަކީ ވީޑިއޯ ގޭމް ކޮންސޯލް ނުވަތަ ގޭމް ސިސްޓަމް އެއްކޮށްގެން ދެ ރެކޯޑެއް ހާސިލުކުރުމެވެ.
ދުނިޔޭގެ ރެކޯޑް ފޮތުން ލިންޑާ އަށް ލިބުނު ދެ ޖާގަ އަކީ އެންމެ ގިނަ އެލްސީޑީ ގޭމް ސިސްޓަމާއި އެންމެ ގިނަ ޕްލޭޔަބަލް ގޭމިން ސިސްޓަމްގެ ރެކޯޑެވެވެ. އެގޮތުން އޭނާގެ އަތުގައި ހުރި އެލްސީޑީ ގޭމް ސިސްޓަމް ކަލެކްޝަންގެ އަދަދު 1،599 އަށް އަރާ އިރު، އަނެއް ކަލެކްޝަންގައި 2،430 ކޮންސޯލް ހިމެނެ އެވެ. ދެ ބައި އެއްކޮށްލުމުން ކޮންސޯލްތަކުގެ އަދަދު 4،029 އަށް އަރަ އެވެ.
ލިންޑާގެ އަތުގައި މި ފަހުގެ ބައެއް ގޭމްތަކާއި އަދި ވަރަށް އިހުގެ ގޭމް ކޮންސޯލްތައް ވެސް އެބަހުއްޓެވެ. އެހެންވެ ކަލެކްޝަން ބޮޑަށް ސިފަކޮށްދެބީ ވިންޓޭޖް ކަލެކްޝަނެއްގެ ގޮތުގަ އެވެ. ލިންޑާގެ އަތުގައި ހުރި ބައެއް ގޭމްތަކަކީ އެ ގޭމްތައް އުފެއްދި ކުންފުނިތަކުން މިހާރު އުފެއްދުން ވެސް ހުއްޓާލާފައިވާ އެއްޗިއްސެވެ. .
އޭނާ ބުނީ އެންމެ ފުރަތަމަ ކުޅެން ލިބުނު ގޭމަކީ އުމުރުން 8 އަހަރުގައި ހަދިޔާއަކަށް ލިބުނު ރެޑް ކޮނިކް ބާސްބެކް ބޯލް ގޭމް ސިސްޓަމް ކަމަށެވެ. ލިންޑާގެ ކަލެކްޝަންގައި ހިމެނޭ ގޭމްތަކުގެ ތެރެއިން އެންމެ ގަވާޔާ ގޭމްތަކަކީ ޓޭންޑީ ކޮސްމިކް 200 ފަޔަ އަވޭ އާއި އިލެކްޓްރޯނިކްސް ގްރޯން ޕްރީ ޓާބޯ އާއި އެޕޯޗް ގެލެކްސީ 2 އާއި ސޫޕާ ޑޫޕާގެ އިތުރުން ކޮލޭކޯ ޕެކްމަން އެވެ.
Linda's 2000+ collection includes some classics such as Donkey Kong, Space Invaders and Pac-Man.
— Guinness World Records (@GWR) July 7, 2021
ލިންޑާ ބުނީ ވަރަށް ކުޑައިރު ވީޑިއޯ ގޭމްތަކަށް ޝައުގުވެރިކަން އުފެދުނު ހިސާބުން އެންމެ ބޮޑަށް ފަހުން ކުރަން ފެށި ކަމަކީ ގޭމް އެއްކުރުން ކަމަށެވެ. ގޭމް އެއްކޮށްގެން ދެ ރެކޯޑެއް ހެދި އިރު މީގެ އަހަރުތަކެއް ކުރިން ގޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ކަލެކްޝަނުން ވަރަށް ބޮޑު އަނދައިގެން ވެސް ގޮސްފައިވެ އެވެ.
"އެހެން ނޫން ނަމަ މިހާރު ހުރި އަދަދަށް ވުރެ މަ ގިނަ ގޭމް ސިސްޓަމްތައް އަހަރެންގެ އަތުގައި ހުންނާނެ." އޭނާ ބުންޏެވެ.
ގޭމް ކޮންސޯލް އެއްކުރުމުގެ މަސައްކަތް ފަހުން ލިންޑާ ފެށީ 2003 ގެ ފަހުންނެވެ. އޭގެ ފަހުން އެއްކުރާ ގޭމްތައް ރައްކާކޮށް، އޭނާ އަންނަނީ އެއްޗެހި ވަރަށް ރަނގަޅަށް ބަލަހައްޓަމުންނެވެ.
"ފަހުން މިކަން ކުރަން އެންމެ ބޮޑަށް ހިތްވަރުދިން މީހަކީ ބޭބެ. އެހެންވެ އަލުން މިކަން ފެށުމުގެ ވިސްނުން އައީ ވެސް،" ލިންޑާ ބުންޏެވެ.
އޭނާ ބުނީ ގޭމް ކޮންސޯލް އެއްކުރަން ފެށި ފަހުން ވަރަށް ގިނައިން ހަލާކުވެފައި ހުރި ގޭމްތައް ވެސް އެކި މީހުންގެ އަތުން ގަނެފައިވާ ކަމަށެވެ.
"އެ އެއްޗެހި ގަނެގެން އަލުން ބޭނުންކުރެވޭ ގޮތް ހެދުމަކީ ވެސް ވަރަށް ކުރާ ހިތްވާ ކަމެއް. އެހެންވެ ހަލާކުވެފައި ހުރި ވަރަށް ގިނަ ގޭމް ކޮންސޯލް ގަނެގެން އެ އެއްޗެހި ހަދާފައި ރައްކާކޮށްފައި ހުންނާނެ،" ލިންޑާ ބުންޏެވެ. "އަހަރެންގެ ކަލެކްޝަންގައި ހިމެނޭ ވަރަށް ގިނަ ގޭމްތައް ހުންނާނެ ޖަޕާނަށް އެކި ފަހަރު މަތިން ދަތުރުކޮށްގެން ހޯދާފައި ވެސް. ޖަޕާނަކީ ވީޑިއޯ ގޭމްތަކަށް ވަރަށް ހާއްސަ ގައުމަކަށްވާތީ އެ ގައުމަށް ދަތުރުކުރުމަކީ ވަރަށް ކުރާ ހިތްވާ ކަމެއް."
ދެ ރެކޯޑެއް މިހާރު ކަށަވަރުވެފައި އޮތަސް އަދިވެސް ހުއްޓައިލާކަށް ލިންޑާގެ ވިސްނުމެއް ނެތެވެ. އޭނާ ބުނީ ބޭނުން ވަނީ އަދިވެސް ގިނަ ގޭމްތައް އެއްކުރުން ކަމަށެވެ.
"ރެކޯޑުން ފޮތުން ޖާގަ ލިބުމަކީ ވަރަށް ބޮޑު އުފަލެއް. މިހާރު ދެން އެންމެ ބޮޑަށް ކުރެވޭ އުންމީދަކީ ކުޑަކުދިންނަށް ހާއްސަ އިލެކްޓްރިކް ގޭމިން ކިޓެއް ތައްޔާރުކޮށް ނެރުން،" ލިންޑާ ބުންޏެވެ. "އަދި އަމިއްލަ ކަލެކްޝަން ކުޑަކުދިންނަށް ދައްކައިލަން އެގްޒިބިޝަނެއް ބޭއްވުމާއި މި އެއްޗެހި ޖީލުތަކަށް ދެމިގެންދާ ގޮތަށް މިއުޒިއަމެއްގައި ބެހެއްޓުމަކީ ވެސް ހުވަފެނެއް."
ފައި އެންމެ ދިގު އަންހެނަކީ 17 އަހަރުގެ ކުއްޖެއް
ވިލްޑީން ބޭނުމީ އެންމެ ކުރު ފާމަސިސްޓަށް ވާން
އެންމެ ދުވަސްވީ މިނިކާވަގަށް 26 އަހަރު
ގަޔަށް ކޮފީ އެޅި ފިހުމުން ސްޓާބަކްސް އަށް ދައުވާކޮށްފި
މަސްނޫއީ ފަޔަކާ އެކު ޓްރެޑްމިލްގައި ދުވެގެން ރެކޯޑެއް
އުފަން ދުވަހު ފަތައިގެން ދުނިޔޭގެ ރެކޯޑެއް
މިއީ އެންމެ ބޮޑު އަންހެން އަނގަ
ބެޒޯސްއާ އެކު ޖައްވަށް ދާ ދުވަސްވީ މީހާ އަކީ ކާކު؟
ރެކޯޑް ހެދި ދިގު ނިޔަފަތިތައް ކަނޑާލައިފި
އަރިއާނާ ގްރަންޑޭ 20 ވަނަ ފަހަރަށް ރެކޯޑް ފޮތަށް