03 އޯގަސްޓް 2021
އޮލިމްފަހާއި ވެލާނާގެ އެސެޓެއްގެ ގޮތުގައި ބަހައްޓައިގެން، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އިސްލާމިކް ޓީބިލެއް ސަރުކާރުން ވިއްކައިފި އެވެ.
އޮލިމްފަހާއި ވެލާނާގެ އެސެޓެއްގެ ގޮތުގައި ބަހައްޓައިގެން، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އިސްލާމިކް ޓީބިލެއް ސަރުކާރުން ވިއްކައިފި އެވެ.
އިސްލާމިކް އިންސްޓްރޫމަންޓެއް މިދިޔަ ޖޫން މަހު އިޝޫކޮށްގެން ސަރުކާރުން ވަނީ 350 މިލިއަން ރުފިޔާ ހޯދައިފަ އެވެ. މި ފައިސާ ބޭނުންކޮށްފައި ވަނީ ސަރުކާރުގެ ހަރަދުތައް މެނޭޖްކުރުމަށެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ރާއްޖެއަކީ 100 ޕަސެންޓް އިސްލާމީ ގައުމަކަށްވުމާ އެކު މާލީ ދާއިރާގައި އިސްލާމިކް ފައިނޭސިންގެ ފުރުސަތުތައް އިތުރުކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ކޮންވެންޝަނަލް އުސޫލުތަކުގެ ބޭރުން އިސްލާމިކް ޓީބިލެއް އިޝޫ ކުރުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އިސްލާމިކް ފައިނޭންސް ފުޅާކުރަން ކުރީގެ ސަރުކާރުން ހަޒާނާ މޯލްޑިވްސް އުފެއްދި. އެމްސެފް ހެދި. އިސްލާމިކް ފައިނޭންސް މާކެޓް ޑިވެލޮޕް ކުރަން އެސެޓް ޕޫލެއް އޮންނަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
މިދިޔަ ޖޫން މަހު ނެގި ޓީބިލް ވިއްކާލީ 28 ދުވަހަށެވެ. އެހެން ނަމަވެސް އެ ފައިސާ ވަނީ އާންމުކޮށް ޓީބިލްތަކުގައި ހަދާގޮތަށް މިދިޔަ ހަފްތާގައި ރޯލްއޯވާކޮށްފަ އެވެ.
އިސްލާމިކް ޓީބިލްތައް ސަރުކާރުން ދޫކުރާ އިރު ސެކިއުރީއެއްގެ ގޮތުގައި މުދަލެއް ބަހައްޓަން ޖެހެ އެވެ. މިގޮތަށް ޓީބިލް ދޫކުރަނީ ދެ ފަރާތުގެ ހިއްސާ އޮންނަ ގޮތަށް އެސްޕީވީ [ކުންފުންޏެއް] އުފައްދައި އެ ކުންފުނީގެ ނަމުގައި، އިސްލާމިކް ފެސިލިޓީގެ ގޮތުގައި ނަގާ ވަރު ސެކުޔާ ކުރެވޭ ވަރުގެ ޕްރޮޕަޓީއެއް ބޭނުންކޮށްގެންނެވެ. ކުންފުނިން ވިޔަފާރި ފަށާނީ މި އިންސްޓްރޫމަންޓް އަނބުރާ ނުދެއްކިއްޖެ ހާލަތެއްގައި އެ ފައިސާ ހޯދުމަށެވެ. އާންމު މޯގޭޖް އުސޫލުތަކާ ހިލާފަށް އިސްލާމިކް ފެސިލިޓީތަކުގައި ދަރަނި ނުދެއްކުމުން ސެކުޔާ ކުރި މުދާ ވިއްކައެއް ނުލާނެ އެވެ.
މި އަހަރު ކުރީކޮޅު ސަރުކާރުން ވަނީ 300 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) ގެ ސްކޫކެއް ވެސް ވިއްކައިފަ އެވެ.
އަމީރު ވިދާޅުވީ، އިސްލާމިކް އިންސްޓްރޫމަންޓެއް އިޝޫކުރާ އިރު އަބަދުވެސް އެސެޓެއް ބަހައްޓަން ޖެހޭ އިރު ސަރުކާރުން އަންނާނީ މިފަދަ އެސެޓްތަކުގެ ޕޫލެއް އެކުލަވައިލަމުންނެވެ. އަދި މިގޮތަށް އެސެޓް ޕޫލެއް އެކުލަވައިލާ ކުރިއަށް އޮތްތަނުގައި ވެސް ފައިނޭޝަލް އިންސްޓްރޫމަންޓްތައް ވިއްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮންވެޝަނަލް އިންސްޓްރޫމަންޓްތަކުގެ ބަދަލުގައި އިސްލާމިކް އިންސްޓްރޫމަންޓްތައް އިޝޫކުރުމުން އިންވެސްޓްކުރާ އަދަދުން ގެއްލުންވުމުގެ ފުރުސަތު ކުޑަވާނެ އެވެ. އަދި ދައުލަތުން އަނބުރާ ދައްކަން ޖެހޭ ވަރު ވެސް ކުޑަވާނެ އެވެ.
"އިންޑިއާގެ އެހީން އިގްތިސާދު 15 ބިލިއަނަށް އަރާނެ"
އަމީރާ ދެކޮޅަށް ހުށަހެޅި މައްސަލަ ކޯޓުން ބަލައެއްނުގަތް
ގުޅިފަޅު އިތުރަށް ހިއްކަން 1.6 ބިލިއަންގެ ލޯނެއް
"އާމްދަނީ އިތުރުވިޔަސް ހަރަދުތަކަށް ވަނީ ވާންވެފައި"
ރާއްޖޭގެ ދަރަނި 100 ބިލިއަނާ ގާތަށް
ހަތަރު އަހަރުގެ ތެރޭގައި 37 ބިލިިއަންގެ ލޯނު ނަގައިފި
އަތޮޅު ފިހާރަތަކުގެ ކުލި އެއްކޮށް ކައުންސިލްތަކަށް
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެ
"މި ސަރުކާރުގެ ދަރަންޏަކީ 34 ބިލިއަން ރުފިޔާ"
ޕްރޮޖެކްޓްތައް ލަސްވާ ނަމަ މުވައްޒަފުން ވަކިކުރަނީ