Roadha Mihaaru
"ސުހާނާ" ހަވާދު ޕެކެޓް އެމްޔޫ ސްޓޯރުން ތައާރަފުކޮށްފި

"ސުހާނާ" ހަވާދު ޕެކެޓް އެމްޔޫ ސްޓޯރުން ރާއްޖެ އަށް ތައާރަފުކޮށްފި

02 އޯގަސްޓް 2021

އެމްޔޫ ސްޓޯރުން "ސުހާނާ" ބްރޭންޑްގެ ރެޑީ-ޓު-ޔޫސް ހަވާދު ޕެކެޓް ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްޔޫ ސްޓޯރުން "ސުހާނާ" ބްރޭންޑްގެ ރެޑީ-ޓު-ޔޫސް ހަވާދު ޕެކެޓް ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.

އެ ފިހާރަ އިން ބުނީ "ސުހާނާ" ބްރޭޑްގެ، ވަގުތުން ތައްޔާރުކޮށްލެވޭ ކާއެއްޗިއްސާއި ހަވާދު ޕެކެޓުތައް ވެސް ލިބޭނެ ކަމަށެވެ. މި ބްރޭންޑްގެ ވިއްސަށް ވުރެ ގިނަ ބަވަތްތަކުގެ ތަކެތި އެމްޔޫ ސްޓޯރުން ލިބެން ހުންނާނެ އެވެ.

މީގެ ތެރޭގައި ދިވެހިން އެންމެ ގިނައިން ބޭނުންކޮށް އުޅޭ ޗިކަން ކަރީ، ޗިކަން ބިރިޔާނީ ފަދަ ކެއުންތަކަށް އަޅަން ބޭނުންވާ ހަވާދު ހިމެނެ އެވެ. އިންޑިއާގެ ބައެއް ކެއުންތަކަށް ބޭނުންކުރާ ޗިކަން ޓިއްކާ، ޗިކަން ތަންދޫރި، ބަޓާ ޗިކަން އަށް ހާއްސަ ހަވާދު ޕެކެޓު ވެސް އެބަހުއްޓެވެ.

އެމްޔޫ ސްޓޯރުން ބުނާގޮތުގައި އިންޑިއާގެ "ސުހާނާ" ބްރޭންޑްގެ ހަވާދު ޕެކެޓުން ހަދާ ކެއުންތަކުގެ ރަހަޔަށް އިތުރަށް ފުރިހަމަ ކަމެއް ގެނެސްދޭނެ އެވެ.

އެމްޔޫ ސްޓޯރަކީ ރާއްޖޭގައި ހޯލް ސޭލް އަދި ރީޓެއިލް ވިޔަފާރީގައި އެންމެ ދުވަސްވީ އެއް ކުންފުންޏެވެ. އެ ކުންފުނިން އަންނަނީ އެންމެ ނަން މަޝްހޫރު އެތައް ބާވަތެއްގެ އުފެއްދުން ރާއްޖެ އެތެރެކޮށް، މާކެޓް ކުރަމުންނެވެ.