Roadha Mihaaru
ކުޅި ޗިޕްސްއެއް ކައިގެން ދަރިވަރުންތަކެއް ހޮސްޕިޓަލަށް

މާ ކުޅި ޗިޕްސްއެއް ކައިގެން ޖަޕާނުގެ ދަރިވަރުންތަކެއް ހޮސްޕިޓަލަށް

17 ޖުލައި 2024

ޖަޕާނުގެ ހައި ސްކޫލްގެ 14 ދަރިވަރަކު މާ ކުޅި ޕޮޓޭޓޯ ޗިޕްސްއެއް ކެއުމުގެ ސަބަބުން ދިމާވި މައްސަލަތަކާ ހެދި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ޖެހިއްޖެ ކަމަށް އެ ގައުމުގެ މީޑިއާއިން ބުނެފި އެވެ.

ޖަޕާނުގެ ހައި ސްކޫލްގެ 14 ދަރިވަރަކު މާ ކުޅި ޕޮޓޭޓޯ ޗިޕްސްއެއް ކެއުމުގެ ސަބަބުން ދިމާވި މައްސަލަތަކާ ހެދި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ޖެހިއްޖެ ކަމަށް އެ ގައުމުގެ މީޑިއާއިން ބުނެފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސްކޫލްގެ ހުސް ވަގުތެއްގައި ތިރީހަކަށް ދަރިވަރުން މި ޗިޕްސްތައް ކާން ތިއްބާ ބައެއް ބޯ އަނބުރަން ފަށައި އަނެއް ބައެއްގެ އަނގަމަތިން މާ ގަދަޔަށް ދިލަ ނަގައި ކެތް ނުވާ ހިސާބަށް ދިޔައީ އެވެ.

ފުޖީ ޓީވީން ބުނި ގޮތުގައި އެއްވެސް ދަރިވަރެއްގެ ހެޔަށް ގޮތްވާ ވަރު ނުވި ނަމަވެސް އެއް ދަރިވަރަކު ގެންދަން ޖެހުނީ ފުރޮޅުލީ ގޮނޑީގައި ބައިންދައިގެންނެވެ. އެ ޗެނަލް އިން ބުނި ގޮތުގައި ފިރިހެން ދަރިވަރަކު މި ޗިޕްސް ސްކޫލަށް ގެންދިޔައީ އޭނާ މީގެ ޗިޕްސް ކުރިން ކައި، އޭގެ އާދަޔާ ހިލާފް ކުޅިކަމުގެ ސަބަބުން މަޖާ ކަމަށް ބުނެ އެވެ.

މި ޗިޕްސް ޕެކެޓުގެ ބްރޭންޑަކީ "އާރް 18 + ކަރީ ޗިޕްސް" އެވެ. މި ޗިޕްސް އުފެއްދި ކުންފުނީގެ ވެބްސައިޓުގައި ބުނެފައިވަނީ މިއީ 18 އަހަރުން ދަށުގެ ކުދިން ކާން ހަދާފައިވާ އެއްޗެއް ނޫން ކަމަށެވެ. އެއީ މީގެ ކުޅިކަމުން ތަދު އިހްސާސްވާނެތީ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި މިއީ ވަރަށް ކުޅި "ގޯސްޓް ޕެޕަ" އަޅައިގެން ހަދާފައިވާ އެއްޗެކެވެ.

ލޭމައްޗަށްދާ މީހުންނާއި ބަނޑުގެ މައްސަލަތައް ހުންނަ މީހުންނަށް މި ޗިޕްސް ކެއުން މަނާ ކަމަށް ބުނެފައި ވާއިރު "ފިނޑިން" މި ޗިޕްސް ކެއުމަށް ހިތްވަރު ނުދޭ ކަމަށް ވެސް ބުނެފައިވެ އެވެ. -- އޭއެފްޕީ