ފަލަސްތީނުގެ ޣައްޒާގައި ދިން ހަމަލާތަކުގައި ޒަހަމްވި މީހުންނާއި އެ ސިޓީގައި ތިބި ބަލި މީހުންނަށް، ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ޖަޕާނުގައި ބޭސްފަރުވާގެ ކަންކަން ހަމަޖައްސައިނުމާ މެދު ވިސްނަމުން އަންނަ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޝިގޭރޫ އިޝިބާ ވިދާޅުވެއްޖެ އެވެ.
ފަލަސްތީނުގެ ޣައްޒާގައި ދިން ހަމަލާތަކުގައި ޒަހަމްވި މީހުންނާއި އެ ސިޓީގައި ތިބި ބަލި މީހުންނަށް، ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ޖަޕާނުގައި ބޭސްފަރުވާގެ ކަންކަން ހަމަޖައްސައިނުމާ މެދު ވިސްނަމުން އަންނަ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޝިގޭރޫ އިޝިބާ ވިދާޅުވެއްޖެ އެވެ.
ޕާލަމެންޓުގެ މިއަދުގެ ޖަލްސާގައި އިޝިބާ ވިދާޅުވީ "ޣައްޒާގައި ތިބި ބަލި ނުވަތަ ޒަހަމްވި މީހުންނަށް" އެހީތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތެއް އެކުލަވާލުމުގެ މަސައްކަތް އޭނާގެ ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ އެއްބަސްވުމެއްގެ ދަށުން މިވަގުތަށް ހަމަލާތައް މެދުކެނޑިފައި އޮތް ޣައްޒާގެ އާންމު ރައްޔިތުންނަށް ޖަޕާނުން ތައުލީމީ ފުރުސަތުތައް ވެސް ދެވިދާނެ ކަމަށެވެ. ހަމަލާތައް މެދުކަނޑާލި އިރު ފަލަސްތީނުގެ 46،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު ޒަހަމްވި މީހުންގެ އަދަދު ލައްކައިން މައްޗަށް އަރަ އެވެ.
އިޝީބާ މިހެން ވިދާޅުވީ 2017 ވަނަ އަހަރު ސީރިއާގެ ރެފިއުޖީން ދަރިވަރުންގެ ގޮތުގައި ބަލައިގަތް ގޮތަށް ޣައްޒާގެ ރައްޔިތުންނަށް އެހީވެވޭނެ ގޮތެއް އެބަ އޮތްތޯ މެންބަރަކު ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.
"ޣައްޒާއަށް ވެސް މިފަދަ ޕްރޮގްރާމެއް ފަށަން އެބަ ވިސްނަން. މި ޕްލޭން ހަގީގަތަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރާނެ،" އިޝިބާ ވިދާޅުވި އެވެ.
ޕާލަމެންޓުގައި މަޝްވަރާކުރި ކަންކަމާ، ޖަޕާނުން އެހެން ގައުމުތަކުގެ މީހުންނަށް ހިމާޔަތް ދިނުމާ ގުޅޭ ގޮތުން ގެންގުޅޭ މައި ސިޔާސަތާ ތަފާތެވެ. ޖަޕާނަކީ އެހެން ގައުމުތަކުގެ މީހުންނަށް އެ ގައުމުން ހިމާޔަތް ދިނުން މަދު ގައުމަކަށް ވާތީ ފާޑުކިޔުން ވެސް އަމާޒުވެ އެވެ.
ޖަޕާނުން 2023 ވަނަ އަހަރު ހިމާޔަތް ދިނީ އެކަމަށް އެދި ހުށަހެޅި 13،823 މީހުންގެ ތެރެއިން 1،310 މީހަކަށެވެ. އެއީ ހުށަހެޅި މީހުންގެ 10 ޕަސެންޓަށް މަދު އަދަދެކެވެ.
އެކަމަކު އެހެން އޮނިގަނޑެއްގެ ދަށުން، މިދިޔަ އަހަރުގެ ނިޔަލަށް ޖަޕާނުން ވަނީ އދ.ގެ ރެފިއުޖީ އެޖެންސީން ރެފިއުޖީންގެ ގޮތުގައި ބަލައިގަތް ސީރިއާގެ މީހުންގެ ތެރެއިން 82 މީހުން ދަރިވަރުންގެ ބަލައިގެންފައި ކަމަށް އެހީގެ ޕްރޮގްރާމްތަކާ ހަވާލުވެ ހުންނެވި ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ. އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވީ އެއީ ޖަޕާނުގެ ދިގު މުއްދަތުގެ ޚާރިޖީ އެހީގެ ސިޔާސަތުގެ ދަށުން ސީރިއާގެ މުސްތަގުބަލުގެ ލީޑަރުން އުފެއްދުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ސްކީމެއް ކަމަށެވެ.
ޣައްޒާގައި އިއްޔެ އިޒްރޭލުން 41 މީހަކު ޝަހީދުކޮށްލި
އެކްޓިވިސްޓުން ޣައްޒާ ބޯޑަރަށް ދާން ހުރަސްއަޅައިފި
ޣައްޒާއަށް ދާން އުޅުނު އެކްޓިވިސްޓުން މިސްރުން ހައްޔަރު
އެތައް ސަތޭކަ އެކްޓިވިސްޓުންގެ ގާފިލާއެއް ޣައްޒާއަށް!
ޣައްޒާގައި އެހީ ބަހާ ތަނެއްގައި މިއަދުވެސް 31 މަރު
ފަލަސްތީނުގެ ދައުލަތް އެހެން ގައުމެއްގައި ހަދަން ބުނެފި
އެހީގެ ޔޮޓުން ހިފެހެއްޓި ގްރޭޓާ ޓަންބާގް ޑީޕޯޓްކޮށްފި
އިޒްރޭލުގައި ރައްޔިތުންގެ ސަރުކާރެއް ނެތް: އިދިކޮޅު
އެހީ ހިފައިގެން ދިޔަ ޔޮޓަށް އިޒްރޭލު ސިފައިން އަރައިފި
އެކްޓިވިސްޓުންގެ އެހީގެ ބޯޓު އިޒްރޭލުން ހުއްޓުވާނެ