06 ޖެނުއަރީ 2025
އާދައިގެ ސައިކަލެއްގެ ސައިޒާއި ބަރުދަން ހުރި ނޫއުރަހަ ކަންނެއްޔެއް 207 މިލިއަން ޔެން (1.3 މިލިއަން ޑޮލަރު) އަށް ޖަޕާނުގެ ސޫޝީ ރެސްޓޯރަންޓަކުން ނީލަމެއްގައި ގަނެފި އެވެ.
އާދައިގެ ސައިކަލެއްގެ ސައިޒާއި ބަރުދަން ހުރި ނޫއުރަހަ ކަންނެއްޔެއް 207 މިލިއަން ޔެން (1.3 މިލިއަން ޑޮލަރު) އަށް ޖަޕާނުގެ ސޫޝީ ރެސްޓޯރަންޓަކުން ނީލަމެއްގައި ގަނެފި އެވެ.
މިއީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި އޮންނަ ޓޮޔޯސޫ މަސް މާރުކޭޓުގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ އާ އަހަރުގެ ބީލަމުގައި މިހާތަނަށް ދެވަނަ އަށް އެންމެ ބޮޑު އަގުގައި ވިކުނު މަހެވެ.
ނީލަން ކާމިޔާބުކުރި އޮނޮޑޭރާ ގްރޫޕުން ބުނީ 276 ކިލޯގެ ބަރުދަން ހުރި މަހުގެ ކެއުންތައް ގިންޒާ އޮނޮޑޭރާ ރެސްޓޯރެންޓްތަކުގެ އިތުރުން ގައުމުގެ އެކި ކަންކޮޅުތަކުގައި ހުންނަ ނަޑަމަން ރެސްޓޯރެންޓްތަކުން ވެސް ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ.
"އެންމެ ފުރަތަމަ ލިބޭ ކަންނެއްޔަކީ ނަސީބު ރަނގަޅުކޮށްދޭ އެއްޗެއްގެ ގޮތުގައި އޮންނަނީ ބެލެވިފައި،" އޮނޮޑޭރާގެ އޮފިޝަލް ޝިންޖީ ނާގާއޯ އޭއެފްޕީއަށް ވިދާޅުވި އެވެ.
ނާގާއޯ ވިދާޅުވީ ޖަޕާނުގެ އުތުރުގެ އަމޯރީ ސަރަހައްދުން ހިފާފައިވާ މި މަސް ކައިގެން، "އުފާވެރި އަހަރެއް" ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
މި ނީލަމުގައި މިއީ އެ ކުންފުނިން އެންމެ ބޮޑު އަގު ހުށަހަަޅައިގެން ޖެހިޖެހިގެން ފަސް ވަނަ އަހަރު ނީލަން ކާމިޔާބުކުރި އަހަރެވެ. މިދިޔަ އަހަރު އެ މީހުން ކަންނެލި ގަތީ 114 މިލިއަން ޔެން އަށެވެ.
މިގޮތަށް މަސް ވިއްކުމުގެ ރެކޯޑް 1999 ވަނަ އަހަރު ބަލަހައްޓަން ފެށި ފަހުން އެންމެ ބޮޑު އަގަކަށް ކަންނެއްޔެއް ވިކުނީ 2019 ވަނަ އަހަރު އެވެ. އެއީ 278 ކިލޯގެ ނޫއުރަހަ ކަންނެއްޔަކަށް 333.6 މިލިއަން ޔެން އެވެ.
ނަވާރަ ސަތޭކަ ތިރީސް ފަސް ވަނަ އަހަރު ހުޅުވި ޓޮޔޯސޫ މަސް މާރުކޭޓަކީ ދުނިޔޭގެ އެންމެ ބޮޑު މަސްމާރުކޭޓުގެ ގޮތުގައި އޮންނަނީ ބެލެވިފަ އެވެ. އެ މާރުކޭޓުގައި ދުވަސް ފަށަނީ ވެސް މަހުގެ ބާވަތްތަކުގެ ބޮޑެތި ނީލަންތަކުންނެވެ.
ކަންނެއްޔެއް 3.1 މިލިއަން ޑޮލަރަށް ވިއްކާލައިފި
އެންމެ ދުވަސްވީ މީހާ 116 އަހަރުގައި މަރުވެއްޖެ
ރާއްޖޭގައި ޖަޕާނުގެ މަޖިލިސް މެންބަރަކު މަރުވެއްޖެ
އޭސީސީ ހަރުދަނާކުރުމަށް ޖަޕާނާ އެކު އެއްބަސްވުމެއް
ރޯދަމަހު ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް
ހަލީލަށް ޖަޕާނުގެ އެމްޕެރާގެ ހާއްސަ ޝަރަފެއް އަރުވައިފި
އޮކްޓޯބަރެއްގައި ފުޖީގައި ސްނޯ ނެތް ފުރަތަމަ ފަހަރު
ބޯޑަރުގައި ބޭނުންކުރަން ސިއްހީ ސާމާނު ހަދިޔާ ކޮށްފި
ޖަޕާނުގެ މަޖިލީހަށް ރެކޯޑް އަދަދަކަށް އަންހެނުން
ޖަޕާން ބަލިކޮށް ރާއްޖޭން ސެމީގެ އުއްމީދު ދަމަހައްޓައިފި