05 ޖެނުއަރީ 2019
ޖަޕާނުގެ ވެރިރަށް ޓޯކިއޯގައި ބޭއްވި އާ އަހަރުގެ ނީލަމެއްގައި ރިކޯޑް އަގަކަށް ހޮނިހިރު ދުވަހު ކަންނެއްޔެއް ވިއްކާލައިފި އެވެ.
ޖަޕާނުގެ ވެރިރަށް ޓޯކިއޯގައި ބޭއްވި އާ އަހަރުގެ ނީލަމެއްގައި ރިކޯޑް އަގަކަށް ހޮނިހިރު ދުވަހު ކަންނެއްޔެއް ވިއްކާލައިފި އެވެ.
ޓޯކިއޯގައި ހިންގާ ސުޝީ ރެސްޓޯރަންޓް ޗެއިން "ސުޝީޒައްމާއީ" އިން، ބަރުދަނުގައި 278 ކިލޯ ހުރި މަސް ގަނެފައި ވަނީ 333.6 މިލިއަން ޔެން (3.1 މިލިއަން ޑޮލަރު) އަށެވެ.
އެތަނުގެ ވެރިޔާ ކިޔޯޝީ ކިމޫރާ ބުނި ގޮތުގައި މީގެ ކުރިން ހަ ފަހަރެއްގެ މަތިން ވެސް އެ މީހުން ވަނީ ބޮޑު އަގަކަށް ކަންނެއްޔެއް ގަނެގެން ރިކޯޑް ހަދައިފަ އެވެ.
"އަހަރެން ކުރިން އުންމީދުކުރީ މި މަހުގެ އަގު އެންމެ މައްޗަށް ވެސް އަރައިގެން ދާނީ ފަސްދޮޅަސް މިލިއަން ޔެން އަށް ކަމަށް. އެކަމަކު އޭގެ ފަސްގުނަ ބޮޑުކޮށް އަހަރެމެންނަށް މި މަސް ގަނެވުނީ،" އޭނާ ބުންޏެވެ. "ވަރަށް ވާދަވެރިކޮށް މި ފަހަރު މި ދިޔައީ."
މި ފަހަރު 3.1 މިލިއަން ޑޮލަރަށް ވިއްކައިލި ނޫ އުރަހަ ކަންނެއްޔާ އެކު، އެންމެ ބޮޑު އަގުގައި ޖަޕާނުގައި ކަޅުބިލަ މަހެއް ގަނެގެން 2013 ގައި ހެދި "ސުޝީޒައްމޯއިން" ހެދި ރިިކޯޑް އެ މީހުން މިހާރު މި ވަނީ މުގުރާލައިފަ އެވެ.
ނޫއުރަހަ ކަންނެއްޔެއް 1.3 މިލިއަން ޑޮލަރަށް ވިކިއްޖެ
ޓޯކިޔޯއިން މީހުން މަދުކުރަން ޖަޕާނުން ފިޔަވަޅު އަޅައިފި
ޓޯކިޔޯގައި ކަރަންޓް މަދުން ބޭނުންކުރަން އަންގައިފި
ބެލްޖިއަމްގައި ދިރިއުޅޭ މީހަކު ޓޯކިޔޯގެ މޭޔަރަކަށް
ޔޫކްރޭން ހަނގުރާމައާ އެކު ދުނިޔެ ބަނަވެއްޖެ: ބައިޑެން
އެންމެ މަގުބޫލު ސިޓީ އަކީ ސެން ފްރާންސިސްކޯ
ކުއްޖަކަށް އެހީވާން އޮލިމްޕިކް މެޑަލް ވިއްކާލައިފި
މެޑަލްގައި މޭޔަރު ދަތްއެޅުމުން އާ މެޑަލްއެއް ދެނީ
އޮލިމްޕިކްސްގައި ދޭ މާބޮނޑީގައި ހާއްސަ ހަނދާންތަކެއް
އެތުލީޓުން މެޑެލްގައި ދަތް އަޅަނީ ކީއްވެ؟