05 ޖެނުއަރީ 2025
އުމުރުން އެންމެ ދުވަސްވީ މީހާގެ ރެކޯޑް އޮތް، ޖަޕާނުގެ ޓޮމިކޯ އިޓޫކާ އުމުރުން 116 އަހަރުގައި މަރުވެއްޖެ އެވެ.
އުމުރުން އެންމެ ދުވަސްވީ މީހާގެ ރެކޯޑް އޮތް، ޖަޕާނުގެ ޓޮމިކޯ އިޓޫކާ އުމުރުން 116 އަހަރުގައި މަރުވެއްޖެ އެވެ.
އިޓޫކާ ނިސްބަތްވާ ދެކުނު އަޝިޔާ ސިޓީގެ މޭޔަރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ހަތަރު ދަރިންނާއި ފަސް މާމަ ދަރިން ތިބި އިޓޫކާ މަރުވީ 2019 ވަނަ އަހަރުން ފެށިގެން އޭނާ ދިރިއުޅެމުން ދިޔަ ނާސިން ހޯމެއްގައި މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ކަމަށެވެ.
އޭނާ އުފަންވީ ފޯޑް މޮޑެލް ޓީ ކާރު އެމެރިކާގައި ތައާރަފްކުރުމުގެ ހަތަރު މަސް ކުރިން 1908 ވަނަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު، އަޝިޔާ ކައިރީގައި އޮންނަ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ އޮސާކާގަ އެވެ.
ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ގޮތުގައި އިޓޫކާ ލިސްޓުކުރީ، 2024 ވަނަ އަހަރުގެ އޮގަސްޓް މަހު އުމުރުން 117 އަހަރުގައި ސްޕެއިންގެ މާރިއާ ބްރެންޔަސް މޮރޭރާ މަރުވުމުންނެވެ.
"އިޓޫކާގެ ދިގު ހަޔާތުގެ ތެރެއިން އަހަރެމެންނަށް ހިތްވަރާއި އުއްމީދުތަކެއް ވަނީ ގެނެސްދީފައި،" އަޝިޔާގެ އުމުރުން 27 އަހަރުގެ މޭޔަރު ރިޔޯސުކޭ ޓަކަޝިމާގެ ބަޔާނުގައިވެ އެވެ.
އެއްބަނޑު އެއްބަފާ ތިން މީހުންގެ ތެރެއިން އެކަކު ކަމަށްވާ އިޓޫކާ ވަނީ ދުނިޔޭގެ ހަނގުރާމަތަކާއި ބަލިމަޑުކަމުގެ އިތުރުން ޓެކްނޮލޮޖީގެ ކުރިއެރުންތައް ވެސް ތަޖުރިބާކޮށްފަ އެވެ. އޭނާ އަކީ ދަރިވަރެއްގެ ގޮތުގައި ހުރި އިރު ވޮލީ ބޯޅަ ކުޅުނު މީހެކެވެ.
މޭޔަރުގެ ބަޔާނުގައި ވާގޮތުން އުމުރުން ދުވަސްވެފައި އިން އިރު އިޓޫކާ އެންމެ ގަޔާވި ކާނާ އަކީ ޖަޕާނުގައި މަގުބޫލު މިލްކީ ސޮފްޓް ޑްރިންކެއް ކަމަށްވާ ކެލްޕިސް އާއި ދޮންކޭލެވެ.
ޖަޕާނުގައި އާންމުގޮތެއްގައި އަންހެނުންގެ އުމުރު ދިގެވެ. އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވެ ބޭސްފަރުވާއާއި ވެލްފެއާގެ ޚަރަދުތައް ބޮޑުވަމުން ދާއިރު އާބާދީ މުސްކުޅިވުމުގެ ނުރައްކާ އެ ގައުމަށް ވަނީ ވަރަށް ބޮޑުވެފަ އެވެ.
ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޖަޕާނުގައި 100 އަހަރުން މަތީގެ 95،000 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް ވަނީ ބުނެފަ އެވެ. އެ ގައުމުގެ 124 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބަޔަކީ 65 އަހަރުން މަތީގެ މީހުންނެވެ.
އުމުރުން 90، އަދިވެސް ވީޑިއޯ ގޭމް ކުޅުމުގައި
އެންމެ ދުވަސްވީ ފިރިހެން މީހާ މަރުވެއްޖެ
ވަޓަނަބޭ އަށް 112 އަހަރު؛ ސިއްރަކީ ހިނިތުންވުން
ޖަޕާނުގެ ދުވަސްވީ މީހުންގެ އާބާދީއަށް ރެކޯޑް އުފުލުމެއް
ޖަޕާނު އެހީގައި ގުރައިދޫ މަރުކަޒުގެ ވޯޑު މަރާމާތުކޮށްފި
ދުނިޔޭގެ އުމުރުން އެންމެ ދުވަސްވީ މީހާ މަރުވެއްޖެ
އެންމެ ދުވަސްވީ ފިރިހެނާ 112 އަހަރުގައި މަރުވެއްޖެ
އަލްބަމެއް 95 އަހަރުގައި، މިއީ ރެކޯޑެއް
ދިގު އުމުރުގެ ސިއްރަކީ ހިތް ހެޔޮ ސާދާ މިޒާޖު
އެންމެ ދުވަސްވީ ފިރިހެނާ 113 އަހަރުގައި މަރުވެއްޖެ