Roadha Mihaaru
އެމްޔޫ ސްޓޯރުން ރާއްޖޭގެ ބާޒާރަށް "ޑޯސްޓޯރީ" ނެރެފި

އެމްޔޫ ސްޓޯރުން ރާއްޖޭގެ ބާޒާރަށް "ޑޯސްޓޯރީ" ނެރެފި

29 އޮކްޓޯބަރ 2023

ރާއްޖޭގައި ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގާ އެމްޔޫ ސްޓޯރުން، "ޑޯސްޓޯރީ" ނަމުގައި އާ އުފެއްދުމެއް ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގާ އެމްޔޫ ސްޓޯރުން، "ޑޯސްޓޯރީ" ނަމުގައި އާ އުފެއްދުމެއް ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

މި ބްރޭންޑްގެ ޗަޕާތީ އާއި ތަންޑޫރީ ނާން އާއި ގާލިކް ނާން އާއި ފަރާޓާ ހިމެނެ އެވެ. އަދި ސަމޯސާ، ޕަފް ޕޭސްޓްރީ އާއި ވެޖެޓަބަލް ނަގެޓްސްގެ އިތުރުން ހަޝް ބައުންސް ވެސް ލިބޭނެ އެވެ.

އެމްޔޫ ސްޓޯރުން މާކެޓަށް ނެރުނު އުފެއްދުމެއް

އެމްޔޫ ސްޓޯރުން މާކެޓަށް ނެރުނު އުފެއްދުމެއް

އެމްޔޫ ސްޓޯރުން ބުނީ، ޑޯސްޓޯރީގެ މި އުފެއްދުމަކީ ކޮލިޓީ ރަނގަޅު އިންގްރިޑިއެންޓްތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ އުފެއްދުމެއް ކަމަށެވެ. އެތަނުން ބުނީ، މިއީ ތިން ވަރަކަށް މިނެޓުން ތައްޔާރުކޮށްލެވޭ އުފެއްދުންތަކެއް ކަމަށެވެ. އެހެންވެ މިއީ ބިޒީކޮށް އުޅޭ މީހުންނަށް، ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި މީރު އެއްޗެއް ކާން ބޭނުން ވެއްޖެ ނަމަ، ތައްޔާރުކޮށްލަން އެންމެ ރަނގަޅު އުފެއްދުން ކަމަށް އެމްޔޫ ސްޓޯރުން ބުންޏެވެ.

ޑޯސްޓޯރީ އަކީ ފްރޯޒަން ޕްރޮޑަކްޓެއް ކަމަށް ވާތީ، މި ބްރޭންޑްގެ އުފެއްދުންތައް ގިނަ ދުވަހު، ފިނީގައި ބަހައްޓައިގެން ބޭނުން ކުރެވޭނެ އެވެ.

ޕާކިސްތާނުގެ ޑޯސްޓޯރީގެ އުފެއްދުންތަކުގެ ތެރެއިން ރާއްޖޭގެ ބާޒާރަށް ނެރެފައިވާ އުފެއްދުންތަކަކީ، އާންމުކޮށް ދިވެހިންނަށް ކަމުދާ ތަކެތި ކަމަށް އެ ފިހާރައިން ބުންޏެވެ.