Roadha Mihaaru
ތަކަންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި

ތަކަންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި

30 ޖުލައި 2021

ހއ. ތަކަންދޫ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް، އެ ރަށަށް އަރައި ފޭބުން މިއަދުން ފެށިގެން މަނާކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހއ. ތަކަންދޫ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް، އެ ރަށަށް އަރައި ފޭބުން މިއަދުން ފެށިގެން މަނާކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ތަކަންދޫ އިން ކޮވިޑް-19 އަށް ޓެސްޓްކުރި މީހަކު އެ ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން ބަލީގެ ހާލަތު ދެނެގަނެވެންދެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް، ސާމްޕަލް ނަގަމުންދާ ކަމަށެވެ.

ތަކަންދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ އެ ބައްޔަށް ޕޮޒިޓިވްވީ ބަލީގެ އަލާމާތްތަކެއް ފެނުމުން ޓެސްޓް ކުރުމުންނެވެ.

މިދިޔަ އަހަރުގެ މެދުު ތެރޭގައި ވެސް ތަކަންދޫން ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނަ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މާލެ ސަރަހައްދުން މަދުވިޔަސް، އަތޮޅު ތެރޭގައި އަދިވެސް ދަނީ އިތުރުވަމުންނެވެ.