Roadha Mihaaru
ކޮވިޑް-19 އަށް މިއަދު 954 މީހަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް-19 އަށް މިއަދު 954 މީހަކު ޕޮޒިޓިވްވެއްޖެ

15 ޖެނުއަރީ 2022

ކޮވިޑް-19 އަށް ރާއްޖެ އިން މިއަދު 954 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 އަށް ރާއްޖެ އިން މިއަދު 954 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި 954 މީހުންގެ ތެރެއިން 514 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުން ކަމަށާއި އަތޮޅު ތެރެއިން އެ ބައްޔަށް ޕޮޒިޓިވްވީ 326 މީހަކު ކަމަށެވެ. އަދިި ރިސޯޓްތަކުން 36 މީހަކު ކޮވިޑަށް ޕޮޒިޓިވްވި ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

ކޮވިޑް-19 އަށް މިއަދު 954 މީހަކު ޕޮޒިޓިވްވިއިރު، ރާއްޖެ އިން އެ ބައްޔަށް މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 102،000 އަށް ވުރެ މައްޗަށް މިހާރު ވަނީ އަރައިފަ އެވެ. އޭގެ ތެރެއިން 97،000 އަށް ވުރެ ގިނަ މީހުން އެ ބަލިން ރަނގަޅު ވެފައިވާތީ މި ވަގުތު އެ ބައްޔަށް ޕޮޒިޓިވްވެފައި ތިބީ 4،877 މީހެކެވެ.

އޭގެ ތެރެއިން 23 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް 265 މީހަކު މަރުވެފައިވާއިރު، ކޮވިޑް-19 ގެ އާ ވޭރިއެންޓެއް ކަމަށްވާ އޮމިކްރޯން ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެން ފެށުމާ އެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަނެއްކާވެސް ދަނީ ވަރުގަދަ ކުރަމުންނެވެ.