Roadha Mihaaru
ތިނަދޫގެ މޮނީޓަރިންގެ ހާލަތު އުވާލައިފި

ތިނަދޫގެ މޮނީޓަރިންގެ ހާލަތު އުވާލައިފި

25 ޖުލައި 2021

ގދ. ތިނަދޫ މޮނީޓަރިންގެ ހާލަތުގައި އޮންނަތާ ތިން މަސް ފަހުން އެރަށުގެ މޮނީޓަރިންގެ ހާލަތު މިއަދުން ފެށިގެން އުވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގދ. ތިނަދޫ މޮނީޓަރިންގެ ހާލަތުގައި އޮންނަތާ ތިން މަސް ފަހުން އެރަށުގެ މޮނީޓަރިންގެ ހާލަތު މިއަދުން ފެށިގެން އުވާލައިފި އެވެ.

ކޮވިޑް-19 ގެ ހާލަތު ގޯސްވުމުން ތިނަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސް، އެރަށަށް އަރައި ފޭބުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މަނާކުރީ މިދިޔަ އޭޕްރީލް މަހު އެވެ. އެރަށުން ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ.

އެޗްޕީއޭއިން ބުނީ ތިނަދޫގެ މޮނީޓަރިންގެ ހާލަތު މިއަދުން ފެށިގެން އުވާލީ އެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ. އެހެންވެ، މޮނީޓަރިންގެ ހާލަތާ ގުޅިގެން އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް އުވާލީ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެޅި ބައެއް ފިޔަވަޅުތަކެއް މިހާރު ވަނީީ ލުއި ދީފަ އެވެ. އެހެން ނަމަވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އަދިވެސް މާލެ އާއި ރަށްރަށުން ދަނީ ފެންނަމުންނެވެ.

ކޮވިޑް-19 ގެ ހާލަތު އެހެން ބައެއް ގައުމުތަކުގައި މަޑުމަޑުން އަނެއްކާވެސް ދަނީ ގޯސްވަމުންނެވެ.