Roadha Mihaaru
ރިސޯޓަކަށް ހަދާ ރަށަކުން 112 މީހުން ޕޮޒިޓިވްވެއްޖެ

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ކޮތާފަރުން 112 މީހަކަށް ކޮވިޑް ޖެހިއްޖެ

25 ޖޫން 2021

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ރ. ކޮތާފަރުގައި ކޮވިޑް ފެތުރި ގިނަ ބަޔަކު އެ ބައްޔަށް ޕޮޒިޓިވް ވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ރ. ކޮތާފަރުގައި ކޮވިޑް ފެތުރި ގިނަ ބަޔަކު އެ ބައްޔަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި 266 މީހުންގެ ތެރެއިން 11 މީހުންނަކީ ކޮތާފަރުގައި ތިބި މީހުން ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި މައުލޫމާތުގައިވާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އާ ހަމައަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 41 މީހަކު ފިޔަވައި އެހެން އެންމެންނަކީ މާލެ ސަރަހައްދު ނޫން އެހެން ތަންތަނުގައި ތިބި މީހުންނެވެ. ދެން ހިމެނެނީ މީހުން އުޅޭ ރަށްތަކުން ކޮވިޑް ޖެހުނު 105 މީހަކާއި ހުޅުވާފައިވާ ރިސޯޓްތަކުން ކޮވިޑް ޖެހުނު އަށް މީހެކެވެ.

މިރޭ އާއްމުކުރި ހިސާބުތަކުގައިވާ ގޮތުން ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 4،295 އެވެ. ރާއްޖޭން އެބަލި ޖެހުނު މީހުންގެ ޖުމްލައަކީ 72،944 އެވެ. އޭގެ ތެރެއިން 208 މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ.

ރާއްޖޭގައި ކޮވިޑް ވަރަށް ބޮޑަށް ކޮންޓްރޯލްވުމަށް ފަހު އެބަލި އަނެއްކާ ވެސް ބާރަށް ފެތުރެން ފެށީ މިދިޔަ މަހު އެވެ. ކޮވިޑް ކޮންޓްރޯލް ކުރަން އެހިސާބުން އަނެއްކާ ވެސް ހަރުކަށި ފިޔަވަޅުތަކެއް އެޅި އެކަމަކު އެ ފިޔަވަޅުތަކަށް މިހާރު ވަނީ އަނެއްކާވެސް ލުއި ދޭން ފަށައިފަ އެވެ.