01 މެއި 2021
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެސް ރާއްޖޭން 400 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު 5،000 އަށް ވުރެ މައްޗަށް ހިނގައްޖެ އެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެސް ރާއްޖޭން 400 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު 5،000 އަށް ވުރެ މައްޗަށް ހިނގައްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި މައުލޫމާތުގައިވާ ގޮތުން އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 އާ ހަމައަަށް 3،856 މީހެއްގެ ސާމްޕަލް ޓެސްޓްކުރި އިރު އޭގެ ތެރެއިން 402 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. މިއާ އެކު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 5،221 އެވެ. މިއީ އެއް ވަގުތެއްގައި ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު މީގެ ކުރިން ނުދާހާ މަތީ އަދަދެކެވެ.
ކޮވިޑް ޖެހިފައި މިހާރު ތިބި މީހުންގެ ތެރެއިންް 161 މީހަކު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ. އައިސީޔޫގައި މީހަކު އޮތްކަމެއް ނުވަތަ ނޫންކަމެއް އެޗްޕީއޭއަކުން ނުބުނެ އެވެ.
މިއަދުގެ ކޭސްތަކުގެ ތެރެއިން މީހުން އުޅޭ ރަށްތަކުގެ ކޭސްތަކުގެ އަދަދަކީ 179 އެކެވެ. އޭގެ ތެރެއިން 20 މީހުންނަކީ އއ. އުޅަހުގައި ތިބި މީހުންނެވެ. ގުޅިފަޅުގައި ތިބި 19 މީހަކާއި ތިލަފުށީގައި ތިބި 24 މީހަކު ވެސް މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެ އެވެ،
ރިސޯޓަކަށް ހަދާ ރަށަކުން 112 މީހުން ޕޮޒިޓިވްވެއްޖެ
ކޮވިޑް-19: ކޭސްތަކުގެ އަދަދު މަދުވާން ފަށައިފި
އިތުރު ފިޔަވަޅުތައް ބުދަ ދުވަހު އިއުލާންކުރަނީ
ލ.ގަމާއި ފޮނަދުއަށް އަރައިފޭބުން މަނާކޮށްްފި
ކޮވިޑް-19: ކުއްލިއަކަށް ކޭސްތައް އިތުރުވެއްޖެ
ވޭމަންޑޫ މޮނިޓރިން އަށް ލައިފި
ޅ. އަތޮޅަށް ކޮވިޑް ފެތުރުނީ އިހުމާލުން: ޝިޔާމް
ކޮވިޑް ކޭސްތައް މަދުވާން ފަށައިފި
ކޮވިޑް ކޭސްތައް މަދެއް ނުވޭ، މިއަދު ވެސް 166
ކޮވިޑް ކޭސްތަކެއް ފެނުމުން ތިނަދޫ ބަންދުކޮށްފި