ނ. ވެލިދޫގެ ގްރޫޕަކުން އެ ރަށުގެ ކޮންމެ ގެއަކަށް ފޮތި ކޮތަޅު މިއަދު ބަހައިފި އެވެ.
20 ޖުލައި 2021
ނ. ވެލިދޫގެ ގްރޫޕަކުން އެ ރަށުގެ ކޮންމެ ގެއަކަށް ފޮތި ކޮތަޅު މިއަދު ބަހައިފި އެވެ.
ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރާ ދެކޮޅަށް މަސައްކަތް ކުރާ، ކޭއެންޖީ ގުރޫޕުގެ ފައުންޑަރު މެމްބަރު އަހުމަދު އަމީލް، "މިހާރު" އަށް ވިދާޅުވީ، މިއަދު ފާހަގަކުރާ ބޮޑު އީދުގެ ހަދިޔާއެއްގެ ގޮތުގައި ރަށުގެ ހުރިހާ ގެއަކަށް [400 ވަރަކަށް ގެ] ފޮތި ކޮތަޅު ބަހާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި، މިއީ 2023 ވަނަ އަހަރުގެ ކުރިން ރާއްޖޭގައި އެއްފަަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުމަށް ސަރުކާރުން ކުރިއަށް ގެންދާ ކެމްޕެއިނަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
ވެލިދޫ ކޭއެންޖީ ގްރޫޕުން ރަށުގެ ގެތަކަށް މިއަދު ފޮތިކޮތަޅު ބަހަނީ.
ގޭ ކައިރީގައި އުޅޭ އެކުވެރިންނާ އެކު 2009 ގައި އުފެއްދި، "ކޭއެންޖީ" ގްރޫޕުން ދެކޭ ގޮތުގައި ވެލިދޫގެ ހުރިހާ ގެއަކަށް ފޮތި ކޮތަޅު ހަދިޔާކުރުމުން، އެއް ފަހަރު ބޭނުންކޮށްފައި އުކައިލެވޭ ޕްލާސްޓިކް އެ ރަށުން މަދުކުރެވޭނެ އެވެ. އޭގެ ފޮނި ނަތީޖާ ނުކުންނާނެ ކަމަށް މިހާރު 85 މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ގްރޫޕުން ދެކެ އެވެ.
ވެލިދޫގެ ޒުވާނުން އަންނަނީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ވެސް ކުރިއަށް ގެންދަމުންނެވެ. ރަށުގެ ގޮނޑުދޮށް ސާފުކުރުމާއި ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމުތައް އެ ގްރޫޕުން ދޭތެރެދޭތެރެއިން ކުރިއަށް ގެންދެ އެވެ. އެ ޕްރޮގްރާމުތަކާ އެކު ރަށުން ރަނގަޅު ހެޔޮ ބަދަލެއް ވެސް ފެނިފައިވާ ކަމަށް އަމީލް ވިދާޅުވި އެވެ.
"ޕްރިންގްލްސް" ޗިޕްސް ދަޅު ތިމާވެއްޓާ ރައްޓެހިކުރަނީ
އީދު ފާހަގަކުރުމުގައި ހުއްދަ މުނިފޫހިފިލުވުމަކީ ކޮބާ؟
ދަރިންނަކީ ކިޔަމަންތެރި ބަޔަކަށް ހަދާ: އީދު ޚުތުބާ
އީދުގައި އިސްކުރަންވީ އިޖުތިމާއީ ރޫހާއި އެއްބައިވަންކަން
އީދު ފަށަން މިރޭ ހުޅުމާލޭގައި އީދު މަޅި ރޯކުރަނީ
ބޮޑު އީދަށް އުރީދޫގެ ބޮޑެތި އޮފާތަކެއް
ދީނާއި އިޖުތިމާއީ އިންތަކަށް އީދު ފާހަގަކުރަން އެދިއްޖެ
މާލޭގައި ވެސް ގައުމީ ފެންވަރުގައި އީދު ފާހަގަކުރަނީ
އީދާ ދިމާކޮށް މޯލްޑިވިއަން އިން 111 ފްލައިޓް
ބޮޑު އީދަށް ދިރާގުގެ ބޮޑު އޮފާތަކެއް!