Roadha Mihaaru

އީދު ފާހަގަކުރާއިރު ދީނާއި، އިޖުތިމާއީ އިމުން ބޭރުނުވާން އެލްޖީއޭއިން ވެސް އެދިއްޖެ

ރާއްޖޭގެ ރަށްރަށުގައި އީދު ފާހަގަކުރާއިރު، އިސްލާމް ދީނުގެ އިމުން ބޭރުނުވެ، މުޖުތަމައުގެ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފުނުވާނެ ގޮތަށް ހަރަކާތްތައް ހިންގާކަން ކަށަވަރުކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އަންގައިފި އެވެ.

ދީނާއި އިޖުތިމާއީ އިންތަކަށް އީދު ފާހަގަކުރަން އެދިއްޖެ

ރާއްޖޭގެ ރަށްރަށުގައި އީދު ފާހަގަކުރާއިރު، އިސްލާމް ދީނުގެ އިމުން ބޭރުނުވެ، މުޖުތަމައުގެ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފުނުވާނެ ގޮތަށް ހަރަކާތްތައް ހިންގާކަން ކަށަވަރުކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އަންގައިފި އެވެ.

ސިޓީ، އަތޮޅު އަދި ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވި ސާކިޔުލާއެއްގައި އެލްޖީއޭއިން ބުނީ، އީދު ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ ރަށުގެ އެއްބައިވަންތަކަމާއި އިޖުތިމާއީ ގުޅުން ބަދަހިކުރުމާއި އަދި އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތައް ދިރުވައި އާލާކުރުމުގެ އިތުރުން ދިވެހި ސަގާފަތާއި އާދަކާދަ ދިރުވުމަކީވެސް އީދު ފާހަގަކުރުމަގެ މައިގަނޑު މަގުސަދެއް ކަމަށް ވެފައިވާ ކަމަށެވެ.

އެހެންކަމުން ކައުންސިލުތަކުން އީދު ފާހަގަކުރުމުގައި އިސްލާމީ ހަމަތާކާއި އުސޫލުތަކުގެ ތެރެއިން ކަންކަން ކުރުމަކީ ކައުންސިލުތަކުގެ ވެސް ގާނޫނީ ޒިންމާއެއް ކަމުން، އީދު ފާހަގަކުރުމަށް އިންތިޒާމް ކުރާ އެންމެހާ ހަރަކާތްތަކަކީ އިސްލާދީނުގެ އިމުން ބޭރުނުވާނެ ހަރަކާތްތެއްކަން ކަށަވަރު ކުރުމަށް އެލްޖޭއީއިން ވަނީ އަންގައިފަ އެވެ.

އަދި ހަރަކާތްތައް ހިންގުމުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ނުވާނެހެން ކަންކަން އިންތިޒާމް ކުރުމަށްވެސް އެލްޖޭއީން ކައުންސިލްތަކަށް އަންގާފައި ވެ އެވެ.

ރާއްޖޭގެ ރަށްރަށުގައި އީދު ފާހަގަކުރާއިރު އިސްލާމީ މިންގަނޑުތަކާއި ހުދޫދުތަކުގެ ތެރެއިން އީދުގެ އުފާ ފާޅުކުރުމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް މިނިސްޓްރީން ވެސް މީގެކުރިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި އަހަރުގެ ބޮޑު އީދު ގައުމީ ފެންވަރުގައި ފާހަގަކުރާ ރަށްތަކުގެ ތެރޭގައި ހއ. ކެލާ އާއި ކ. ގުރައިދޫގެ އިތުރުން ލ. ގަން ހިމެނެ އެވެ. އެ ތިން ރަށަށް މިހާރު ވެސް ގިނަ ބަޔަކު ގޮސްފަ އެވެ.