Roadha Mihaaru
ކެންދު އަށް މި ފަހަރު އަންނާނީ ފޯރިގަދަ ބޮޑުއީދެއް!

ކެންދު އަށް މި ފަހަރު އަންނާނީ ފޯރިގަދަ ބޮޑުއީދެއް!

05 ޖޫން 2024

ބ، ކެންދޫގައި މީގެ ކުރިން ފާހަގަކޮށްފައި ނުވާހާ ފޯރިގަދަކޮށް ބޮޑު އީދު ފާހަގަކުރަން ތައްޔާރުވާން ފަށައިފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ބ، ކެންދޫގައި މީގެ ކުރިން ފާހަގަކޮށްފައި ނުވާހާ ފޯރިގަދަކޮށް ބޮޑު އީދު ފާހަގަކުރަން ތައްޔާރުވާން ފަށައިފި އެވެ.

ކެންދޫ އަކީ މީގެ ކުރިން ވެސް އީދު ފާހަގަ ކުރަމުން އަންނަ ރަށެކެވެ. އެކަމަކު، މީގެ ކުރިން އީދުގެ ހަރަކާތްތައް އޮންނަނީ ރަށުގެ ދެ އަވަށުގައި ވަކިވަކިންނެވެ. ނަމަވެސް މި ފަހަރު ކެންދޫގައި އީދު ފާހަގަ ކުރުން އޮތީ މުޅި ރަށް ގުޅިގެންނެވެ. އެކަމަށް ހާއްސަކޮށް އެ ރަށުގައި އީދަށް ހާއްސަ ކޮމިޓީއެއް ވެސް ވަނީ ހޮވައިފަ އެވެ.

ބ. ކެންދޫން އީދަށް ތައްޔާރު ކޮށްފައިވާ ޓީޝާޓް

ބ. ކެންދޫން އީދަށް ތައްޔާރު ކޮށްފައިވާ ޓީޝާޓް

އެ ރަށުގެ އީދު ކޮމެޓީގެ މެމްބަރަކު "މިހާރު" އާ ވާހަކަ ދައްކަމުން ބުނީ، އެހެން އަހަރުތަކާ ހިލާފަށް މިފަހަރު ނިންމީ އީދު ކުޅިވަރު މުޅި ރަށުގެ އެންމެނގެ ބައިވެރިވުމާ އެކު ކުރިއަށް ގެންދަން ކަމަށެވެ. އޭނާ ބުނީ، އެކުވެރިކަން އާލާކުރުމަށް ދެ އަވަށުން ވަކިން ފާހަގަ ކުރި އީދުގެ ހަރަކާތްތަކަށް ނިމުމަކަށް އައީ ކަމަށެވެ.

"ރަށުގެ އީދު ކުޅިވަރުތައް އޮންނާނީ ދެ އަވަށުގައި ވަކިން. މިފަހަރު ބޭނުން ވަނީ ވަކިވެގެން އޮންނަ އޮތުން ނައްތާލަން. އެކުވެރިކަން އާލާކުރުމަށް މުޅި ރަށުން ހޮވާލައިގެން ނެގި ޓީމެއް މިއީ،" އޭނާ ބުންޏެވެ.

"ރަށުގެ އީދު ކުޅިވަރުތައް އޮންނާނީ ދެ އަވަށުގައި ވަކިން. މިފަހަރު ބޭނުން ވަނީ ވަކިވެގެން އޮންނަ އޮތުން ނައްތާލަން. އެކުވެރިކަން އާލާކުރުމަށް މުޅި ރަށުން ހޮވާލައިގެން ނެގި ޓީމެއް މިއީ."

އޭނާ ބުނީ މި އަހަރުގެ ބޮޑު އީދަކީ، އެ ރަށުގެ ތާރީހުގައި ވެސް މީގެ ކުރިން އީދު ފާހަގަކޮށްފައި ނުވާހާ ކުލަގަދަކޮށް ފާހަގަކުރާނެ އީދެއް ކަމަށެވެ. އެކަމަށް ޓަކައި ވަރަށް ގިނަ ކަންކަން ރާވަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށް ވެސް އޭނާ ބުންޏެވެ.

ކެންދޫގައި މި އަހަރުގެ އީދު ވިލޭރޭ ފުރަތަމަ ފަހަރަށް ހަވާ ވެސް އަރުވާނެ އެވެ. އެކަން ވެސް އިންތިޒާމްކޮށްފައި ވަނީ ކައުންސިލްގެ ވަރަށް ބޮޑު އެހީތެރިކަމާ އެކު އެވެ.

ކެންދޫގައި އީދުގައި ބޭއްވި ކެއުމެއް: މި އަހަރުގެ ބޮޑު އީދު ވަރަށް ކުލަގަދަކޮށް އެ ރަށުގައި ފާހަގަކުރާނެ -- ފޮޓޯ: ފޭސްބުކް/ ކެންދޫ

ކެންދޫގައި އީދުގައި ބޭއްވި ކެއުމެއް: މި އަހަރުގެ ބޮޑު އީދު ވަރަށް ކުލަގަދަކޮށް އެ ރަށުގައި ފާހަގަކުރާނެ -- ފޮޓޯ: ފޭސްބުކް/ ކެންދޫ

އަންހެނުންނާއި ފިރިހެނުން ވަކިން ދަފި ނެގުމުގެ ހަރަކާތެއް ވެސް އެ ރަށުގައި އީދުގައި ބާއްވާނެ އެވެ. ދަފި ނެގުން ފިޔަވައި އީދުގައި އެ ރަށުގައި ބާއްވަ ހުރިހާ ހަރަކާތަކީ އެ ރަށަށް ޒިޔާރަތް ކުރާ ހުރިހާ މެހުމާނުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ބާއްވާނެ ހަރަކާތެއް ކަމަށް ކޮމެޓީގެ އޮފިޝަލު ބުންޏެވެ.

ކެންދޫގައި ބާއްވަން ތައްޔާރުވަމުން އަންނަ އީދު ކުޅިވަރުތައް މި އަހަރު މުޅި ރާއްޖެ އަށް ލައިވް ވެސް ކުރާނެ އެވެ. ވީޓީވީ މެދުވެރިކޮށް އީދު ކުޅިވަރުތައް ލައިވް ކުރަން އެ ޓީވީއާ އެކު މިހާރު ވަނީ އެއްބަސްވެފަ އެވެ. ކުޅިވަރުތަކުގެ އިތުރުން އެ ރަށުގައި އޮންނަ އީދު ނަމާދު ވެސް ވަގުތުން ޓީވީން ދައްކާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އީދު ނަމާދަށް ފަހު ރަށުގެ ހުރިހާ ރައްޔިތުންނަށް ހާއްސަކޮށްގެން "އީދު ސައި" ވެސް ބާއްވާނެ ކަމަށް އޭނާ ބުންޏެވެ. އަދި، އޭނާ ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް އީދުގެ ފުރަތަމަ ދުވަހު ރަށު ރައްޔިތުން މެންދުރަށް ކެއްކުން އޮންނާނެ ކަމަށެވެ. އީދުގެ ފުރަތަމަ ދުވަހު ހަވީރު އޮންނާނީ ފިރިހެނުން "ދަފި" ނެގުމުގެ ހަރަކާތް ކަމަށާއި އީދު ދުވަހުގެ ރޭ އޮންނާނީ ރަށު ކުދިންތަކެއް ދޭ އީދު ޝޯއެއް ކަމަށް އޭނާ ބުންޏެވެ.

ކެންދޫގައި އީދު ފާހަގަކުރަނީ: މި އަހަރުގެ ބޮޑު އީދު ވަރަށް ކުލަގަދަކޮށް އެ ރަށުގައި ފާހަގަކުރާނެ -- ފޮޓޯ: ފޭސްބުކް/ ކެންދޫ

ކެންދޫގައި އީދު ފާހަގަކުރަނީ: މި އަހަރުގެ ބޮޑު އީދު ވަރަށް ކުލަގަދަކޮށް އެ ރަށުގައި ފާހަގަކުރާނެ -- ފޮޓޯ: ފޭސްބުކް/ ކެންދޫ

"ދެ ވަނަ ދުވަސް ވަކިން ހާއްސަ ވާނެ،" އޭނާ ބުންޏެވެ.

އީދުގެ ފޯރި ގަދަކުރުމަށް ކެންދޫން ވަނީ އިންޑިއާގެ މިއުޒިކް ބޭންޑެއް އެ ރަށަށް ގެންދާ ގޮތަށް ހަމަޖައްސައިފަ އެވެ. އެ ބޭންޑުގެ ޝޯ އީދުގެ ދެ ވަނަ ދުވަހުގެ ރޭ ބާއްވާނެ އެވެ. އެ ދުވަހު ހަވީރު ދަފި ނެގުމާއި ކޯޑި ނެރުން ވެސް ބާއްވާނެ އެވެ.

ކެންދޫގެ އީދު ނިންމާލާނީ ވެޔޮ މާލިންނެވެ. އަދި މި ހަރަކާތަކީ ވެސް ކޮންމެ މީހަކަށް ބައިވެރި ވެވޭނެ ހަރަކާތެއް ކަމަށް އޭނާ ބުންޏެވެ.

"މިއީ ކައުންސިލާއި ރަށުގެ ޒުވާނުންނާއި ރަށު އެންމެންގެ ވެސް ވަރަށް ބުރަ މަސައްކަތް. އަޅުގަނޑުމެން ބޭނުން ވަނީ ރަށުގެ އެކުވެރިކަން. އެއްބައިވަންތަ ކަން،" އޭނާ ބުންޏެވެ.