25 ނޮވެމްބަރ 2016
މެންޗެސްޓާ (ނޮވެމްބަރު 25) - ޔުރޮޕާ ލީގުގައި ރޭ ނެދަލެންޑްސްގެ ފެޔަނޫޑް އަތުން 4-0 އިން މޮޅުވެ މުބާރާތުގެ ދެ ވަނަ ބުރާ ގާތަށް އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑުން ޖެހިލިއިރު، އިޒްރޭލުގެ ހަޕޮއެލް ބީރްޝާވާ އަތުން 3-2 އިން ބަލިވެ އިޓަލީގެ އިންޓަ މިލާން މުބާރާތުން ކަޓައިފި އެވެ.
މެންޗެސްޓާ (ނޮވެމްބަރު 25) - ޔުރޮޕާ ލީގުގައި ރޭ ނެދަލެންޑްސްގެ ފެޔަނޫޑް އަތުން 4-0 އިން މޮޅުވެ މުބާރާތުގެ ދެ ވަނަ ބުރާ ގާތަށް އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑުން ޖެހިލިއިރު، އިޒްރޭލުގެ ހަޕޮއެލް ބީރްޝާވާ އަތުން 3-2 އިން ބަލިވެ އިޓަލީގެ އިންޓަ މިލާން މުބާރާތުން ކަޓައިފި އެވެ.
ރޭގެ މެޗުން މޮޅުވެ ޔުނައިޓެޑް ވަނީ ގްރޫޕް އޭގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. މި ގްރޫޕްގެ އެއް ވަަނައިގައި އޮތީ ފެނަބާޗޭ އެވެ. ރޭ ޒޯރްޔާ ލުހަންސް އަތުން 2-0 އިން މޮޅުވެ ފެނަބާޗޭ ވަނީ ފަސް މެޗުން 10 ޕޮއިންޓް ހަމަކޮށްފަ އެވެ. ޔުނައިޓެޑް ދެ ވަނަ އަށް ޖެހިލީ ފަސް މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި ފެޔަނޫޑް ހަތް ޕޮއިންޓާ އެކު އޮތްއިރު، އެންމެ ފުލުގައި އޮތް ޒޯރްޔާ އަށް ވަނީ ދެ ޕޮއިންޓް ލިބިފަ އެވެ.
ފެޔަނޫޑް ކޮޅަށް ރޭ ޔުނައިޓެޑްގެ ލަނޑުތައް ކާމިޔާބުކުރީ ވޭން ރޫނީ އާއި ހުއާން މަޓާ އަދި ޖެސޭ ލިންގާޑް އެވެ. އަނެއް ލަނޑަކީ ފެޔަނޫޑްގެ ކީޕަރު ބްރެޑް ޖޯންސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ރޭ ފެޔަނޫޑް ކޮޅަށް ޖެހި ލަނޑާ އެކު ރޫނީ ވަނީ ޔުނައިޓެޑް ތާރީހުގައި ޔޫރަޕްގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ވެފަ އެވެ. ކުރިން އެ މަގާމުގައި ރޫޑް ވެން ނިސްޓެލްރޫއީ އޮތީ 38 ލަނޑު ޖަހައިގެންނެވެ. ރޭގެ ލަނޑާ އެކު ރޫނީ ވަނީ 39 ލަނޑު ހަމަކޮށްފަ އެވެ.
ރަށުން ބޭރުގައި ރޭ އިންޓައިން އިޒްރޭލުގެ ބީރްޝާވާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 25 މިނިޓްގައި ދެ ލަނޑު ޖެހި އެވެ. އެ ޓީމަށް މި ދެ ލަނޑު ކާމިޔާބު ކޮށްދިނީ މައުރޯ އިކާޑީ އާއި މާސެލޯ ބްރޮޒޮވިޗް އެވެ. ބީރްޝާވާ މޮޅުވީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެންނެވެ. އެ ޓީމުގެ ލަނޑުތައް ކާމިޔާބުކުރީ ލޫސިއޯ މަރަންހޯ، އެންތޮނީ ނަވަކައޮމޭ އަދި ބެން ސާހަރް އެވެ. މީގެ ތެރެއިން މޮޅުވި ލަނޑު ޖެހީ ފަހު މިނެޓުގަ އެވެ. މި މެޗުގެ 68 ވަނަ މިނެޓުގައި އިންޓަގެ ގޯލްކީޕަރު ސާމިރު ހެންޑޮނޮވިޗަށް ވަނީ ރަތްކާޑެއް ދައްކައިފަ އެވެ. ރޭގެ މޮޅާ އެކު ބީރްޝާވާ ވެފައިވަނީ ޔޫރަޕުގެ މުބާރާތެއްގެ ގްރޫޕް ސްޓޭޖުގައި އިންޓަ އަތުން ދެ ލެގުން ވެސް މޮޅުވި ހަމައެކަނި ޓީމަށެވެ.
ގްރޫޕް ކޭގެ އެއް ވަނައިގައި އޮތީ ރޭ ސައުތެމްޓަން އަތުން 1-0 އިން މޮޅުވި ސްޕާޓާ ޕްރާގް އެވެ. ދެ ވަނައިގައި އޮތް ބީރްޝާވާ އާއި ތިން ވަނައިގައި އޮތް ސައުތެމްޓަނަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. އިންޓަ އެންމެ ފުލުގައި އޮތީ ތިން ޕޮއިންޓާ އެކު އެވެ.
އަޕޮއެލް (ސައިޕްރަސް)
އޮލިމްޕިއާކޯސް (ގްރީސް)
އެންޑަލެކްޓް (ބެލްޖިއަމް)
ސެއިން އެޓިއެން (ފްރާންސް)
ޒެނިޓް ޕީޓާސްޕާގް (ރަޝިއާ)
ރޯމާ (އިޓަލީ)
ގެންކް (ބެލްޖިއަމް)
އެތުލެޓިކް ބިލްބާއޯ (ސްޕެއިން)
އަޔެކްސް (ނެދަލެންޑްސް)
ޝަހުތަރު ޑޮނެސްކް (ޔޫކްރޭން)
ޝާލްކާ (ޖާމަނީ)
ކްރަސްނޯޑާ (ރަޝިއާ)
ސްޕާޓާ ޕްރާގް (ޗެކް ރިޕަބްލިކް)
ޔޫރަޕްގެ ކުޅުން ސިޓީ އާއި ޔުނައިޓެޑަށް މަނާކޮށްފާނެ
ޔުނައިޓަޑް ބަލިކޮށް، ވިޔަރެއާލް ޗެމްޕިއަންކަން ހޯދައިފި
ޔުނައިޓަޑް ފައިނަލާ ގާތަށް، ވިޔަރެއާލަށް ހަނި މޮޅެއް
އާސެނަލް އާއި ޔުނައިޓަޑް ސެމީ އަށް
ގްރަނާޑާ ބަލިކޮށް ޔުނައިޓަޑް ސެމީއާ ގާތަށް
ޔުނައިޓެޑާއި އިންޓަ ޔޫރޮޕާ ލީގުގެ ސެމީ އަށް
ޔޫރޮޕާ ލީގު: ޔުނައިޓެޑާއި އިންޓަ ކުއާޓާ އަށް
ޔުނައިޓެޑް އަނެއް ބުރަށް، އާސެނަލް ކަޓައިފި
ޔުނައިޓެޑް ދޫކޮށްލަން ޖެހުމުން ދެރަވި: ނިސްޓެލްރޫއީ
ޔުނައިޓެޑްގައި އަމޯރިމްވެސް ބުނީ ވަގުތު ބޭނުންވާ ކަމަށް