Roadha Mihaaru
ގްރަނާޑާ ބަލިކޮށް ޔުނައިޓަޑް ސެމީއާ ގާތަށް

ގްރަނާޑާ ބަލިކޮށް ޔުނައިޓަޑް ސެމީއާ ގާތަށް

09 އެޕްރީލް 2021

ޔުއޭފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ގްރާނާޑާ އަތުން 2-0 އިން ރަށުން ބޭރުގައި މޮޅުވެ، މެންޗެސްޓާ ޔުނައިޓަޑް މުބާރާތުގެ ސެމީ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

ޔުއޭފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ގްރާނާޑާ އަތުން 2-0 އިން ރަށުން ބޭރުގައި މޮޅުވެ، މެންޗެސްޓާ ޔުނައިޓަޑް މުބާރާތުގެ ސެމީ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

މެޗުގެ 31 ވަނަ މިނިޓުގައި ޔުނައިޓަޑުން ލީޑު ހޯދީ މާކަސް ރަޝްފޯޑް ޖެހި ލަނޑުންނެވެ.

މެޗުގެ ފަހު މިނިޓުގައި ޖެހި ޕެނަލްޓީއަކުން ޔުނައިޓަޑްގެ ދެވަނަ ލަނޑު ޖެހީ ބްރޫނޯ ފެނާންޑޭޒް އެވެ. މިއީ ބްރޫނޯ އަށް ގްރަނާޑާގެ ޔޭން ބްރައިސް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

"މިއީ ވަރަށް ރަނގަޅު ނަތީޖާއެއް. އަހަރަމެންނަށް އެނގޭ ސްޕެއިންގައި ކުޅެގެން މި ފަދަ ނަތީޖާއެއް ނެރުމަކީ ފަސޭހަކަމެއް ނޫންކަން. އެހެންވީމަ، ނަތީޖާއާމެދު ވަރަށް ހިތްހަމަޖެހޭ،" ޔުނައިޓަޑްގެ ކޯޗު އޮލޭ ގަނާ ސޮލްސަޔާ ބުންޏެވެ.

މި މެޗުގައި ދެއްކި ރީނދޫ ކާޑުތަކާއެކު، ޔުނައިޓަޑްގެ ކެޕްޓަން ހެރީ މެގްއަޔާ އާއި ލޫކް ޝޯ އަދި ސްކޮޓް މިކްޓޮމެނީ އަށް ދެވަނަ ލެގުގައި ނުކުޅެވޭނެ އެވެ.

ސޮލްސަޔާ ބުނީ ބްރޫނޯ އާއި ރަޝްފޯޑަކީ ޔުުނައިޓަޑަށް ވަރަށް މުހިންމު ދެ ކުޅުންތެރިން ކަމަށާއި މި މެޗުގައި ވެސް އެ ދެ ކުޅުންތެރިންގެ ބޭނުން ވަރަށް ރަނގަޅަށް ހިފުނު ކަމަށެވެ.

ޔުނައިޓަޑް އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ޑީން ހެންޑަސަން ގޯލު ބެލެހެއްޓި ނަމަވެސް، ރޭގެ މެޗުގައި އެ ޓީމު ގޯލަށް ކުޅުނީ ޑޭވިޑް ޑެހެއާ އެވެ.