16 އެޕްރީލް 2021
ޔުއޭފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގައި މިރޭ ކުޅުނު މެޗުތަކުން ފަސޭހަކަމާއެކު މޮޅުވެ، އާސެނަލް އާއި މެންޗެސްޓާ ޔުނައިޓަޑް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ޔުއޭފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގައި މިރޭ ކުޅުނު މެޗުތަކުން ފަސޭހަކަމާއެކު މޮޅުވެ، އާސެނަލް އާއި މެންޗެސްޓާ ޔުނައިޓަޑް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ސްލާވިއާ ޕްރާގް އަތުން 1-1 އިން އެއްވަރުވުމުން ކުރިމަތިވި ފާޑުކިއުންތަކަށް އާސެނަލް އިން ވަނީ މިރޭ ކުޅުނު ދެވަނަ ލެގުގައި ޖަވާބުދީފަ އެވެ. ރަށުން ބޭރުގައި މިރޭ ކުޅުނު ދެވަނަ ލެގުން އާސެނަލް ވަނީ 4-0 އިން މޮޅުވެ، 5-1ގެ އެގްރިގޭޓް ނަތީޖާއަކުން ސެމީ އަށް ދަތުރުކޮށްފަ އެވެ.
މި މެޗުގައި އާސެނަލްގެ އެލެކްޒަންޑާ ލަކަޒެޓް ދެ ލަނޑު ޖެހިއިރު، ބުކާޔޯ ސާކާ އާއި ޕެޕޭ ވެސް ވަނީ ލަނޑު ޖަހައިފަ އެވެ.
މުބާރާތުގެ ސެމީގައި އާސެނަލްއާ ދެކޮޅަށް ނުކުންނާނީ ވިޔަރެއާލެވެ. އާސެނަލްގެ ކުރީގެ ކޯޗު އުނާއީ އެމްރޭގެ ދަށުން ކުޅެމުންދާ ވިޔަރެއާލް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާގެ ދެވަނަ ލެގުގައި ޑައިނަމޯ ޒަގްރެބް އަތުން 2-1 އިން މޮޅުވެ، 3-1ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި މިރޭ ގްރަނާޑާ އަތުން ޔުނައިޓަޑް މޮޅުވީ 2-0 އިންނެވެ. ޔުނައިޓަޑް ސެމީ އަށް ދަތުރުކުރީ 4-0ގެ އެގްރިގޭޓަކުންނެވެ.
ޔުނައިޓަޑަށް މެޗުގެ ކުރީކޮޅު ލީޑު ހޯދައިދިނީ އުރުގުއޭގެ ފޯވަޑް އެޑިސަން ކަވާނީ އެވެ. ޔުނައިޓަޑްގެ ދެވަނަ ލަނޑަކީ މެޗުގެ އިތުރު ވަގުތުގައި ގްރަނާޑާގެ ހެސޫސް ވަލޭހޯ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
ސެމީގައި ޔުނައިޓަޑާ ދެކޮޅަށް ނުކުންނާނީ އޭއެސް ރޯމާ އެވެ.
ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި މިރޭ ރޯމާ އާއި އަޔަކްސް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވުމުން، ރޯމާ އަށް ކުރި ލިބުނީ 3-2ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ޕްރިމިއާ ލީގު ކަށަވަރުކުރުން އަންނަ ހަފުތާ އަށް
ޔޫރަޕްގެ ކުޅުން ސިޓީ އާއި ޔުނައިޓެޑަށް މަނާކޮށްފާނެ
އާސެނަލްގެ ފަހަތުން ލިވަޕޫލް ވިއްދައިފި
އާސެނަލް ކަޓައި، ޔުނައިޓެޑާއި ޔުވެންޓަސް ކުއާޓާ އަށް
ޔޫރަޕުގައި ބެޓިސް އަތުން ޔުނައިޓެޑަށް ބޮޑު މޮޅެއް
ޔުނައިޓެޑް ޕްލޭ އޮފަށް، އާސެނަލް ގަދަ 16 އަށް
ޔުނައިޓަޑް ބަލިކޮށް، ވިޔަރެއާލް ޗެމްޕިއަންކަން ހޯދައިފި
ޔުނައިޓަޑް ފައިނަލާ ގާތަށް، ވިޔަރެއާލަށް ހަނި މޮޅެއް
ޔުނައިޓަޑަށް މޮޅެއް، އާސެނަލް ފުއްދާލީ ޕޮއިންޓަކުން
ސެމީން ޖާގަ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް: އާޓެޓާ