17 މާޗް 2023
ޕެނަލްޓީ ޖަހައިގެން ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އަތުން 5-3 އިން ބަލިވެ އިންގްލެންޑުގެ އާސެނަލް ޔުރޮޕާ ލީގުން ކެޓިއިރު، އެ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއި އިޓަލީގެ ޔުވެންޓަސް އިން ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ޕެނަލްޓީ ޖަހައިގެން ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އަތުން 5-3 އިން ބަލިވެ އިންގްލެންޑުގެ އާސެނަލް ޔުރޮޕާ ލީގުން ކެޓިއިރު، އެ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއި އިޓަލީގެ ޔުވެންޓަސް އިން ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ޔުނައިޓެޑުން ފުރުސަތު ހޯދީ ސްޕެއިނުގެ ރެއާލް ބެޓިސް އަތުން ރޭ ރަށުން ބޭރުގައި 1-0 އިން މޮޅުވެ އެވެ. ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު އެ ޓީމުން ކާމިޔާބުކުރީ 4-1 އިންނެވެ.
ޔުވެންޓަސް ކުއާޓާ އަށް ދިޔައީ ޖަރުމަނުގެ ފްރީބާގް އަތުން 2-0 އިން މޮޅުވެގެންނެވެ. ޖަރުމަނުގައި ކުޅުނު ފުރަތަމަ ލެގު ޔުވެންޓަސް ކާމިޔާބުކުރީ 1-0 އިންނެވެ.
މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި އޮވެ، ޗެމްޕިއަންކަމަށް އެންމެ ބޮޑަށް ވާދަކުރާ އާސެނަލަށް އަށް ޔުރޮޕާ ލީގުގައި ކުރިއަށްދާން ދަތިވީ، ފުރަތަމަ ލެގުން 2-2 އިން އެއްވަރު ހިސާބުންނެވެ.
އެކަމަކު ރޭގެ ދެ ވަނަ ލެގުގައި ގްރަނިޓް ޗަކާގެ ގޯލުން 19 ވަނަ މިނެޓުގައި ކުރި ހޯދައި ކުއާޓާ އަށް ދާން ޖާގަ ތަނަވަސްކުރި އެވެ. އެކަމަކު 62 ވަނަ މިނެޓުގައި ސްޕޯޓިންގެ ޕެޑްރޯ ގޮންގާލްވެސް އެއްވަރުކުރުމުން، ހަމަހަމަވެ އިތުރު ވަގުތު ކުޅެން ޖެހުނީ އެވެ.
އިތުރު ވަގުތުގައި ވެސް ނަތީޖާ އެއް ނުނުކުތުމުން، ޖެހި ޕެނަލްޓީ ޝޫޓްއައުޓުގައި އާސެނަލްގެ ފުރަތަމަ ތިން ޕެނަލްޓީ ކެޕްޓަން މާޓިން އޮޑެގާޑް އާއި ބުކާޔޯ ސަކާ އާއި ލެއަންޑްރޯ ޓްރޮސާޑް ކާމިޔާބުކުރި ނަމަވެސް، ހަތަރު ވަނަ ޕެނަލްޓީ ގެބްރިއަލް މާޓިނެލީ އަތުން ބޭކާރުވުމުން، އޭރު ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފައި އޮތް ސްޕޯޓިން އަށް އެޑްވާންޓޭޖް ލިބުނެވެ. އަދި އެ ޓީމުން ފަސް ވަނަ ޕެނަލްޓީ ކާމިޔާބުކޮށް މެޗުން މޮޅުވި އެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ މުބާރާތުން ކެޓުމަކީ ބޮޑު މާޔޫސްކަމެއް ކަމަށާއި ބަލިވި އެންމެ ބޮޑު ސަބަބަކީ އިތުރު ވަގުތުގެ ތެރޭ ލިބުނު ފުރުސަތުތައް ބޭނުންނުކުރެވުން ކަމަށެވެ.
ރެއާލް ބެޓިސްގެ ސެނެގާލް ޑިފެންޑަރު ޔޫށުފް ސަބަލީ (ކ) އާއި މެންޗެސްޓާ ޔުނައިޓެޑުގެ އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް ބޯޅައަށް މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ
ވާދަވެރި ޔުނައިޓެޑުން ރޭ ބެޓިސް ބަލިކުރި މެޗުގައި އެ ޓީމުގެ ހަމައެކަނި ގޯލް 56 ވަނަ މިނެޓުގައިި ޖަހައިދިނީ މިވަގުތު ތަފާތު ފޯމެއްގައި ހުރި ފޯވާޑް މާކަސް ރަޝްފޯޑެވެ.
ޔުުނައިޓެޑުގެ ކޯޗު އެރިކް ޓެން ހަގް ބުނީ، ތަފާތު ބޮޑުކޮށް ފުރަތަމަ ލެގުން ކުރީގައި އޮއްވާ، ދެ ވަނަ ލެގުގައި ގޯލެއް ޖެހުމާ އެކު އިދިކޮޅު ޓީމު އެއްކޮށް މާޔޫސްވާނެ ކަމަށާއި، މި މެޗުގައި ކަންވީ އެހެން ކަމަށެވެ.
"އަހަރެމެން ކުރިއަށް އެޅި ފިޔަވަޅެއް މިއީ. (ފުރަތަމަ ލެގުން ލީޑެއްގައި އޮތަސް) އަހަރެމެން މި މެޗަށް ނުކުތީ މޮޅުވާން. އެ ވިސްނުމުގައި ނުކުތުމުން މި ކާމިޔާބުވީ،" އެއްވަރުކޮށްލައިގެން ވެސް ދެވެން އޮތް ކަމަށް އިޝާރާތްކޮށް ޓެން ހަގް ބުންޏެވެ.
މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައިވާ ޔުވެންޓަސް އިން ކުއާޓާގެ ޖާގަ ހޯދީ މާބޮޑު އުނދަގުލެއް ނެތި އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ފްރީބާގުގެ ކުޅުންތެރިއަކު ދަނޑުން ފޮނުވާލުމުން، އެޑްވާންޓޭޖުގައި ކުޅެމުން ދިޔަ ޔުވެންޓަސް އަށް ލަނޑު ޖަހައިދިނީ ޕެނަލްޓީއަކުން ޑުސާން ލްހަވޮވިޗް އާއި ފެޑެރިކީ ކިއޭސާ އެވެ.
ހޯސޭ މޮރީނިއޯ ކޯޗުކޮށްދޭ އިޓަލީގެ ރޯމާ އިން ވަނީ ރޭ ރަށުން ބޭރުގައި ސްޕެއިނުގެ ރެއާލް ސޮސިއެޑާޑްއާ 0-0 އިން އެއްވަރުކޮށް، ދެ ލެގުގެ އެގްރިގޭޓުން 2-0 އިން ކުރި ހޯދައި ކުއާޓާ އިން ޖާގަ ހޯދައިފަ އެވެ.
ޔޫނިއަން ސެއިން-ގިލޮއިސް (ބެލްޖިއަމް)
މެންޗެސްޓާ ޔުނައިޓެޑް (އިންގްލެންޑް)
ބެޔާ ލެވަކޫސަން (ޖަރުމަން)
ޔުވެންޓަސް (އިޓަލީ)
ރޯމާ (އިޓަލީ)
ފެޔަނޫޑް (ނެދަލެންޑްސް)
ސްޕޯޓިން ލިޒްބަން (ޕޯޗުގަލް)
ސެވިއްޔާ (ސްޕެއިން)
މޮރޮކޯގެ އައްނަސީރީގެ ގޯލުތަކުން ޔުނައިޓެޑް ކަޓުވާލައިފި
ފަހު ވަގުތު ސެވިއްޔާ އިން ޔުނައިޓެޑާ އެއްވަރުކޮށްފި
ޔޫރަޕުގައި ބެޓިސް އަތުން ޔުނައިޓެޑަށް ބޮޑު މޮޅެއް
ބާސެލޯނާ ކަޓުވާލައި ޔުނައިޓެޑް އަނެއް ހަރުފަތަށް
ޔުނައިޓެޑް ޕްލޭ އޮފަށް، އާސެނަލް ގަދަ 16 އަށް
އާސެނަލް އާއި ޔުނައިޓަޑް ސެމީ އަށް
ޔުނައިޓެޑާއި އާސެނަލް ކުއާޓާ އަށް، ޓޮޓެންހަމް ކަޓައިފި
މިލާނާއި ޔުނައިޓެޑް އެއްވަރު، އާސެނަލް މޮޅުވެއްޖެ
ޔުނައިޓެޑާއި އާސެނަލް އަނެއް ބުރަށް، ލެސްޓާ ކަޓައިފި
ޔުނައިޓެޑް އަނެއް ބުރާ ގާތަށް، އާސެނަލް އެއްވަރު