25 ނޮވެމްބަރ 2016
އިސްކޮޅުން ތިން ފޫޓަށް ވުރެ ވެސް ކުރު ދެ މީހުން ކައިވެނިކޮށް ދުނިޔޭގެ އެންމެ ކުރު ދެމަފިރިންގެ ގޮތުގައި ގިނިސް ބުކްސް އޮފް ވޯލްޑް ރެކޯޑްސް އަށް އަރައިފި އެވެ. މި ދެ މީހުން ކައިވެނިކޮށްފައި ވަނީ މި ހަފުތާގައި ލަންޑަންގަ އެވެ.
އިސްކޮޅުން ތިން ފޫޓަށް ވުރެ ވެސް ކުރު ދެ މީހުން ކައިވެނިކޮށް ދުނިޔޭގެ އެންމެ ކުރު ދެމަފިރިންގެ ގޮތުގައި ގިނިސް ބުކްސް އޮފް ވޯލްޑް ރެކޯޑްސް އަށް އަރައިފި އެވެ. މި ދެ މީހުން ކައިވެނިކޮށްފައި ވަނީ މި ހަފުތާގައި ލަންޑަންގަ އެވެ.
ޕައުލޯ ގެބްރިއަލް ޑަ ސިލްވާ ބަރޮސް އާއި ޓައިނީ ކަޓުޔޫސިއާ ހޮޝީނޯ އާ ދެ މީހުންނަކީ ވެސް ޑުވާފިޒަމްގެ ވައްތަރެއް ޖެހިފައިވާ ދެ މީހުންނެވެ.
ބްރެޒިލަށް އުފަން މި ދެ މީހުންގެ ތެރެއިން ފިރިހެން މީހާ ޕައުލޯ ގެ އިސްކޮޅަކީ 34.8 އިންޗި އެވެ. ޓައިނީގެ އިސްކޮޅަކީ 35.2 އިންޗި އެވެ.
ޕައުލޯ، 30، ގެ ހުންނަނީ ޑައެސްޓްރޮފިކް ދިސްޕްލޭސިއާ ޑްވޯފިޒަމް އެވެ. ނަމަވެސް އޭނާއަކީ އާދައިގެ މީހަކު ދިރިއުޅެން ކުރާނެ ހުރިހާ މަސައްކަތެއް ކޮށްގެން އަމިއްލަ ދިރިއުޅުމެއް އުޅެމުންދާ މީހެކެވެ. އޭނާއަށް ޚާއްސަކޮށް އުފައްދާފައިވާ ކާރެއް ދުއްވާ ޕައުލޯއަކީ ލީގަލް ސެކްރެޓަރީއެއްގެ ވަޒީފާ އަދާކުރާ މީހެކެވެ.
ޕައުލޯ އާއި ކަޓްޔޫސިޔާ
އަމިއްލަ ގައުމު ބްރެޒީލްގެ އިޓަޕޭވާގެ މޭޔަރުކަމަށް ކުރިމަތިލާން ވެސް ޕައުލޯ ދަނީ ވިސްނަމުންނެވެ. އޭނާ ބުނަނީ އިހްތިރާމަކީ އެއް ދުވަހުން ހޯދޭނެ އެއްޗެއް ނޫން ކަމަށާއި އިހްތިރާމް ލިބޭނީ ވަރަށް ބުރަ މަސައްކަތް ކޮށްގެން ކަމަށެވެ.
ޕައުލޯގެ އަންހެނުން ކަޓުޔޫސިއާ، 26، އަކީ ޑްވާފިޒަމްގެ އެހެން ވައްތަރެއް ޖެހިފައިވާ މީހެކެވެ. އޭނާގެ އަމިއްލަ ބިއުޓީ ސެލޫނެއް ވަރަށް ކާމިޔާބުކަމާ އެކު ހިންގަމުންދާ ހީވާގި މަސައްކަތްތެރިއެކެވެ. މި ސެލޫން ހުންނަނީ ކަޓްޔޫސިއާގެ ކުޑަކުޑަ އިސްކޮޅަކަށް އެކަށީގެންވާ ގޮތަކަށް ތައްޔާރުކޮށްފަ އެވެ.
ކަޓްޔޫސިއާ ބުނީ ބިއުޓީޝަނަކަށް ވުމަކީ އޭނާގެ އަބަދުގެ ވެސް ހުވަފެނެއް ކަމަށެވެ.
މި ދެމީހުން ފުރަތަމަ ބައްދަލުވީ ސޯޝަލް މީޑިއާ ވެބްސައިޓަކުން މީގެ 10 ވަރަކަށް އަހަރު ކުރިންނެވެ.
ޕައުލޯ ބުނަނީ ފޮޓޯފެނިފައި ވެސް އޭނާއަށް ކަޓުޔޫސިއާ ވަރަށް ރީތިވި ކަމަށެވެ. ނަމަވެސް ކަޓުޔޫސިއާ އަށް ޕައުލޯ ކަމަކު ނުދިޔަ އެވެ. އެހެންވެ އަވަހަށް ބްލޮކް ކޮށްލީ އެވެ.
ކަޓުޔޫސިއާ ބުނީ ޕައުލޯ އާ ފުރަތަމަ ވާހަކަ ދައްކަން ފެށުމުން އޭނާ ދައްކާ ފީކަޅާ ވާހަކައިން ވަރަށް ރުޅިއައި ކަމަށެވެ. ބްލޮކްކޮށްލީ އެހެންވެ އެވެ.
ޕައުލޯ އާއި ކަޓްޔޫސިޔާ އެމީހުން ދިރިއުޅޭ ގޭގެ ބޭރުގައި
އޭގެ ބަރާބަރު ދޮޅު އަހަރާ އެއްދުވަސްފަހުން ކަޓުޔޫސިއާ އަނެއްކާވެސް ޕައުލޯ އަންބްލޮކް ކޮށްލީ އެވެ. އެހެންނޫން ނަމަ އެމީހުންގެ ވާހަކައަކަށް އެހިސާބުން އޮތީހީ ނިމިފަ އެވެ. އޭގެ ފަހުން ދެމީހުން އާދަކޮށް ޗެޓްކުރަމުންގޮސް އެކުވެރިކަން ލޯތްބަށް ބަދަލުވީ އެވެ.
ކަޓުޔޫސިއާ ބުނީ އެއް ދުވަހަކު ކުއްލިއަކަށް ޕައުލޯ އަންބްލޮކް ކޮށްލަން އޭނާގެ ހިތަށް އެރީ ކީއްވެގެންކަމެއް ވެސް ނޭނގޭ ކަމަށެވެ. އަންބްލޮކް ކޮށްލިތާ މިނިޓެއް ވެސް ނުވެ ޕައުލޯ އަނެއްކާވެސް "ހަލޯ" ޖަހާލައި މެސެޖް ކޮށްލި އެވެ. އޭގެ ފަހުން ދެ މީހުން ތަންކޮޅެއް އެކުވެރިކޮށް ވާހަކަ ދައްކަން ފެށުނީ އެވެ.
ކަޓްޔޫސިއާ ލައިބްރަރީގައި މީހަކާ ވާހަކަ ދައްކަނީ
އޭގެ ދެ މަސް ފަހުން ޕައުލޯ ވަނީ 186 މޭލުގެ ދަތުރެއްކޮށް، ކަޓްޔޫސިއާގެ އަވަށް ލޮންޑްރީނާ އަށް ގޮސް އޭނާއާ ބައްދަލުކޮށްފަ އެވެ. ފުރަތަމަ ފެނުމުން ކަޓްޔޫސިއާގެ ރީތިކަމާއި ސާދާކަން ޕައުލޯއަށް ފާހަގަ ކުރެވުނެވެ.
ދެމީހުން އުޅެނީ ވަރަށް ދުރުގައި ނަމަވެސް ރައްޓެހިވެގެން ހަތަރު އަހަރު އުޅުމަށްފަހު ކައިވެނިކޮށް މިހާރު ވަނީ އާ ދިރިއުޅުމެއް ފަށާފަ އެވެ.
ޕައުލޯ ބުނީ އެ ދެމަފިރިންނަކީ ހަމަ އާދައިގެ އެހެން ދެމަފިރިންނެކޭ ވެސް އެއްގޮތް ބައެއް ކަމަށެވެ. ހަމައެކަނި ކުޑަތަންކޮޅެއް އިސްކޮޅުން ކުރުވުން ފިޔަވައި އެހެން އެއްވެސް ކަމެއް މި ދެމަފިރިންގެ ތަފާތެއް ނެތްކަމަށް އެމީހުން ބުނެ އެވެ.
ކަޓުޔޫސިއާ ބުނީ ކޮންމެ ދެމަފިރިއަކުވެސް އަރާރުންވާނެކަމަށާއި އެ ދެ މީހުން ވެސް އަރާރުންވާ ކަމަށެވެ. އަދި އަރާރުންނުވާ ދެމަފިރިންގެ ގުޅުން އެހާ ރަނގަޅުނުވާނެކަމަށް ކަޓުޔޫސިއާ ގަބޫލު ކުރެ އެވެ.
ޕައުލޯ އާއި ކަޓްޔޫސިޔާ މީހަކާ ވާހަކަ ދައްކަނީ
މި ދެމަފިރިންގެ ތެރެއިން ރުޅިގަދައީ ކަޓުޔޫސިއާ އެވެ. ނަމަވެސް ޕައުލޯ އަކީ ވަރަށް މަޑުމައިތިރި އެހާމެ ހަމަޖެހޭ މީހަކަށް ވާތީ އޭނާ ރުޅި އަޔަސް ރުޅި މައިތިރިކޮށްލުމަކީ އޭނާއަށް ވަރަށް ފަސޭހަ ކަމެކެވެ.
އާދައިގެ ދެމަފިރިއަކު ފަދައިން މި މީހުން ދަތުރުފަތުރުކުރުމަށާއި އައިސްކްރީމް ކެއުމަށް އަދި ޖަޕަނީސް ކެއުން ކެއުމަށް ޝައުގުވެރިވެ އެވެ.
މި މީހުންގެ ކުދިކަމުން ބައެއް ކަހަލަ ކަންތައްތައް ނުކުރެވޭތީ އެމީހުން ޝަކުވާ ކުރި އެވެ. މިސާލަކަށް އޭޓީއެމް އަކަށް ގޮސް ފައިސާ ނެގޭނެ ގޮތެއް އެމީހުންނަށް ނެތެވެ. މެޝިނާ ހަމައަށް ބޯ ނާރާތީ އެވެ. އަދި އާއްމު ފާޚާނާތައް މި މީހުންނަކަށް ބޭނުމެއް ނުކުރެވެ އެވެ. އަދި ބުފޭގައި އަތުރާފައި ހުންނަ ކާއެއްޗެހި ކިތަންމެ ކާހިތްވިޔަސް އެ އެއްޗެތި އަމިއްލަ އަތުން އެޅޭނެ ގޮތެއް ނޯވެ އެވެ.
އަދި އަވަނާއި އުދުނާއި ސިންކް އަދި ދޮންނަ މެޝިނާއި ކުޑަ ދޮރުތަކަށް އަތް ނުފޯރާތީ ވެސް މިމީހުންނަށް ވަރަށް އުނދަގުލެވެ.
މި ދެ މީހުންނަކީ ވެސް އެމީހުންގެ އިސްކޮޅުގެ ސަބަބުން ތަފާތުކުރުންތަކާއި ފުރައްސާރައާ ވެސް ކުރިމަތިލާންޖެހިފައިވާ ބައެކެވެ. މަގުމަތިން މި މީހުންދާއިރު މީހުން އިނގިލި ދިއްކޮށް އެމީހުންނާ ދިމާލަށް ބަލާ ހީނ މަލާމާތްކޮށް ހަދަ އެވެ.
ކައިވެނީގެ ކުރިން އެމީހުން ވަނީ ދަރިން ހޯދުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ކަޓުޔޫސިޔާ ކުޑަކަމުން ދަރިން ހޯދުމަކީ ވަރަށް އުނދަގޫވާނެ ކަމެއްކަން ޚުދް އޭނާ ވެސް ގަބޫލު ކުރެ އެވެ. އެ ހުރިހާ ކަމެއް ވެސް އެމީހުން ވަނީ ތަގްދީރަށް ދޫކޮށްލާފަ އެވެ. ހުރިހާ ކަމެއް ވެސް ވާނީ އެކަމެއް ވާން އޮތް އެންމެ ރަނގަޅަކަށް ކަމަށް އެމީހުން ގަބޫލު ކުރެ އެވެ.
ބްރެޒިލްގެ މަޔަކަށް އާދަޔާ ޚިލާފު މާ ކުއްޖެއް
ބްރެޒިލުން ރާއްޖެ އަށް އެކި ބަލިތަކުގެ ވެކްސިން ދެނީ
އެއްމާބަނޑު ދެ ކުދިން ލިބުނީ ނާދިރު ގޮތަކަށް ބަލިވެއިނދެ
27 އަހަރު ކުރީގެ އެމްބްރިއޯއަކުން ދަރިއެއް
ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުން ރިކޯޑް އަދަދަކަށް
ކޯޓުން ބޭރުގަައި ކައިވެނިކޮށް ދިނުން މަޑުޖައްސާލައިފި
މި މީހުންގެ ހަށިގަނޑުން ތަފާތު ކަމެއް ފެނޭތަ؟
ސިކުނޑި މަރުވި އަންހެނަކަށް އެއްމާބަނޑު ދެ ކުދިން
އެކުގައި 71 އަހަރު، މަރުވީ އެއްވަގުތެއްގައި
ރީނދޫ ހުމާ ގުޅިގެން ދަތުރުވެރިން ސަމާލުވާން އެދެފި