ބްރެޒިލްގެ ސަރުކާރުން ރާއްޖެ އަށް އެކި ބަލިތަކާ ގުޅޭ 80،000 ޑޯޒް ވެކްސިން ދޭން ނިންމައިފި އެވެ.
10 މެއި 2022
ބްރެޒިލްގެ ސަރުކާރުން ރާއްޖެ އަށް އެކި ބަލިތަކާ ގުޅޭ 80،000 ޑޯޒް ވެކްސިން ދޭން ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ، ބްރެޒިލް ސަރުކާރުން ރާއްޖެ އަށް ކަނޑައެޅުއްވި އާ ސަފީރު ސަޖިއޫ ލުއިޒް ކަނާއިސް، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުހައްމަދު ސާލިހު އެރުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މި މަހު ފަހުކޮޅު ރާއްޖެ ވެކްސިން ހަދިޔާކުރާނެ ކަމަށް ވިދާޅުވި ކަމަށެވެ.
ނަމަވެސް އެއީ ކޮން ވެކްސިންތަކެއް ކަމެއް އެ އޮފީހުން ނުބުނެ އެވެ.
އެ ވެކްސިން ހަދިޔާކުރަނީ، ބްރެޒިލްގެ ހިއުމަނިޓޭރިއަން ކޯޕަރޭޝަންގެ ދަށުން އެ ގައުމުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުގެ ފަރާތުންނެވެ.
ބްރެޒިލް ސަރުކާރުން ރާއްޖެ އަށް ކަނޑައެޅުއްވި އާ ސަފީރު ސަޖިއޫ ލުއިޒް ކަނާއިސް، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުހައްމަދު ސާލިހު އެރުވުމަށް ފަހު ބޭއްވި ބައްދަލުވުމުގައި ދެބޭފުޅުން ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް ފަހު ރައީސްއާ އެކު ބޭއްވި ބައްދަލުވުމުގައި، ކޮވިޑް-19 އާއި ވިޔަފާރި އާއި އިގުތިސާދައި ފަތުރުވެރިކަމާއި މޫސުމީ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްގީގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައި ހުރި ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން އެ ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށް ބުންޏެވެ.
"މޫސުމީ ބަދަލުތަކުގެ ސަބަބުން މީހުންގެ ދިރިއުޅުމަށް ކުރަމުންދާ އަސަރުތަކާއި ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރާ އަސަރުތަކާއި އަދި ތަރައްގީ އަށް އަންނަމުންދާ ލޮޅުންތައް ފާހަގަކުރައްވަމުން ރައީސް ވަނީ މޫސުމީ ބަދަލުތައް ކުޑަކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމުކަމުގައި ވިދާޅުވެފަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ބްރެޒިލްގެ ސަރުކާރުން ރާއްޖެ އަށް ދިން އެހީތަކަށް ރައީސް ޝުކުރު އަދާކުރައްވައި، ރާއްޖެ އަންނަ ބްރެޒިލްގެ ފަތުރުވެރިން އިތުރުކުރުމާއި ގުޅޭ ގޮތުން ވެސް ސަފީރާ މަޝްވަރާ ކުރެއްވި ކަމަށް އެ އޮފީހުން ބުންޏެވެ.
ސިއްހީ ރައްކާތެރިކަމަށް ތިމާވެށި ހިމަޔާތްކުރަން ޖެހޭ
ރައީސް ހޮސްޕިޓަލުން ދޫކޮށްލައިފި، ހާލު ރަނގަޅު
ތުރުކީން ރާއްޖެއަށް 20،000 ޑޯޒްގެ ކޮވިޑް ވެކްސިން
ސިއްހީ ދާއިރާ ލާމަރުކަޒުކުރުން ބާރަށް އެބަދޭ: ރައީސް
ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެ: ރައީސް
ސަރުކާރުގެ އޮފީސްތައް އާދީއްތަ ދުވަހު ހުޅުވާނެ
ކަންބޮޑުވުމަށް ރައީސް ދެއްވި ފަރުވާއަކީ ހިތްހަމަޖެހުން!
ކެންސަރަށް ވެކްސިން ހޯދިއްޖެ ކަމަށް ރަޝިޔާއިން ބުނެފި
ހެލްތު ޗެކަޕްއަކަށް ރައީސް ސިންގަޕޫރަށް
ޕީޖީއަށް ހުށަހެޅީ މި ސަރުކާރުގެ މައްސަލައެއް ނޫން