Roadha Mihaaru
މި މީހުންގެ ހަށިގަނޑުން ތަފާތު ކަމެއް ފެނޭތަ؟

މި މީހުންގެ ހަށިގަނޑުން ތަފާތު ކަމެއް ފެނޭތަ؟

15 އޮކްޓޯބަރ 2017

ބްރެޒިލްގެ މި އާއިލާގެ 14 މެމްބަރުންގެ ހަށިގަނޑުގައި ވެސް އައިބެއް އެބަހުއްޓެވެ. އެކަމަކު އެހާ ފަސޭހައިން މި އައިބު ފާހަގަ ނުވެދާނެ އެވެ. މިއިން ކޮންމެ މީހެއްގެ އަތުގައި ވެސް ފައިގައި ވެސް ހަ އިނގިލި ހުރެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ބްރެޒިލްގެ މި އާއިލާގެ 14 މެމްބަރުންގެ ހަށިގަނޑުގައި ވެސް އައިބެއް އެބަހުއްޓެވެ. އެކަމަކު އެހާ ފަސޭހައިން މި އައިބު ފާހަގަ ނުވެދާނެ އެވެ. މިއިން ކޮންމެ މީހެއްގެ އަތުގައި ވެސް ފައިގައި ވެސް ހަ އިނގިލި ހުރެ އެވެ.

މި އާއިލާއަށް ދާދިފަހުން މެމްބަރަކު އިތުރުވެފައިވެ އެވެ. މި ތުއްތު ފިރިހެންކުއްޖާގެ ވެސް އެ އާއިލާގެ ގިނަ ބަޔަކަށް ވާރުތަވަމުން އަންނަ މި އައިބު އެބަހުއްޓެވެ.

މިއީ ޕޮލިޑެކްޓްލީ ކިޔާ އާއިލީގޮތުން ވާރުތަވާ ބައްޔެކެވެ. ކޮންމެ 1000 މީހަކުން އެކަކަށް މި ކަން މެދުވެރިވުމުގެ ފުރުސަތު އޮވެ އެވެ.

މިގޮތަށް ގިނައިން އިނގިލި ފަޅަން މެދުވެރިވާ ތަފާތު ސަބަބުތައް ހުންނަ ކަމަށާއި މިިއީ ޖީން އަކަށް ދިމާވާ މައްސަލައަކުން ދިމާވާ ކަމެއް ކަމަށް ޖެނެޓިކް ސައިންޓިސްޓަކު ވަނީ ވިދާޅުވެފަ އެވެ.

"މަންމަ ނުވަތަ ބައްޕަގެ އިތުރު އިނގިއްޔެއް އިން ނަމަ އެމީހުންގެ ދަރިންގެ އިތުރު އިނގިއްޔެއް އިނުމުގެ ފުރުސަތު އޮންނަނީ 50/50 ގަ،" ސައިންޓިސްޓް ވިދާޅުވި އެވެ.

އިތުރު އިނގިލި ހުރުމަކީ މި އާއިލާއިން ކަންބޮޑުވެ ލަދުގަންނަ ކަމެއް ނޫނެވެ. އެމީހުން ދެކެނީ މިއީ ވެސް އެމީހުންނަށް ލިބިފައިވާ ޚާއްސަ ކަމެއްގެ ގޮތުގަ އެވެ. އެ މީހުންނަށް މޮޅަށް ކުޅިވަރާއި މިއުޒިކް ކުޅެވެނީ އިތުރު އިނގިލިތަކުގެ ސަބަބުން ކަމަށް ވެސް އެމީހުން ގަބޫލު ކުރެ އެވެ. ނަމަވެސް އާއިލާގެ އަންހެނުންނަށް ދިމާވާ މައްސަލައެއް އެބައޮތެވެ. އެއީ އިތުރު އިނގިއްޔެއް އިންނާތީ ރީތި ފައިވާންތަކަށް އެމީހުންނަށް އަރަން ދަތިވުމެވެ. އެހެންވެ ހުރިހާ އަންހެނުން މިހާރު ވަނީ ސާޖަރީ ހަދައިގެން ކޮންމެ ފަޔަކުން ވެސް އެއް އިނގިލި ނަގައިފަ އެވެ.