ފެނުގެ ޒަރިއްޔާއިން ފެތުރޭ "ސިކުނޑި ކާލާ" އެމީބާއަކުން ޖެހޭ ނާދިރު އިންފެކްޝަނެއް އިންޑިއާގެ ކެރެލާ ސްޓޭޓްގެ ދެކުނު ސަރަހައްދުގައި މިދިޔަ އަހަރާ އަޅާބަލާއިރު ދެ ގުނަ އިތުރުވެ ބަޔަކު މަރުވުމާ އެކު، އެކަމަށް ސަމާލުވާން އެދިއްޖެ އެވެ.
ފެނުގެ ޒަރިއްޔާއިން ފެތުރޭ "ސިކުނޑި ކާލާ" އެމީބާއަކުން ޖެހޭ ނާދިރު އިންފެކްޝަނެއް އިންޑިއާގެ ކެރެލާ ސްޓޭޓްގެ ދެކުނު ސަރަހައްދުގައި މިދިޔަ އަހަރާ އަޅާބަލާއިރު ދެ ގުނަ އިތުރުވެ ބަޔަކު މަރުވުމާ އެކު، އެކަމަށް ސަމާލުވާން އެދިއްޖެ އެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެކުލަވާލާފައިވާ ޓާސްކް ފޯހުގައި ހިމެނޭ ޑޮކްޓަރެއް ކަމަށްވާ އަލްތާފް އަލީ އޭއެފްޕީ އަށް ވިދާޅުވީ، ކޭސްތައް ދެނެގަނެ ފަރުވާ ދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް އެ ސްޓޭޓުގެ އެކި ހިސާބުތަކުގައި ޓެސްޓްތައް ހަދަމުން އަންނަ ކަމަށެވެ.
"ނައުގްލޭރިއާ ފައުލޭރީ" އެމީބާގެ ސަބަބުން ބަލިޖެހޭ މީހުންގެ އަދަދު ވަރަށް ދަށުގައި ހުރި ނަމަވެސް މިހާތަނަށް ވަނީ މި ބަލީގައި 19 މީހަކު މަރުވެފަ އެވެ. އަދި 72 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ. މި މަހު އެކަނި ވެސް ވަނީ 24 މީހަކަށް ބަލި ޖެހި ނުވަ މީހަކު މަރުވެފަ އެވެ.
މިދިޔަ އަހަރު މި އެމީބާގެ ސަބަބުން 36 މީހަކު މަރުވި އެވެ.
އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނާ ގޮތުގައި މިއީ ސިކުނޑިއަށް އިންފެކްޓްވެ، ސިކުނޑިއަށް ގެއްލުންދޭ އެމީބާއެކެވެ.
އެމީބާ ސިކުނޑިއަށް ވާސިލުވެއްޖެ ނަމަ، އޭގެ ސަބަބުން އިންފެކްޓުވެ 95 ޕަސެންޓް މީހުން މަރުވެ އެވެ.
އިންފެކްޝަން އުފެދުން ވަރަށް ނާދިރު ކަމަށާއި އެކަމަކު އެ ހާލަތު ދިމާވާ މަދު ފަހަރަކު ނޫނީ މަރުވުން އެކަށީގެންވާ ކަމަށް ވެސް ސީޑީސީން ބުނެ އެވެ.
މި އެމީބާ އަކީ ހޫނު ފެންގަނޑުތަކާއި ކޯރުތަކުގައި އުޅޭ އެއްޗެކެވެ. އަދި އެމީބާއިން ތަޣައްޔަރުވެފައިވާ ފެން ނޭފަތުގެ ޒަރިއްޔާއިން ހަށިގަނޑަށް ވަދެ އެވެ. މިއީ އިންސާނުންގެ ގައިންގަޔަށް އަރާ އެއްޗެއް ނޫނެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނާ ގޮތުގައި މި އެމީބާ ވަދެ އިންފެކްޓުވުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިހުން، ހުން އައުން، އަދި ބޮލުގައި ރިއްސުން ފަދަ ކަންކަން ހިމެނެ އެވެ.
މި ބަލީގެ 500 އަށް ވުރެ ގިނަ ކޭސް 1962 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރިޕޯޓްކޮށްފައިވެ އެވެ. -- އޭއެފްޕީ
އިންޑިއާގައި ވިއްކާ ހެދިކާގައި ސިއްހީ އިންޒާރު ޖަހަނީ
ބޭހުގެ ދަތިކަން ހައްލުކުރަން އިންޑިއާއެކު އެއްބަސްވެއްޖެ
ފޮތްކިޔާ އައިނު ދޫކޮށްލެވޭ ވަރުގެ ބޭހަކަށް ހުއްދަދީފި
ބެންގަލޫރުގެ ދެ ހޮސްޕިޓަލަކަށް އާސަންދަ މެދުކަނޑާލައިފި
ކެރެލާގައި ފެތުރޭ ބައްޔަށް ދިވެހިން ސަމާލުވާން އެދިއްޖެ
މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ދިނުން މެދުކަނޑާލައިފި
އިންޑިއާއިން ބޭސް ކުންފުނިތަކުގެ ގަވައިދު ހަރުކަށިކޮށްފި
ދެކުނު އިންޑިއާގައި ކޮވިޑްގެ އާ ވޭރިއަންޓް ފެތުރެނީ
ފައިލޭރިއާ އަށް މިހާތަނަށް 452 މީހަކު ޓެސްޓުކޮށްފި
ފައިލޭރިއާ ޖެހިފައިވާ ބިދޭސީއަކު ހުޅުމާލެ އިން ފެނިއްޖެ