16 ޖެނުއަރީ 2017
ބައެއް ގައުމުތަކުގައި ރީނދޫ ހުން (ޔެލޯ ފީވާ) ފެތުރޭތީ ރަައްކާތެރިކަމުގެ ފިޔަވަޅު އަޅަން ދަތުރުވެރިންގެ ކިބައިން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އެދެފި އެވެ.
ބައެއް ގައުމުތަކުގައި ރީނދޫ ހުން (ޔެލޯ ފީވާ) ފެތުރޭތީ ރަައްކާތެރިކަމުގެ ފިޔަވަޅު އަޅަން ދަތުރުވެރިންގެ ކިބައިން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އެދެފި އެވެ.
އެޗްޕީއޭއިން ބުނީ ބްރެޒިލްގެ ބައެއް ސަރަހައްދުތަކުގައި ހަލުއިކަމާ އެކު ރީނދޫ ހުން ފެތުރެމުން ދާކަމުގެ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗުއޯ އިން ދީފައިވާ ކަމަށެވެ.
ދަތުރުވެރިންނަށް އެޅިދާނެ ރައްކާތެރިކަމުގެ އެއް ފިޔަވަޅަކީ، އެޗުޕީއޭ އިން ބުނި ގޮތުގައި، ރީނދޫ ހުން ފެތުރޭ ގައުމަކަށް ދަތުރުކުރުމުގެ 10 ދުވަސް ކުރިން ވެކްސިން ޖެހުމެވެ.
އެޗުޕީއޭ އިން އެދިފައިވަނީ ރީނދޫ ހުން ފެތުރޭ އެއްވެސް ގައުމަކަށް، ކޮންމެހެން ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ނުދިއުމަށެވެ.
އެ ބަލި އުޅޭ ގައުމަކުން އެނބުރި ރާއްޖެ އަަންނަތާ ހަ ދުވަހުގެ ތެރޭގައި ވަކި ކަހަލަ ނިޝާންތަކެއް ފެނިއްޖެ ނަމަ ލަސްނުކޮށް ފަރުވާ ހޯދަން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. އެ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުމާއި ބޯއެނބުރުމާއި ހޮނޑުލެވުމާއި ގަދައަށް ހުން އައުމާއި ލޮލުގެ ހުދު ކަޅި އާއި ގައިގެ ހަންގަނޑު ރީނދޫވުމާއި ގައިގައި ރިއްސުމާއި ކާހިތްނުވުން ފަދަ ކަންކަން ހިމެނެ އެވެ.
އެ ބަލީގެ އަލާމަތެއް ފެނިއްޖެ ނަމަ މަދިރި ހެފުމުން ރައްކާތެރިވާން ވީހާވެސް އަވަހަކަށް ފިޔަވަޅު އެޅުމަށް ވެސް އެޗްޕީއޭ އިން އެދެ އެވެ.
ރީނދޫ ހުމުގެ އަލާމާތެއް ފެނިގެން ސިއްހީ ފަރުވާ ހޯދާ އިރު އެންމެ ފަހުން ދިޔަ ގައުމުތަކުގެ މައުލޫމާތު ހިއްސާކުރުމަށް ވެސް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.
ބްރެޒިލްގައި ހަލުއިކަމާ އެކު ރީނދޫ ހުން ފެތުރެމުން ދާތީ، އެ ގައުމު ވަނީ ސިއްހީ ކުއްލި ހާލަތަށް އައިސްފަ އެވެ. އެ ބަލީގައި މިހާތަނަށް 10 މީހުން މަރުވެފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.
މިދިޔަ މަހު ރޯގާގެ 40،000 އަށްވުރެ ގިނަ ކޭސް
ބަލި ފެތުރުނީ ކާއެއްޗެއްގެ ސަބަބަކުން ނޫން: އެޗްޕީއޭ
އައްޑޫގައި ޑެންގީ އިތުރުވަނީ، އެންމެ ގިނައީ ހިތަދޫގައި
ޑެންގީ ޖެހޭ މީހުންގެއަދަދު ކަންބޮޑުވާ ވަރަށް އިތުރު!
ޑެންގީހުން ޖެހުނު މީހުން ތިން ގުނަ އިތުރުވެއްޖެ
މިދިޔަ މަހު އަރިދަފުސް ރޯގާގެ 11،000 ކޭސް
އަރިދަފުސް ރޯގާ އާއި ވައިރަލް ހުން އިތުރުވަނީ
ގައިންގަޔަށް އަރާ ބަލިތައް ރިޕޯޓުކުރުން މަދުވެއްޖެ
ޑޮކްޓަރުން: އިންފްލުއެންޒާ ވެކްސިން އަވަހަށް ޖަހާ
މި ދުވަސްވަރު ޗިކުންގުންޔާ ދަނީ ފެތުރެމުން: އެޗްޕީއޭ