09 ޖުލައި 2021
ނުރައްކާތެރި ކެމިކަލް އާއި ކުނި މެނޭޖު ކުރުމަށް، މާލެ ސަރަހައްދުގައި ކެމިކަލް މެނޭޖިން ފެސިލިޓީއެއް ގާއިމުކުރުމަށް ބޭނުންވާ ފީސިބިލިޓީ ސްޓަޑީ ތައްޔާރުކުރުމަށް، އެންވަޔަރަމަންޓް މިނިސްޓްރީން ބަޔަކާ އެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ނުރައްކާތެރި ކެމިކަލް އާއި ކުނި މެނޭޖު ކުރުމަށް، މާލެ ސަރަހައްދުގައި ކެމިކަލް މެނޭޖިން ފެސިލިޓީއެއް ގާއިމުކުރުމަށް ބޭނުންވާ ފީސިބިލިޓީ ސްޓަޑީ ތައްޔާރުކުރުމަށް، އެންވަޔަރަމަންޓް މިނިސްޓްރީން ބަޔަކާ އެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
މި ފެސިލިޓީ އަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ މާލީ އެހީތެރިކަމާ އެކު މިދިޔަ އަހަރު ފަށާފައިވާ "އެލިމިނޭޓިން ޕަސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓަސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫއުގެ ދަށުން، މާލޭ ސަރަހައްދުގައި ކެމިކަލް މެނޭޖު ކުރަން ގާއިމްކުރާ ތަނެކެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ފިޗްނާއާ އެވެ. އަދި ފިޗްނާގެ ފަރާތުން ސަބް ކޮންސަލްޓަންޓެއްގެ ގޮތުގައި ރިނިއުބަލް އެނާޖީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވަނީ ކަނޑައަޅައިފަ އެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާމިނަތު ޝައުނާ އެވެ. ފިޗްނާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރު އެލެކްސެންޑާ ބޯމް އެވެ. މިއަދު ހަވާލުކުރި ކޮންސަލްޓެންސީގެ އަގަކީ 1.6 މިލިއަން ރުފިޔާ އެވެ. އަދި މި މަސައްކަތް ނިންމަން ދީފައި ވަނީ ހަ މަސް ދުވަހެވެ.
ކެމިކަލް މެނޭޖިން ފެސިލިޓީއެއް ގާއިމުކުރުމަށް ބޭނުންވާ ފީސިބިލިޓީ ސްޓަޑީ ތައްޔާރުކުރުމަށް، އެންވަޔަރަމަންޓް މިނިސްޓްރީން ބަޔަކާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ ރާއްޖެ އަަކީ ކެމިކަލް އުފައްދާ ގައުމަކަށް ނުވި ނަމަވެސް، ދަނޑުވެރިކަމާއި ޓޫރިޒަމް އަދި އިމާރާތް ކުރުމުގެ ދާއިރާ ފުޅާވަމުންދާތީ ތަފާތު އެކި ވައްތަރުގެ ކެމިކަލް އެތެރެކުރުން އިތުރުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރައްކާތެރި ގޮތުގައި އެ އެއްޗެހި ނައްތާލުމަކީ ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
މި ފެސިލިޓީއަކީ އެ ގޮންޖެހުންތަކަށް އޮތް ދާއިމީ ހައްލު ކަމަށް ޝައުނާ ވިދާޅުވި އެވެ.
"ރައްކާތެރި ގޮތުގައި ކެމިކަލްސް ބޭނުންކުރުމާއި ކެމިކަލްސް މެނޭޖްމަންޓް ހަރުދަނާ ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް އަދި ވަރަށް ބޮޑު އަހުމިއްޔަތު ކަމެއް ދީގެން ކުރާކަމެއް،" ޝައުނާ ވިދާޅުވި އެވެ.
މި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ވަނީ ރައްކާތެރި ގޮތުގައި ކެމިކަލް މެނޭޖު ކުރުމަށް ޕޮލިސީ ޕްލޭނިން އެންޑް ސްޓްރެޖީސް އެކުލަވާލުމަށް ވެސް ހިމަނައިފަ އެވެ.
މި ފެސިލިޓީ ހެދުމަށް ބޭނުންވާ މި ފީސިބިލިޓީ ސްޓާޑީގައި ބަލާނެ މުހިންމު ކަންތައްތަކުގެ ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ފެސިލިޓީ ހިންގޭނެ އިންތިޒާމުތައް ބަލައި ދިރާސާކުރުމާއި ފެސިލިޓީގެ އިންޖީނިއަރިންގެ ޑިޒައިން ތައްޔާރު ކުރުން ހިމެނެ އެވެ.
ޝައުނާ ވިދާޅުވީ މި ފެސިލީޓީ ގާއިމުކުރެވުމުން ނުރައްކާތެރި ކުންޏާއި ކުނީގެ ބާވަތްތައް ވަކިކުރެވި، ރާއްޖެއިން އެކުލަވާލައިފައިވާ ސިޔާސަތުތަކާއި ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ވެސް ފެތޭ ގޮތަށް ތިމާވެއްޓަށް ގެއްލުން ކުޑަކޮށް، އެ އެއްޗެހި މެނޭޖު ކުރެވޭނެ ކަމަށެވެ.
ރާއްޖޭގައި މެނޭޖު ނުކުރެވޭނެ ފަދަ، މާކިއުރީ އެކުލެވޭ ކުނީގެ ބާވަތްތައް މި ފެސިލިޓީގައި ސްޓޯކޮށް، ބޭރުގެ ފެސިލިޓީތަކަށް ގެންގޮސް ރައްކާތެރި ގޮތުގައި މެނޭޖު ކުރުމަށް ވެސް ވަނީ ރާވައިފަ އެވެ. އަދި ޕެސްޓިސައިޑް ބޭނުންކޮށްފައި ހުންނަ ކަންވާރާއި، ދަވާދު ހުސްވާ ފީފާ ނުވަތަ ކޮންޓެއިނަރާއި ލެބޯރެޓަރީތަކުގައި ބޭނުންކުރާ މުއްދަތު ހަމަވެފައިވާ ކެމިކަލްގެ ބާވަތްތައް ވެސް ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖު ކުރާނެ އެވެ.
Contract signed between @MoEnvmv and Fichtner GmbH & Co. KG (in association with Renewable Energy Maldives Pvt Ltd) for Conducting a Feasibility Study for The Establishment of Hazardous Waste and Chemicals Management System in the Greater Male’ Region#MECCT @theGEF @UNDPMaldives pic.twitter.com/RMZGYUxVCG
— Min. of Environment, Climate Change and Technology (@MoEnvmv) July 9, 2021
މީގެ އިތުރުން، މި ފެސިލިޓީ ގާއިމުކުރުމުން މާހައުލީ ނިޒާމަށް މިފަދަ ނުރައްކާތެރި ކުންޏާއި ކެމިކަލްތަކުގެ ބާވަތްތައް ބޭރުވުމުގެ ސަބަބުން ފަސްގަޑަށާއި ކަނޑުގެ ދިރުންތަކަށް ދިމާވެދާނެ ނޭދެވޭ އަސަރުތައް ވެސް ކުޑަކުރެވޭނެ ކަމަށް ޝައުނާ ވިދާޅުވި އެވެ.
މާލެ ސަރަހައްދަށް އައި ބޮޑު ބަދަލު، ނާސާގެ ފޮޓޯތަކުން
އީދު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ފަސްތަރީގެ ފާހާނާތައް
ވެމްކޯއިން ބޮޑެތި ކުނި ހިލޭ އުކައިދޭން ފަށައިފި
އީދު ނަމާދުގެ ބޮޑު ޖަމާއަތް މާލޭގެ 4 ތަނެއްގައި
ފަގީރުންގެ ގޮތުގައި ރަޖިސްޓަރީވާން އަލުން ހުޅުވާލައިފި
މިމަހުގެ 11: ކަރަންޓު ބޭނުންކުރުމުގެ ރެކޯޑް ދުވަހެއް
ވިލިމާލެ ފަރު ފޫއަޅުވައިލިތާ 8 މަސް: އަޅައެއް ނުލި!
ވިލިމާލެ ފަރަށް ގެއްލުންވި މައްސަލަ އިސްތިއުނާފުކޮށްފި
ބޯހިމެނުމަށް މާލެ ސަރަހައްދުން 700 މީހުން ބޭނުންވޭ!