06 ޖުލައި 2021
ޒިކުރާ މިސްކިތް އަޅަން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރުމުގައި ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރާ ދެކޮޅަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދެން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ޒިކުރާ މިސްކިތް އަޅަން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރުމުގައި ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރާ ދެކޮޅަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދެން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މިގޮތަށް ފާސްކުރި އިރު މާކުރިން އޮތީ ޕީޖީން މި މައްސަލާގައި ދައުވާކޮށްފަ އެވެ.
އިސްލާމިކް މިނިސްޓްރީގެ ހަތް އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓްތަކާއި އެ މިނިސްޓްރީގެ ޓްރަސްޓް ފަންޑުތަކުގެ ހާއްސަ އޮޑިޓް ރިޕޯޓް ދިރާސާކުރުމަށް ފަހު، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެކުލަވައިލި ރިޕޯޓުގައި ލަފާ ދީފައި ވަނީ ޒިޔާދާ ދެކޮޅަށް ދައުވާކުރެވޭ ވަރަށް ހެކި ހުރި ނަމަ ދައުވާކޮށްްދޭން އެދުމަށެވެ.
މާލިއްޔަތު ކޮމިޓީގެ ރިޕޯޓް މަޖިލީހުން މިއަދުު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެމްބަރުންގެ އިއްތިފާގުންނެވެ.
އެ ރިޕޯޓްގެ ނިންމުންތަކުގެ (5.9) ގައި ބުނެފައި އޮތީ ޒިކުރާ މިސްކިތުގެ މަޝްރޫއު އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި އެއްބަސްވުމުގެ ދަށުން އިކުއިޓީގެ ގޮތުގައި އެ ކުންފުންޏަށް ދައުލަތުން 30 މިލިއަން ރުފިޔާ ދީފައި ވާއިރު، އެކަމުން ދައުލަތަށް އެއްވެސް ފައިދާއެއް ނުވާ ކަމަށެވެ.
ޒިޔާދަށް ދައުވާކުރަން ފެންނަ ސަބަބެއް ކަމަށް ކޮމިޓީން ބުނީ އެސްޖޭއާ އެކު އެއްބަސްވުމުގައި ސޮއިކުރެއްވީ އޭރުގެ މިނިސްޓަރުގެ ހައިސިއްޔަތުން އޭނާ ކަަމަށް ވުން ކަމަށެވެ. އެ އެއްބަސްވުމުގެ ސަބަބުން ދައުލަތަށް ބޮޑު ގެއްލުމެއްވެފައިވާ ކަމަށާއި އެކަމުގައި ޒިޔާދު މަސައްކަތް ކުރެއްވީ އެސްޖޭ އަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ރިޕޯޓްގައި ބުންޏެވެ.
އިސްލާމިކް މިނިސްޓްރީގެ އެންޑޯސްމެންޓް ސެކްޝަނުގެ ވެރިޔަކަށް އޭރު ހުންނެވި އަބްދުﷲ ސައީދުގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ހުރި ނަމަ ދައުވާކޮށްދޭން އެދުމަށް ވެސް މާލިއްޔަތު ކޮމިޓީގެ ނިންމުމުގައި އެބަ އޮތެވެ.
އޭނާ ވަޒީފާ އިން ވަކިކޮށްދޭން އިސްލާމިކް މިނިސްޓްރީން ސިވިލް ސާވިސް ކޮމިޝަނުގައި އެދިފައި ވީ ނަމަވެސް ވަކިނުކޮށް ހުރުމުން، ވަކިކޮށްދޭން އެ ކޮމިޝަނަށް އަންގަން ވެސް ރިޕޯޓްގައި ލަފާދީފައި ވެ އެވެ.
މާލިއްޔަތު ކޮޮމިޓީގެ ރިޕޯޓްގައިވާ ނިންމުންތަކުގެ (5.8) ގައި ބުނެފައިވާ ގޮތުގައި ރިކްޒާ މިސްކިތް އިމާރާތްކުރަން އެސްޖޭ ކޮންސްޓްރަކްޝަނުން ޕްރޮޕޯސަލް ހުށަހެޅި އިރު އޭގައި ހިމަނާފައި އޮތީ އެ މިސްކިތް އިމާރާތްކުރަން ރައީސް އޮފީހުން ބުނެފައިވާ ހަމަ އެކަނި ގޮތެވެ.
ޕްރޮޕޯސަލްގައި ހިމަަނަން އެ މައުލޫމާތު އޭސްޖޭއަށް ދިނީ އެންޑޯސްމަންޓް ސެކްޝަނުގެ ވެރިޔާ (އަބްދުﷲ ސައީދު) ކަމަށަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ރިޕޯޓްގައި ބުނެ އެވެ.
މިސްކިތް އަޅަން ފިނޭންސް މިނިސްޓްރީން ތައްޔާރުކޮށްފައިވާ އިވެލުއޭޝަން ރިޕޯޓުގައިވާ އޮޕޮޗުނިޓީ ކޮސްޓްގެ މައުލޫމާތު ވެސް އޭނާ އެސްޖޭ ކޮންސްޓްރަކްޝަނަށް ދީފައިވާ ކަމަށް މާލިއްޔަތު ކޮމިޓީގެ ރިޕޯޓްގައި ތުހުމަތުކޮށްފައި ވެ އެވެ.
"މި މުވައްޒަފު އެެ މިނިސްޓްރީގެ ވަޒީފާގައި ދެމިހުރުމުގެ ސަބަބުން އެ މިނިސްޓްރީއަށް އިތުރަށް ގެއްލުން ވެދާނެ ކަމަށް ކޮމިޓީއަށް [ފެނެ އެވެ]،" ރިޕޯޓްގައި ބުންޏެވެ.
މި ރިޕޯޓް މަޖިލީހުން މިއަދު ފާސްކުރިއިރު، ޒިޔާދާއި ސައީދާ ދެކޮޅަށް ޕީޖީން ވަނީ ކްރިމިނަލް ކޯޓުގައި ދައުވާ އުފުލައިފަ އެވެ.
ބަދަލު ދިނުމާ ގުޅިގެން އިބޫގެ މައްސަލައެއް ބަލަނީ!
ޒިކުރާ މިސްކިތް 3 ބުރިއަށް ހަދަން އެސްޖޭ ކުންފުންޏަށް
އާ މިސްކިތް ލަސްވަނީ ބެންޗު މާކްގެ މައްސަލަ ދިމާވުމުން
ޒިކުރާ މިސްކިތުގެ މައްސަލަ އަނބުރާ ގެންގޮސްފި
ޒިޔާދަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފް ކުރަނީ
މިސްކިތްތަކުގެ ހުރުމަތްކަނޑާތީ މަޖިލީހަށް މައްސަލައެއް
އެސްޖޭ އަތުން 30 މިލިއަން ރުފިޔާ ހޯދަން ކޯޓަށް
ކޮރަޕްޝަން މައްސަލަ ކުރިޔަށް ނުދާތީ މުސްއަބުގެ ޝަކުވާ
ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް ހަދަނީ
ކުނި އަޅާތީ ޒިކުރާ މިސްކިތް ތަޅާލައި، ބިން ސާފުކުރަނީ