ހުޅުމާލެ 2 ގައި އެސްޖޭ ކުންފުނިން އިމާރާތް ކުރަމުން އަންނަ މިސްކިތުގެ މަސައްކަތް ނިމޭނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
11 ފެބުރުއަރީ 2025
ހުޅުމާލެ 2 ގައި އެސްޖޭ ކުންފުނިން އިމާރާތް ކުރަމުން އަންނަ މިސްކިތުގެ މަސައްކަތް ނިމޭނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހިޔާ ފްލެޓްތައް ކައިރީގައި އެސްޖޭ އިން އިމާރާތް ކުރަމުން އަންނަ މިސްކިތުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ޖެނުއަރީ، 2022 ގަ އެވެ. އޭރު އެއްބަސްވެފައި އޮތީ މަސައްކަތް ފަށާތާ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ މިސްކިތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން މިނިސްޓްރީން ބުނިގޮތުގައި، އެސްޖޭގެ މިސްކިތުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެނީ މި އަހަރުގެ ޑިސެމްބަރަށެވެ. އެ ތަނުގައި މިހާރު ކުރިއަށް ގެންދަނީ ކޮންކްރިޓުް އާޗުތައް ހެދުމުގެ މަސައްކަތް ކަމަށް މިނިސްޓްރީން ބުންޏެވެ.
- ފެޑޯ ޕްރައިވެޓް ލިމިޑުން އަޅާ މިސްކިތް ނިމޭނެ ކަމަށް ބެލެވެނީ މާޗު 2026 ގައި. މިހާރު ކުރިއަށް ދަނީ ކޮންކްރީޓްގެ މަސައްކަތް.
- ބެޗް ކޮންސްޓްރަކްޝަން ޕްރައިވެޓުން އިމާރާތްކުރާ މިސްކިތް ވެސް މާޗު 2026 ގައި ނިމެނޭ ކަމަށް ބެލެވޭއިރު އެ ތަނުގައި މިހާރު ކުރިއަށް ދަނީ ސިމެންތި ޖެހުމުގެ މަސައްކަތް.
- އަހުމަދު ސަލީމް/ ހަފީޒާ އަހުމަދު - މިސްކިތް ނިމޭނެ ކަމަށް ބެލެވެނީ މެއި 2026 ގައި. މިހާރު ކުރިއަށް ގެންދަނީ ފިނިޝިން މަސައްކަތް.
- ސަންފްރޮންޓުގެ މަސައްކަތް ނިމޭނީ މާޗު 2026 ގައި. އެ ތަނުގައި މިހާރު ކުރިއަށް ގެންދަނީ ކޮންކްރީޓް މަސައްކަތް.
އެސްޖޭ އިން އިމާރާތް ކުރަމުން އަންނަ މިސްކިތުގެ މަސަައްކަތް ވަރަށް ބޮޑަށް ދިގުލައިގެން ދިއުމުގެ ސަބަބުން ސޯޝަލް މީޑިއާގައި ވެސް މީހުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
އެ މިސްކިތް އިމާރާތްކުރަން ބޭރުން ގެންނަ މުދަލުން ޑިއުޓީ ނުނަގާތީ، އެސްޖޭ އިން އޭގެ ފައިދާ ނަގައި އެހެން މަސައްކަތްތައް ކުރަމުންދާ ކަމުގެ ތުހުމަތު ކުރާއިރު އެކަން ދޮގުކޮށް އިސްލާމިކް މިނިސްޓްރީން ކުރިން ބުނީ އެއްވެސް މުދަލަކުން ޑިއުޓީ މާފުކޮށްފައި ނުވާނެ ކަމަށެވެ.
އެސްޖޭ ކުންފުންޏަށް އަމާޒުވާ ތުހުމަތުތައް ދޮގުކޮށް، އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ މިސްކިތުގެ މަސައްކަތް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމަށް ފަހު، އަލުން ފެށީ މި ސަރުކާރު އައި ފަހުން ކަމަށެވެ.
ޑިޒައިންގައިވާ ގޮތުން އެއީ 1،400 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ކޯޓްޔާޑާ އެކު، 3،000 މީހުންގެ ޖާގަ އެ މިސްކިތުން ލިބޭނެ އެވެ.
ހުޅުމާލެ 2 ގައި އެ މިސްކިތް ހަދަނީ އެސްޖޭ ކޮންސްޓްރަކްޝަނާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ވެފައިވާ ސެޓްލްމަންޓް އެގްރިމެންޓެއްގެ ދަށުންނެވެ. އެ އެއްބަސްވުން ހެދީ މާލޭގެ ޒިކްރާ މިސްކިތް ހެދުމަށް އެސްޖޭ ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލް ކުރުމުން، އޭގެ ބަދަލުގެ ގޮތުގައި 141 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ކުންފުނިން ހުށަހެޅުމުންނެވެ.
އޭގެ ފަހުން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ވަނީ ޒިކުރާ މިސްކިތް އަޅަން އެސްޖޭ އަށް ދިން 30 މިލިއަން ރުފިޔާ ހޯދަން ވެސް ކޯޓަށް ހުށަހަޅައިފަ އެވެ. ނަމަވެސް، އޭޖީ އޮފީހުުގެ ލަފައާ އެކު، އެ މައްސަލަ ކޯޓުން ބޭރުން އޭރު ހައްލުކުރީ، ހުޅުމާލޭގައި މިސްކިތެއް ހެދުމަށާއި އަދި އެ މިސްކިތް އިމާރާތް ކުރުމަށް 30 މިލިއަން ރުފިޔާ އަށް ވުރެ އިތުރަށް ހިނގާ ހަރަދު އެސްޖޭގެ ސީއެސްއާރުގެ ދަށުން ކުރާ ގޮތަށެވެ.
ޒިކުރާ މިސްކިތް 3 ބުރިއަށް ހަދަން އެސްޖޭ ކުންފުންޏަށް
އާ މިސްކިތް ލަސްވަނީ ބެންޗު މާކްގެ މައްސަލަ ދިމާވުމުން
ޒިކުރާ މިސްކިތުގެ މައްސަލަ އަނބުރާ ގެންގޮސްފި
ކުރީގެ މިނިސްޓަރު ޒިޔާދަށް ދައުވާކުރަން ލަފާދީފި
އެސްޖޭ އަތުން 30 މިލިއަން ރުފިޔާ ހޯދަން ކޯޓަށް
ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް ހަދަނީ
ކުނި އަޅާތީ ޒިކުރާ މިސްކިތް ތަޅާލައި، ބިން ސާފުކުރަނީ
ޒިކުރާ މިސްކިތް ހަވާލުކުރީ ބިމުގެ ރަޖިސްޓްރީ ވެސް ނެތި
ވަގުތީ މިސްކިތެއް އަޅަން އެސްޖޭއިން ހުއްދައަކަށް އެދެފި
ޒިކްރާ މިސްކިތް ހެދުމުގެ އެއްބަސްވުން ބާތިލްކުރަނީ