27 އެޕްރީލް 2021
ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތް ކުރަން ކުރީގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ކޮށްފައިވާ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ކުރިޔަށް ނުގެންދާތީ އެ މައްސަލަ ހުށަހެޅި އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކެޓަރީ މުސްއަބު އަބްދުﷲ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތް ކުރަން ކުރީގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ކޮށްފައިވާ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ކުރިޔަށް ނުގެންދާތީ އެ މައްސަލަ ހުށަހެޅި އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކެޓަރީ މުސްއަބު އަބްދުﷲ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޒިކުރާ މިސްކިތުގެ މަޝްރޫއު އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި ގޮތާއި ދައުލަތަށް ލިބޭ ގެއްލުން ބަޔާންކޮށް މަޖިލީހުގެ ސަމާލު ކަމަށް އެ މައްސަލަ ގެނެސްފައި ވަނީ އޮގަސްޓް 20، 2019 ގައެވެ.
މުސްއަބު މަޖިލީހަށް ހުށަހެޅި އެ ރިޕޯޓުގައިވާ ގޮތުން ތިން ފަރާތަކުން ޕްރޮޕޯސަލް ހޯދުމަށް ފަހު ޒިކުރާ މިސްކިތުގެ މަޝްރޫއު އެސްޖޭއާ ހަވާލުކުރީ އެ ކުންފުންޏަށް މަންފާވާ ގޮތަށެވެ. އަދި މިސްކިތުގެ ކުރެހުން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ފާސްކުރުމުގެ ކުރިން އެސްޖޭއާ ބިން ހަވާލުކޮށްފައިވާ ކަމަށާއި ވަގުފު އިމާރާތެއްގެ ގޮތުގައި ޒިކުރާ މިސްކިތް އިމާރާތް ކުރަން ހަމަޖައްސާފައި އޮތަސް އެފަދަ އެއްބަސްވުން އެކުލަވާލާފައިވާ ގޮތުން ދައުލަތަށް ލިބެނީ ގެއްލުން ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
އިކޮނޮމިކް އެންޑް ޔޫތު ކައުންސިލަށް ފޮނުވަން ފިނޭންސް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި އެ މަޝްރޫއުގެ ފައިދާގެ ގޮތުގައި 10 އަހަރުގެ ކުލިން 24 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. ނަމަވެސް އެއްބަސްވުން ބުނާގޮތުން، މަސައްކަތް ނިމޭތާ 10 އަހަރު ދުވަހަށް އިމާރާތުގެ ތިން ފްލޯ ފިޔަވައި ހުރިހާ ފްލޯއެއް ލިބޭނީ އެސްޖޭ އަށެވެ.
އޭގެ އިތުރުން އިކުއިޓީ ފައިސާ ހޯދަން ކޮންޓްރެކްޓަރު ފޮނުވި ސިޓީގައި ވެސް މަކަރާއި އޮޅުވާލުން ހިމެނޭ ކަމަށް ވެސް މަޖިލީހަށް ހުށަހެޅި ރިޕޯޓުގައި ތުހުމަތުކޮށްފައިވެ އެވެ.
އެ މައްސަލަ ފާހަގަ ކުރައްވައި، މުސްއަބު މިއަދު އޭނާގެ ފޭސްބުކް ސްޓޭޓަސްގައި ވިދާޅުވެފައި ވަނީ 100 އެތައް މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ބޮޑު މައްސަލައެއް ލިޔެކިޔުންތަކާއެކު ރައްޔިތުން މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ފޮނުވިތާ ދެ އަހަރު ވެފައިވާ ކަމަށެވެ.
އަދިވެސް އެ މައްސަލަ ކޮމިޓީއާ ހިސާބަށް ވެސް ނުދާ ކަމަށާއި ސަރުކާރުން ކޮރަޕްޝަންގެ ވާހަކަ ދައްކަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލަ އަލުން ފެންމަތި ވެފައި ވަނީ ރައްޔިތުން މަޖިލީހުގެ ކޮމިޓީތަކަށް ހިޔާނާތުގެ މައްސަލަ ނުބެލޭ ކަމަށާއި މެޖޯރިޓީ ލިބިގެން އެމްއެމްޕީއާރްސީގެ މައްސަލަ ވެސް ތަހުގީގު ނުކުރެވޭ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވުމާ ގުޅިގެނެވެ. ކޮރަޕްޝަންގެ މައްސަލަތައް ނުބެލޭތީ މަޖިލީހުގެ ކޮމިޓީތަކަށް ވެސް އިތުބާރު ނުކުރައްވާ ކަމަށް އީވާ ވިދާޅުވި އެވެ.
ކުރީގެ މިނިސްޓަރު ޒިޔާދަށް ދައުވާކުރަން ލަފާދީފި
މިސްކިތްތަކުގެ ހުރުމަތްކަނޑާތީ މަޖިލީހަށް މައްސަލައެއް
ޒިކުރާ މިސްކިތުގެ ބަދަލު ދިނުމުގެ މަޝްވަރާ ހުއްޓިއްޖެ
މާވެޔޮ މިސްކިތް ނިންމައި، ސަރުކާރާ ހަވާލުކޮށްފި
ޒިކުރާ މިސްކިތް ހަވާލުކުރީ ބިމުގެ ރަޖިސްޓްރީ ވެސް ނެތި
ވަގުތީ މިސްކިތެއް އަޅަން އެސްޖޭއިން ހުއްދައަކަށް އެދެފި
ޒިކުރާ މިސްކިތުގެ ކޮރަޕްޝަން މައްސަލަ މަޖިލީހަށް!
އިމާމުވެ ތަރާވީހް ނަމާދުކުރާނެ ދިވެހިން ހޯދަނީ
ބަރުބަރީ މިސްކިތް ތިން ބުރިއަށް އިމާރާތްކުރަނީ
އޭސީސީގައި ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތުތައް!