Roadha Mihaaru
ސޮނީގެ "ކުޗް ރަންގް..." ފަށާނީ 12 ގައި

ސޮނީ ޓީވީގެ "ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ" ފަށާނީ މި މަހުގެ 12 ގައި

01 ޖުލައި 2021

ސޮނީ ޓީވީން ގެނެސްދިން ކާމިޔާބު ސލްސިލާ "ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ" ގެ ތިން ވަނަ ސީޒަންގެ ޕްރޮމޯ ދައްކަމުން އަންނަތާ މަހެއްހާ ދުވަސް ފަހުން، އެ ދައްކަން ފަށާ ތާރީހު އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސޮނީ ޓީވީން ގެނެސްދިން ކާމިޔާބު ސލްސިލާ "ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ" ގެ ތިން ވަނަ ސީޒަންގެ ޕްރޮމޯ ދައްކަމުން އަންނަތާ މަހެއްހާ ދުވަސް ފަހުން، އެ ދައްކަން ފަށާ ތާރީހު އިއުލާންކޮށްފި އެވެ.

އާ ޕްރޮމޯއަކާ އެކު ސޮނީން ބުނީ އާ ސީޒަން ދައްކަން ފަށާނީ މި މަހުގެ 12 އިން ފެށިގެން ކަމަށެވެ. "ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ 3" ގެ އެޕިސޯޑްތައް ގެނެސްދޭނީ ރާއްޖެ ގަޑިން 8:00 ގަ އެވެ.

މި ފަހަރު ވެސް ސިލްސިލާގެ މައިގަނޑު ރޯލުތަކުން ފެންނާނީ ކުރީގެ ކާސްޓެވެ. އެއީ އެރިކާ ފެނަންޑޭޒާއި ޝަހީރު ޝައިހްގެ އިތުރުން ސުޕްރިޔާ ޕިލްގާއޯންކަރް އެވެ.

"ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ" އަކީ ސޮނީން 2016-2017 އަށް ގެނެސްދިން ސިލްސިލާއެކެވެ. އޭރު ދެ ސީޒަނަކަށް 414 އެޕިސޯޑް ގެނެސްދީފައިވެ އެވެ.