Roadha Mihaaru
"ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ 3" ޕްރޮމޯ ދައްކާލައިފި

"ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ" އާ ސީޒަންގެ ޕްރޮމޯ ދައްކާލައިފި

16 މެއި 2021

ސޮނީ ޓީވީގެ ސިލްސިލާ "ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ" ގެ ތިން ވަނަ ސީޒަންގެ ޕްރޮމޯ ދައްކަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސޮނީ ޓީވީގެ ސިލްސިލާ "ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ" ގެ ތިން ވަނަ ސީޒަންގެ ޕްރޮމޯ ދައްކަން ފަށައިފި އެވެ.

ކުރިން ވެސް ސިލްސިލާގައި މައިގަނޑު ރޯލުތައް ކުޅުނު ތަރިންނާ އެކު ގެނެސްދޭ ސިލްސިލާގެ އާ ޕްރޮމޯ އާންމުކުރި ނަމަވެސް، އާ ސީޒަން ދައްކަން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ވަރަށް އަވަހަށް ގެނެސްދޭން ފަށާނެ ކަމަށް ބުންޏެވެ.

"ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ 3" ޕްރޮމޯ އިން ފެންނަނީ ދެ މަފިރިންގެ ގުޅުމާ ބެހޭ ގޮތުން އެރިކާ ފެނަންޑޭޒާއި އާއި ޝަހީރު ޝައިހް ވާހަކަ ދައްކަން ދައްކަން ތިބޭ ތަނެވެ. އަދި ތަންކޮޅެއް ދުރުގައި ޝަހީރުގެ މަންމަ ސުޕްރިޔާ ޕިލްގާއޯންކަރް މާމަދަރިއާ އެކު މަސައްކަތެއްގެ ތެރޭގައި އުޅޭ ތަން ފެނެ އެވެ.

ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު "ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ" އަކީ ސޮނީން 2016-2017 އަށް ގެނެސްދިން ސިލްސިލާއެކެވެ. އެގޮތުން ދެ ސީޒަނަކަށް 414 އެޕިސޯޑް ގެނެސްދީފައިވެ އެވެ.

ޝަހީރު އެންމެ ފަހުން ކުޅުނު ސިލްސިލާ އަކީ މިދިޔަ އަހަރު ސްޓާ ޕްލަސް އިން ނިންމައިލި "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" އެވެ. އަދި އެރިކާ އެންމެ ފަހުން ކުޅުނީ ސްޓާ ޕްލަސް އިން މިދިޔަ އަހަރު ނިންމައިލި "ކަސޯޓީ ޒިންދަގީ ކީ" އެވެ.