13 އޯގަސްޓް 2021
ސޮނީ ޓީވީން ގެނެސްދޭން ހަމަޖެހިފައިވާ އާ ސިލްސިލާ "ބަޅޭ އައްޗޭ ލަގްތޭ" ގެ އާ ސީޒަންގެ ޕްރޮމޯ ދައްކާލައިފި އެވެ.
ސޮނީ ޓީވީން ގެނެސްދޭން ހަމަޖެހިފައިވާ އާ ސިލްސިލާ "ބަޅޭ އައްޗޭ ލަގްތޭ" ގެ އާ ސީޒަންގެ ޕްރޮމޯ ދައްކާލައިފި އެވެ.
ޕްރޮމޯ އިން އޭގެ ލީޑް ތަރިންނަކީ ކޮބައިކަން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. އެއީ ނަކުލް މެހެތާ އާއި ޑިޝާ ޕަރްމަރެވެ. މި ދެ ތަރިންނަކި ސްޓާ ޕްލަސް އިން ކުރިން ގެނެސްދިން ވަރަށް ކާމިޔާބު ސިލްސިލާއެއް ކަމަށްވާ "ޕިޔާރު ކާ ދަރުދު ހޭ މީތާ މީތާ ޕިޔާރާ ޕިޔާރާ" ގެ ތަރިންނެވެ.
"ބަޅޭ އައްޗޭ ލަގްތޭ ހޭ 2" އަކީ އެ ސިލްސިލާ އަށް ފަހު، ނަކުލް އާއި ޑިޝާގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ސިލްސިލާ އެވެ. މިދިޔަ މަހު ލަވަކިޔުންތެރިޔާ ރާހުލް ވައިދިއާއާ ކައިވެނިކުރި ޑިޝާ އެންމެ ފަހުން ފެނިފައި ވަނީ ހާއްސަ ފެނިލުމެއްގައި ބައިވެރިވި ޒީޓީވީގެ 2018 ގެ ސިލްސިލާ "ކަލީރޭ" އިންނެވެ.
ނަކުލް އެންމެ ފަހުން ކުޅުނު ސިލްސިލާ އަކީ ސްޓާ ޕްލަަސް އިން 2019 ގައި ނިންމައިލި "އިޝްގްބާޒް" އެވެ.
މި ދެ ތަރިންނާ އެކު "ބަޅޭ އައްޗޭ ލަގްތޭ ހޭ 2" ގެނެސްދޭ އިރު، ފުރަތަމަ ސީޒަންގެ ލީޑް ރޯލު ކުޅުނީ ރާމް ކަޕޫރާއި ސާކްޝީ ތަންވަރު އެވެ. ސޮނީން އެ ގެނެސްދިނީ 2011-2014 އަށެވެ.
އާ ސީޒަނާ ބެހޭ ގޮތުން ޕްރޮޑިއުސަރު އެކްތާ ކަޕޫރް ބުނީ މި ފަހަރު ދައްކުވައި ދޭން ބޭނުން ވަނީ "ސޮފްޓް، އާބަން ސްޓޯރީއެއް" ކަމަށެވެ.
"މިހާތަނަށް ގިނަ ޓީވީ ސިލްސިލާތައް ހުރީ މާސް އޮރިއެންޓެޑްކޮށް، އެކަމަކު މި ފަހަރު މީގެ ޕްލޮޓާއި ނެރޭޝަނުން ތަފާތުކަމެއް ދައްކުވައިދޭނެ." އެތައް ސިލްސިލާއެއް ޕްރޮޑިއުސްކޮށްފައިވާ އެކްތާ ބުންޏެވެ.
"ބަޅޭ އައްޗޭ ލަގްތޭ ހޭ 2" ގެ ޕްރޮމޯ ދައްކަން ފެށި ނަމަވެސް، ސިލްސިލާ ދައްކަން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.
ސޮނީން އެންމެ ފަހުން އަލަށް ފެށި ސިލްސިލާ އަކީ ވެސް ކުރިން ދެ ސީޒަނެއް ގެނެސްދިން "ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ" އެވެ. މީގެ ތަރިންނަކީ ޝަހީރު ޝައިހާއި އެރިކާ ފެނަންޑޭޒެވެ.
ސިލްސިލާ "ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ އާ ސީޒަނެއް
އެރިކާ ސޮނީގެ "ކުޗް ރަންގް" އިން ވަކިވެއްޖެ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ގަސަމް: ތޭރޭ ޕިޔާރު ކީ" ވެސް ދެވަނަ ސީޒަނަކަށް
ސޮނީގެ "ބަޅޭ އައްޗޭ ލަގްތޭ ހޭ 2" މިރޭ ފަށަނީ
"ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ އާ ސީޒަނަށް ޑިޝާ
ސުޝާންތު ކުޅުނު ރޯލު ޝަހީރު ކުޅެން ފަށަައިފި
ސޮނީގެ "ކުޗް ރަންގް..." ފަށާނީ 12 ގައި
ޒީޓީވީ އަށް "ބަގިއާ" ހިމަނައިގެން އިތުރު ސިލްސިލާއެއް
"ބަރިސްތަ ބާބޫ" ގެ އާ ބަތަލާ އަކީ އާޗަލް