އެމިރޭޓްސް އެއާލައިނުން މި އަހަރުގެ މިހާތަނަށް 101،310 މީހުން ރާއްޖެ ދަތުރު ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
25 ޖޫން 2021
އެމިރޭޓްސް އެއާލައިނުން މި އަހަރުގެ މިހާތަނަށް 101،310 މީހުން ރާއްޖެ ދަތުރު ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް އެމިރޭޓްސް އިން ވަނީ 1،218 ދަތުރު ރާއްޖެއަށް ކޮށްފަ އެވެ. އެމިރޭޓްސް އަކީ މިދިޔަ އަހަރު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމުން އެންމެ ފުރަތަަަ ދަތުރު ފެށި އެއާލައިނެވެ.
އެމިރޭޓްސް އިން އަންނަނީ ހަފުތާއަކު 28 ދަތުރު ރާއްޖެ އަށް ކުރަމުންނެވެ. އެ އެއާލައިނުން މެދުއިރުމަތީގެ ގިނަ ގައުމުތަކުގެ ޓޫރިސްޓުން ރާއްޖެ އަށް ދަތުރު ކުރެ އެވެ.
ދެވަނަ އަށް އެންމެ ގިނަ މީހުން ރާއްޖެ ދަތުރުކޮށްފައި ވަނީ ގަތަރު އެއާވޭސް އިންނެވެ. އެ އެއާލައިނުން މިހާތަނަށް ރާއްޖެއަށް 923 ދަތުރުކޮށްފައިވާ އިރު 76،980 މީހުން ވަނީ ދަތުރުކޮށްފަ އެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެ ގައުމުން މިހާތަނަށް 120،514 ޓޫރިސްޓުން ރާއްޖެ ޒިޔާރަތް ކޮށްފައިވާއިރު އެ ގައުމުގެ އެއާލައިން އެއެރޯފްލޮޓުން ވަނީ މިހާތަނަށް 72،517 މީހުން ރާއްޖެ ގެނެސްފަ އެވެ. މިއީ ތިންވަނަ އަށް ރާއްޖެ އަށް އެންމެ ގިނައިން މީހުން ގެނައި އެއާލައިނެވެ.
އިއްޔެގެ ނިޔަލަށް 498،738 ޓޫރިސްޓުން ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ.
ރާއްޖެއަށް އެންމެ ގިނަ ބަޔަކު އައީ އެމިރޭޓްސް އިން
ރަޝިއާ އާއި އިރުމަތީ ޔޫރަޕުން އިތުރު އެއާލައިންތަކެއް
ރާއްޖެ އަށް އެމިރޭޓްސް އިން ދަތުރުކުރާތާ 30 އަހަރު
އަހަރުގެ މިލިއަން ވަނަ ޓޫރިސްޓަށް އިންޑިއާ ރައްޔިތެއް
"މިހާތަނަށް 13 ރަށެއް ރިސޯޓް ހަދަން ދޫކޮށްފައިވޭ"
ފޮއްތެޔޮ ފަޅާ ގުޅޭ ދައުވާ ކޯޓުން ކުރިއަށް ނުގެންދިޔަ
ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އިނގިރޭސިވިލާތުން
ކާށިދޫ އާއި ކެލާ ފަޅުގައި ރިސޯޓުހަދަން އިއުލާނުކޮށްފި
މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ދަށްވެއްޖެ
ޑޮލަރުގެ މައްސަލަ ހައްލުވާން ފަށައިފި، ބަދަލު ފެންނާނެ