24 ޖޫން 2021
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ފުލުހުން މެދުވެރިކޮށް ކޯޓުގައި ޕީޖީ އޮފީހުން އަނެއްކާ ވެސް އެދިއްޖެ އެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ފުލުހުން މެދުވެރިކޮށް ކޯޓުގައި ޕީޖީ އޮފީހުން އަނެއްކާ ވެސް އެދިއްޖެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ހޯދަން ޕީޖީން ވަނީ ފުލުހުންނަށް އަންގައިފަ އެވެ. އެ އެންގުމާ އެއްގޮތަށް ފުލުހުން މިހާރު އެ މައްސަލަައިގއި ކޯޓަށް ގޮސްފައިވާއިރު، މިފަދަ އަމުރެއް ނެރުނު ކަމެއް އަދިއެއް ނޭނގެ އެވެ.
މީގެ ކުރިން ވެސް އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓި ނަމަވެސް، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ޕާސްޕޯޓު ދޫކޮށްލަން ނިންމައިފަ އެވެ. އެއީ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް އޭނާ ފުރާވަޑައިގަންނަވަން އުޅުއްވުމުން ހަތަރު މަހަށެވެ.
އެ އަމުރުގެ މައްސަލަ ދައުލަތުން މަތީ ކޯޓުތަކުގައި އިސްތިއުނާފުކުރި ނަމަވެސް، ހައި ކޯޓާއި ސުޕްރީމް ކޯޓުން ނިންމީ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ނަމަވެސް، އޭނާ ކޯޓަށް ހާޒިރުވެއްޖެ ނަމަ އަދިވެސް އެ މައްސަލަ ކުރިއަށް ގެންދެވިދާނެ އެވެ.
އަނެއްކާ ވެސް އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދެން ނިންމާފައިވާއިރު، އެފަދަ އަމުރެއް ނުނެރެން ކްރިމިނަލް ކޯޓުން ނިންމައިފި ނަމަ އެ ނިންމުން ވެސް މަތީ ކޯޓުގައި އިސްތިއުނާފު ކުރެވިދާނެ އެވެ.
އަލީ ވަހީދު، އިނގިރޭސި ވިލާތުގައި ހުންނަވައިގެން އޭނާގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން އޭނާ އެދިވަޑައިގަތުމުން ކޯޓުން ވަނީ އެ ގޮތް ހަމަޖައްސައިދީފަ އެވެ. އަދި އިނގިރޭސި ވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގައި އަޑުއެހުން ކުރިއަށް ގެންދަން އިންތިޒާމު ހަމަޖައްސައިދިނެވެ.
އަލީ ވަހީދު ހުންނެވީ ރާއްޖޭގެ ގާނޫނުތަކުގެ ބާރު ނުހިނގާ ތަނެއްގައި ކަމަށް ބުނެ އެތަނުގައި އޭނާ ހުންނަވައިގެން އޮންލައިންކޮށް ޝަރީއަތް ހިންގުމާ ޕީޖީން ދެކޮޅު ހަދަ އެވެ. އެ އޮފީހުގެ ކަންބޮޑުވުމަކީ އަލީ ވަހީދުގެ މައްޗަށް ގާނޫނު ތަންފީޒު ނުވުމެވެ.
އަލީ ވަހީދު ހައި ކޮމިޝަނަށް ދިޔަކަމުގެ ޔަގީންކަން ދީފި
އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ނުބޭއްވޭނެ: ޕީޖީ
ރާއްޖޭގެ ބާރު ނެތް ތަނެއްގައި ޝަރީއަތް ކުރުމީ ޖޯކެއް
އަލީ ވަހީދު ހިމާޔަތަކަށް ނޭދޭ، ރާއްޖެ ނާންނާކަށް ނޫޅޭ
ދައުލަތުން ވަނީ އަލީ ވަހީދު ފްރޭމްކޮށްފައި: ވަކީލުން
އަލީ ވަހީދު ރާއްޖެ އަންނަން ސުޕްރީމް ކޯޓުން އަންގައިފި
އަލީ ޝަރީއަތުގައި ބައިވެރިވަނީ އޮންލައިންކޮށް ޔޫކޭއިން
ރެޑް ނޯޓިސް ނެރެގެން ވިޔަސް އަލީގެ މައްސަލަ ކުރިއަށް
އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި އަމުރާ މެދު ސުވާލު!
އަލީ ވަހީދުގެ ދައުވާތައް ކޯޓުން އަނބުރާ ފޮނުވާލައިފި