Roadha Mihaaru
އަލީ ވަހީދު ހިމާޔަތަކަށް ނޭދޭ، ރާއްޖެ ނާންނާކަށް ނޫޅޭ

އަލީ ވަހީދު ހިމާޔަތަކަށް ނޭދޭ، ރާއްޖެ ނާންނާކަށް ވެސް ނޫޅޭ: ވަކީލުން

26 އޯގަސްޓް 2021

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސި ވިލާތުން ހިމާޔަތަށް އެދިވަޑައިގަތް ކަމަށް ބުނާ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށާއި އޭނާ ރާއްޖެ ވަޑައިނުގަތުމަށް ނިންމާފައި ނުވާ ކަމަށް ވަކީލުން މިރޭ ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސި ވިލާތުން ހިމާޔަތަށް އެދިވަޑައިގަތް ކަމަށް ބުނާ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށާއި އޭނާ ރާއްޖެ ވަޑައިނުގަތުމަށް ނިންމާފައި ނުވާ ކަމަށް ވަކީލުން މިރޭ ބުނެފި އެވެ.

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލިފައި ވަނިކޮށް އަލީ ވަހީދު އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ފަހުން ރާއްޖެ ވަޑައެއް ނުގަންނަވަ އެވެ. އޭނާ ސުޕްރީމް ކޯޓުގެ ޝަރީއަތަށް ހާޒިރުނުވި މައްސަލައެއްގައި ދެ މަހަށް ޖަލަށް ލާން ހުކުމް ކޮށްފައި ވަނިކޮށް، ވިސާގެ މައްސަލައެއްގައި އިނގިރޭސި ވިލާތުން އިއްޔެ ވަނީ ހައްޔަރުކޮށްފައި ކަމަށް އޭނާގެ ގާތް ބައެއް މީހުން ބުނެ އެވެ. އަލީ ވަހީދު ހައްޔަރު ކުރިއިރު، އޭނާ ވަނީ އިނގިރޭސި ވިލާތުގެ ހިމާޔަތަށް އެދިފައި ކަމަށް އެ މައުލޫމާތު އެނގޭ ބޭފުޅަކު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް އަލީ ވަހީދުގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލަކު ވިދާޅުވީ އިނގިރޭސި ވިލާތުގެ ހިމާޔަތަށް އޭނާ އެދިވަޑައިގަތް ކަމަށް ބުނާ ވާހަކައަކީ މުޅިން ހަގީގަތެއް ނޫން ކަމަށާއި އެކަމަކު ވިސާ އިތުރުކުރަން އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި ރާއްޖެ ވަޑައިނުގަތުމުގެ ވިސްނުމެއް އަލީ ވަހީދު ނުގެންގުޅުއްވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

"އަލީ ވަހީދު ރާއްޖެ ވަޑައިނުގަތުމުގެ ވިސްނުމެއް ނެތް،" ނަން ނުޖަހަން އެދި ވާހަކަ ދެއްކެވި އެ ވަކީލް ވިދާޅުވި އެވެ.

އެކަމަކު، އޭނާ ވިދާޅުވި ގޮތުގައި އަލީ ވަހީދު އިއްޔެ އިނގިރޭސި ވިލާތުގައި ބާއްވަން ނިންމެވި ޕްރެސް ކޮންފަރެންސްގެ ހާމަކުރަން އުޅުއްވި މައުލޫމާތުތަކާއި ސިޔާސީ ގޮތުން އޭނާއާ ގުޅުވައިގެން ދެއްކެވޭ ވާހަކަތަކުގެ އެއްވެސް މައުލޫމާތެއް ވަކީލުންނަކަށް ނޭނގެ އެވެ.

"[އަލީ] އެދިވަޑައިގަނެފައި ވަނީ މި އަންނަ މަހު 26 ގައި އޭނާގެ މައިބަދައިގެ އޮޕަރޭޝަނާ ދޭތެރޭ ޑޮކްޓަރުން ގޮތެއް ނިންމައި، އެޕޮއިންޓްމަންޓާ ހަމައަށް މުއްދަތު އިތުރު ކޮށްދޭން. ރާއްޖެ ނާންނަން ނިންމާފައެއް ނުވޭ،"

"އަޅުގަނޑުމެންނާއި އަލީ ވަހީދާ ދެމެދު ކުރެވެނީ ގާނޫނީ ކަންކަމުގައި ކުރެވޭ މުއާމަލާތްތައް. ސިޔާސީ ގޮތުން ހިނގާ ކަންކަމާއި މުއާމަލާތްތަކާއި ގުޅޭ މައުލޫމާތެއް ނޭނގޭ،" އޭނާ ވިދާޅުވި އެވެ.

ވަކީލް ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމަށް އޭނާ މިއަދު ކްރިމިނަލް ކޯޓަށް ފިޒިކަލީ ހާޒިރުވާން އެންގުމުން ވެސް އެކަމާ ގުޅިގެން އޭނާ ކޯޓާ ވެސް މުއާމަލާތުތަކެއް ކުރެއްވި ކަމަށެވެ. އަލީ ވަހީދު އިނގިރޭސި ވިލާތުން ހައްޔަރުކުރީ ކޯޓާ މުއާމަލާތު ކޮށްފައި ވަނިކޮށް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

މިއީ އަލީ ވަހީދު އިނގިރޭސި ވިލާތަށް ވަޑައިގަތް ފަހުން އޭނާގެ ވަކީލުން މީޑިއާގައި ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

އަލީ ވަހީދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގެ ގެޓްވިކްގައި ހުރި ޖަލެއްގައި ކަމަށް އޭނާގެ ފަރާތުން ވާހަކަ ދެއްކި މީހަކު މިރޭ ބުންޏެވެ. އަދި އަލީ ޖަލަށް ގެންދާ ވީޑިއޯއެއް ވެސް "މިހާރު" އަށް ވަނީ މިރޭ ލިބިފަ އެވެ.

"[އަލީ] އެދިވަޑައިގަނެފައި ވަނީ މި އަންނަ މަހު 26 ގައި އޭނާގެ މައިބަދައިގެ އޮޕަރޭޝަނާ ދޭތެރޭ ޑޮކްޓަރުން ގޮތެއް ނިންމައި، އެޕޮއިންޓްމަންޓާ ހަމައަށް މުއްދަތު އިތުރު ކޮށްދޭން. ރާއްޖެ ނާންނަން ނިންމާފައެއް ނުވޭ،" އަލީ ވަހީދާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ސުޕްރީމް ކޯޓުން އަލީ ވަހީދުގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވީ އޭނާގެ ޝަރީއަތް ކްރިމިނަލް ކޯޓުން އޮންލައިންކޮށް ކުރިއަށް ގެންދާ މައްސަލާގައި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ޝަރީއަތަށް ހާޒިރު ނުވުމުންނެވެ.