26 އޯގަސްޓް 2021
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސި ވިލާތުގެ ފުލުހުން ހައްޔަރުކޮށްގެން އިއްޔެ ގެންދާ ވީޑިއޯއެއް "މިހާރު" އަށް ލިބިއްޖެ އެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސި ވިލާތުގެ ފުލުހުން ހައްޔަރުކޮށްގެން އިއްޔެ ގެންދާ ވީޑިއޯއެއް "މިހާރު" އަށް ލިބިއްޖެ އެވެ.
މި ވީޑިއޯގައި ފެންނަނީ ފުލުހަކާ އެކު އަލީ ޖިޕަކަށް އަރުވާ ތަނެވެ. އެތަނުގައި އެހެން ފުލުހުން ވެސް ތިބެ އެވެ.
އެނގިފައިވާ ގޮތުގައި އަލީ މި ވަގުތު ހުންނެވީ އިނގިރޭސި ވިލާތުގެ ގެޓްވިކްގައި ހުރި ޖަލެއްގަ އެވެ. އޭނާ އެދިވަޑައިގެންފައި ވަނީ އަންނަ މަހު 26 ގައި ކުރަން ހަމަޖެހިފައިވާ މައިބަދައިގެ އޮޕަރޭޝަނާ ދޭތެރޭ ޑޮކްޓަރުން ގޮތެއް ނިންމައި، އެޕޮއިންޓްމެންޓާ ހަމައަށް މުއްދަތު އިތުރުކޮށްދޭށެވެ.
އަލީ ވަހީދުގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި ގޮތުގައި އޭނާ ރާއްޖެ ވަޑައިނުގަންނަވަން ނިންމަވައިފައެއް ނުވެ އެވެ. އަދި އިނގިރޭސިވިލާތުގެ ހިމާޔަތަށް އެދިވަޑައިގެންފައިވާ ކަން ވެސް އެނގިވަޑައިގެންފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިނގިރޭސި ވިލާތުގެ ފުލުހުން އަލީ ހައްޔަރުކޮށްގެން ގެންދިޔައީ އިއްޔެ ހަވީރު އޮންލައިންކޮށް ބާއްވަން އުޅުއްވި މީޑިއާ ބްރީފިންއަކަށް ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވަނިކޮށް ކުއްލި ގޮތަކަށެވެ. ނަމަވެސް މި ކަމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުގެ އެއްވެސް އިދާރާއަކަށް ކަމެއް އެނގިފައިވާ ކަމަކަށް ރަސްމީކޮށް އަދި ނުބުނެ އެވެ.
އަލީގެ ގާތް ބައެއް މީހުން ބުނާގޮތުގައި އޭނާ ހައްޔަރުކުރީ އިނގިރޭސި ވިލާތުގައި "އޯވާސްޓޭ" ވެގެންނެވެ. އެކަމަކު އެކަން ވެސް އަދި ޔަގީނެއް ނޫނެވެ.
ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑައިގެން ޖަލު ހުކުމެއް އިއްވާފައިވާ އަލީ ވަހީދު ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއް ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އޭނާ އިނގިރޭސިވިލާތަށް ވަޑައިގަތީ ބޭސްފަރުވާ ކުރުމުގެ ބޭނުމުގައި ކަމަށް ވަނީ ބުނެފަ އެވެ.
އަލީގެ ވަކީލުން އެންމެ ފަހުން ނެރުނު ބަޔާނުގައި ވިދާޅުވީ، އޭނާ ވަނީ ފްރޭމް ކޮށްފައި ކަމަށެވެ.
އަލީ ތަމްސީލުކުރާ މެކްސީމް ޗެމްބާސް ލޯ ފާމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އޭނާގެ މައްޗަށް ހިންގި ޖިނާއީ ތަހުގީގާއި ޝަރީއަތުގެ އެކި މަރުހަލާތަކުގައި އަލީއާ ދެކޮޅަށް ބޭއިންސާފާއި އަނިޔާވެރިކަން ދައުލަތުން އިސްކޮށް، ކުށެއްގެ ތުހުމަތުގައި ކަމަށް ބުނެ ފްރޭމް ކޮށްފައިވާ ކަމަށެވެ.
އަލީގެ ޓުވީޓެއް، ވިދާޅުވީ ވާހަކަތައް އަދި އޮތީ ކަމަށް
އަލީ ވަހީދު ހިމާޔަތަކަށް ނޭދޭ، ރާއްޖެ ނާންނާކަށް ނޫޅޭ
އަލީ ވަހީދު ހައި ކޮމިޝަނަށް ދިޔަކަމުގެ ޔަގީންކަން ދީފި
އަލީ ހައްޔަރުކޮށްފައި ހުރިކަން ޔޫކޭ ފުލުހުން އަންގައިފި
އަލީ ހައްޔަރުކުރި ކަމެއް ހަފުތާއެއް ވީއިރު ވެސް ނޭނގޭ
އަލީ ވަހީދު ހައްޔަރުކުރި ކަމެއް ނޭނގޭ: ފުލުހުން
އަލީ ވަހީދު ޔޫކޭގައި ހައްޔަރުކޮށްފި
އަލީ ޝަރީއަތުގައި ބައިވެރިވަނީ އޮންލައިންކޮށް ޔޫކޭއިން
އަލީ ވަހީދު ރާއްޖެ އަންނަން ސުޕްރީމް ކޯޓުން އަންގައިފި
ރާއްޖޭގެ ބާރު ނެތް ތަނެއްގައި ޝަރީއަތް ކުރުމީ ޖޯކެއް