ޖިންސީ ކުށުގެ ދައުވާތަކުގެ ޝަރީއަތަށް ހާޒިރު ނުވެ އިނގިރޭސި ވިލާތުގައި އުޅުއްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އެ ގައުމުގެ ފުލުހުން ހައްޔަރުކުރިތާ ހަފުތާއެއްވީ އިރު ވެސް އެކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް ދިވެހި ފުލުހުން މިއަދު ބުނެފި އެވެ.
02 ސެޕްޓެމްބަރ 2021
ޖިންސީ ކުށުގެ ދައުވާތަކުގެ ޝަރީއަތަށް ހާޒިރު ނުވެ އިނގިރޭސި ވިލާތުގައި އުޅުއްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އެ ގައުމުގެ ފުލުހުން ހައްޔަރުކުރިތާ ހަފުތާއެއްވީ އިރު ވެސް އެކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް ދިވެހި ފުލުހުން މިއަދު ބުނެފި އެވެ.
މިދިޔަ މަހުގެ 25 ގައި އަލީ ވަހީދު ހައްޔަރުކުރީ އޯވަސްޓޭ ވެގެން ކަމަށް ބައެއް މީހުން ބުނެފައި ވެ އެވެ. އެ ދުވަހުގެ ހެނދުނު އޭނާ ގޭގައި ހުންނަވަނިކޮށް އިނގިރޭސި ފުލުހުންގެ ބަޔަކު އޭނާ ހައްޔަރުކޮށްގެން ގެންގޮސްފައި ވަނީ އިނގިރޭސި ވިލާތުގެ ގެޓްވިކްގައި ހުރި ޖަލަކަށެވެ.
އަލީ ވަހީދު އިނގިރޭސި ވިލާތުގައި ހުންނަވ ގެ އިން ނެރެގެން ގޮސް ވެހިކަލަށް އަރުވާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް "މިހާރު" އަށްލިބިފައި ވެ އެވެ. އެ ވީޑިއޯގައި ފެންނަނީ ފުލުހަކާ އެކު އަލީ ޖިޕަކަށް އަރުވާ ތަނެވެ. އެތަނުގައި އެހެން ފުލުހުން ވެސް ތިބެ އެވެ.
އެކަމަކު، އެ މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އަލީ ވަހީދު ހައްޔަރުކުރި ކަމުގެ އެއްވެސް މައުލޫމާތެއް ބޭރުގެ ރަސްމީ އެއްވެސް އިދާރާއަކުން ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް އަލީ ވަހީދުގެ ވަކީލުން ނެރުނު ބަޔާނެއްގައި ވަނީ އޭނާ ހައްޔަރުކުރިކަން ކަށަވަރުކޮށްދީފަ އެވެ. އަދި ހައްޔަރު ކޮށްފައިވާ ކަން ކޯޓަށް ވެސް ވަނީ އަންގައިފަ އެވެ.
އިނގިރޭސި ވިލާތުގެ ހިމާޔަތަށް އަލީ ވަހީދު އެދިވަޑައިގަތް ކަމަށް ބުނާ ވާހަކައަކީ މުޅިން ހަގީގަތެއް ނޫން ކަމަށާއި އެކަމަކު ވިސާ އިތުރުކުރަން އެދިވަޑައިގެންފައިވާ ކަމަށް އޭނާގެ ވަކީލުން ވިދާޅުވެފައި ވެ އެވެ. އަދި ރާއްޖެ ވަޑައިނުގަތުމުގެ ވިސްނުމެއް އަލީ ވަހީދު ނުގެންގުޅުއްވާ ކަމަށް ވަކީލް ވިދާޅުވި އެވެ.
ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއް ފެންމަތިވެ، މިނިސްޓަރުކަމުން ވަކިކުރި އަލީ ވަހީދު މިހާރު ވަނީ އިނގިރޭސިވިލާތުގެ ހިމާޔަތަށް ވެސް އެދިވަޑައިގެންފަ އެވެ. ނަމަވެސް ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވުމުންނާއި އެ ގައުމުގައި އޭނާ ހުންނަންޖެހޭ މަގުބޫލު ސަބަބެއް ނެތުމުން އަލީ ވަހީދުގެ ވިސާ އާކޮށްދިނުމުގެ ފުރުސަތު ކުޑަ އެވެ.
ވިސާ ހަމަވާތާ 30 ދުވަހުގެ ތެރޭގައި އަމިއްލައަށް ގައުމުން ފުރައިގެން ދިއުމުގެ ފުރުސަތު އެ މީހަކަށް އޮވެ އެވެ. އެ 30 ދުވަހުގެ މުއްދަތު ވެސް ފަހަނަޅައި ދާ ފަހުން މަޑުކޮށްފި ނަމަ ޑިޕޯޓްކުރުން ފަދަ ފިޔަވަޅުތައް އަޅަ އެވެ. އަދަބުގެ ކުޑަބޮޑުމިން ކަނޑައެޅުމުގައި، އެ ގައުމުގައި ވިސާ ނެތި އުޅޭ މުއްދަތަށް ބަލަ އެވެ.
އަލީ ވަހީދު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ފަހުން ރާއްޖެ ވަޑައިގެންފައި ނުވާތީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން މިދިޔަ މަހު ފުލުހުން އެދުމުން ކްރިމިނަލް ކޯޓުން ނިންމީ އެ އަމުރު ނެރެ ނުދިނުމަށެވެ. އެ މައްސަލަ އިސްތިއުނާފް ކުރުމުން އޭނާގެ ޣައިރު ހާޒިރުގައި ނުބެލޭނެ ކަމަށް ހައި ކޯޓުން ނިންމި ނަމަވެސް، ސުޕްރީމް ކޯޓުން މިހާރު ވަނީ އޭނާ ނެތީސް އެ މައްސަލަ ބެލޭނެ ކަމަށް އަންގައިފަ އެވެ.
އަލީ ވަހީދު ހައްޔަރުކުރި ކަމެއް ނޭނގޭ: ފުލުހުން
އަލީގެ ޓުވީޓެއް، ވިދާޅުވީ ވާހަކަތައް އަދި އޮތީ ކަމަށް
އަލީ ހައްޔަރުކޮށްފައި ހުރިކަން ޔޫކޭ ފުލުހުން އަންގައިފި
އަލީ ވަހީދު ހިމާޔަތަކަށް ނޭދޭ، ރާއްޖެ ނާންނާކަށް ނޫޅޭ
އަލީ ވަހީދު ހައްޔަރު ކޮށްގެން ގެންދާ ވީޑިއޯއެއް!
އަލީ ވަހީދު ހައި ކޮމިޝަނަށް ދިޔަކަމުގެ ޔަގީންކަން ދީފި
އިސްތިއުފާ ނުދެއްވުމުން އަލީ ވަހީދު ވަކިކޮށްފި
"ގެއްލުނު" އަޑުބަރޭ ހޯދަން ބަލަންޖެހޭ ކަންކަން ބަލަނީ
އަލީ ހައްޔަރުކޮށްގެން ގެނައުމުގެ މަސައްކަތް ފަށައިފި
އަލީ ވަހީދު ޔޫކޭގައި ހައްޔަރުކޮށްފި