Roadha Mihaaru
ރިއާ ޕްރޮޑިއުސްކުރާ ފިލްމުގައި ކޮއްކޮ

ރިއާ ޕްރޮޑިއުސްކުރާ ފިލްމުގައި ކޮއްކޮ

23 ޖޫން 2021

ބޮލީވުޑްގެ އެކްޓަރު އަނިލް ކަޕޫރްގެ ދަރިންގެ ތެރެއިން ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާ ރިއާ ކަޕޫރްގެ ފިލްމެއްގައި ކޮއްކޮ ހާޝްވަރުދަން ކަޕޫރް މަސައްކަތްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޓަރު އަނިލް ކަޕޫރްގެ ދަރިންގެ ތެރެއިން ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާ ރިއާ ކަޕޫރްގެ ފިލްމެއްގައި ކޮއްކޮ ހާޝްވަރުދަން ކަޕޫރް މަސައްކަތްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ރޮމޭންޓިކް ކޮމެޑީއެއްގެ ގޮތުގައި ހަދާ މި ފިލްމުގެ ބަތަލާގެ ރޯލު މިހާރު ވަނީ އަލާޔާ ފަރްނީޗަރުވާލާ އަށް ހުށަހަޅައިފަ އެވެ. އޭނާ އަކީ މިދިޔަ އަހަރު ސައިފް އަލީ ޚާންގެ "ޖަވާނި ޖާނެމަން" އިން ތައާރަފުވި ބަތަލާއެކެވެ.

އަލާޔާއާ އެކު ހާޝް އަށް ފިލްމެއް ކުޅެން ފުރުސަތު މި ލިބުނީ މިހާރު ބޮލީވުޑްގައި ތިބި ޒުވާން ބަތަލާއިންގެ އެންމެ ކަމުދަނީ އަލާޔާ ކަމަށާއި އޭނާއާ އެކީ މަސައްކަޔްކުރަން ލިބޭނެ އުންމީދުކުރާ ކަމަށް މީގެ ހަފުތާއެއްހާ ކުރިން ދިން އިންޓަވިއުއެއްގައި ހާޝް ބުނެފައި ވަނިކޮށެވެ.

ހަންގަމާ އިން ބުނި ގޮތުގައި ރިއާ ޕްރޮޑިއުސްކުރާ ފިލްމު އަލާޔާ އަށް ނެރޭޓްކޮށް ދިނުމުން އޭނާ އަށް އެ ކަމުގޮސްފައިވާތީ ވަގުތުން އެއްބަސްވެފައިވެ އެވެ. އަދި ހާޝް އަށް ވެސް ކަމުދާ ކަހަލަ ސްކްރިޕްޓަކަށްވުމާ އެކު، ވަރަށް އަވަހަށް އޭގެ ޝޫޓިން ފަށާނެ އެވެ.

ނަމަވެސް އަދި ފިލްމުގެ ނަމާއި ޑައިރެކްޓްކުރާނެ މީހަކު ނޭނގެ އެވެ.

މި ފިލްމު ވާނީ އާއިލާގެ ފިލްމެއް ހާޝް ކުޅޭ ފުރަތަމަ ފަހަރަށެވެ. އޭނާގެ ދޮށީ ދައްތަ ސޯނަމް ކަޕޫރް މީގެ ކުރިން ރިއާ ޕްރޮޑިއުސްކުރި ހަތަރު ފިލްމެއް ކުޅުނެވެ. އެއީ "ދަ ޒޯޔާ ފެކްޓާ" އާއި "ވީރޭ ދީ ވެޑިން" އާއި "ހޫބްސޫރަތު" ގެ އިތުރުން "އައިޝާ" އެވެ.

ހާޝް ބޮލީވުޑަށް ނުކުތީ 2016 ގެ "މިރްޒިޔާ" އިންނެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ ހުކުރު ދުވަހު ނެޓްފްލިކްސް އިން ޕްރީމިއާކުރާ އެންތޮލޮޖީ ފިލްމު "ރޭ" އެވެ.