މިހާރު ބޮލީވުޑްގައި ވިދަމުން އަންނަ ޒުވާން ބަތަލާ ޖާންވީ ކަޕޫރްގެ ކަޒިންގެ ޝަނާޔާ ކަޕޫރް ބޮލީވުޑަށް ނެރޭ ފިލްމުގެ ޑައިރެކްޓަރަކަށް ޖާންވީގެ ފުރަތަމަ ފިލްމުގެ ޑައިރެކްޓަރު ޝިޝާންކް ކައިތާން ހަމަޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
10 އޮކްޓޯބަރ 2021
މިހާރު ބޮލީވުޑްގައި ވިދަމުން އަންނަ ޒުވާން ބަތަލާ ޖާންވީ ކަޕޫރްގެ ކަޒިންގެ ޝަނާޔާ ކަޕޫރް ބޮލީވުޑަށް ނެރޭ ފިލްމުގެ ޑައިރެކްޓަރަކަށް ޖާންވީގެ ފުރަތަމަ ފިލްމުގެ ޑައިރެކްޓަރު ޝިޝާންކް ކައިތާން ހަމަޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ 2018 ގެ "ދަޅަކް" އިން ޖާންވީ ބޮލީވުޑަށް ނެރުނު ޝިޝާންކްް އަކީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ މީހެކެވެ. އޭގެ ތެރޭގައި އާލިއާ ބަޓާއި ވަރުން ދަވަންގެ 2017 ގެ "ބަދުރީނާތު ކީ ދުލްހަނިޔާ" އާއި 2014 ގެ "ހަމްޓީ ޝަރުމީ ކީ ދުލްހަނިޔާ" ހިމެނެ އެވެ.
ޝިޝާންކްގެ ދާދި ފަހުން ވަނީ އޭނާގެ ހަތަރު ވަނަ ޑައިރެކްޝަން "މިސްޓަ ލޭލޭ" ވިކީ ކޯޝަލާ އެކު ނިންމާލައިފަ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ ގޮތުގައި ޖާންވީ އާއި އަރުޖުން ކަޕޫރްގެ ބައްޕަ ޕްރޮޑިއުސަރު ބޯނީ ކަޕޫރާއި ސޯނަމް ކަޕޫރްގެ ބައްޕަ އަނިލް ކަޕޫރްގެ ހަގު ކޮއްކޮ އެކްޓަރު ސަަންޖޭ ކަޕޫރްގެ ދޮށީ އަންހެން ދަރިފުޅު ބޮލީވުޑަށް ނެރޭ ފިލްމު ކުރިން ޑައިރެކްޓްކުރާ ގޮތަށް އޮތީ ޕަރަސް ޗަކްރަތީ ކަމަށެވެ. ނަމަވެސް އޭނާގެ ބަދަލުގައި ޝިޝާންކް ފިލްމުގެ ޑައިރެކްޝަނާ ހަވާލުވީ އެވެ.
ނަން އަދި އިއުލާން ނުކުރާ މި ފިލްމަކީ ތިނެސްކަން ލޯބީގެ ވާހަކައެއް ކިޔައިދޭ އަދި ކަރަންގެ ދަރުމާ އިން ހަދާ ފިލްމެކެވެ.
ޝަނާޔާ، ކަރަން އަދި ޝިޝާންކް.
ޝަނާޔާ ލޯންޗް ކުރާކަން ކަރަން އިއުލާންކުރީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އޭރު ނިންމާފައި އޮތީ ޖުލައި މަހުގެ ތެރޭގައި ފިލްމުގެ މަސައްކަތް ފަށާށެވެ. ނަމަވެސް ކޮވިޑާ ހެދި މަސައްކަތް ލަސްވެ، މިހާރު ނިންމާފައި އޮތީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން ފަށަން ކަމަށް ހަންގާމާ އިން ބުންޏެވެ.
މި ފިލްމުގެ ބަތަލުންނަކީ ޖާންވީ ސޮއިކޮށްފައި އޮތް ކަރަންގެ "ދޯސްތާނާ 2" ގެ ކާސްޓްގައި ހިމެނޭ އާ އެކްޓަރު ލަކްޝް ލަލްވާނީ އާއި ދަރުމާ އިން މިދިޔަ އަހަރުގެ ކުރީކޮޅު ބަތަލާ ކިއާރާ ކިއާރާ އަދުވާނީ ހިމަނައިގެން ނެޓްފްލިކްސް އިން ގެނެސްދިން ފިލްމު "ގިލްޓީ" ގެ ކާސްޓްގައި ހިމެނޭ ގުރްފަތޭ ސިންގް ޕިރްޒާދާ އެވެ.
ފިލްމުގެ ކުރިން ސަންޖޭގެ ދަރިފުޅުގެ އިޝްތިހާރެއް
ސަންޖޭގެ ދަރިފުޅު ޝަނާޔާގެ ފުރަތަމަ ފިލްމު ޖުލައިގައި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ދަރިފުޅުގެ ފިލްމުގެ ޝޫޓިން ފެށުމުން ސަންޖޭ އުފަލުން
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ޝަނާޔާގެ ފިލްމަކީ ތިނެސްކަން ލޯބީގެ ފިލްމެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސްރީދޭވީގެ ހަގު ދަރިފުޅު ވެސް ބޮލީވުޑަށް ތައްޔާރު
ފާޑުކިޔުންތައް ބަލައިގަތުމަކީ ކުރިއެރުމެއް: ޖާންވީ
ރިތިކާއި ކަރީނާ އަލުން އެކީގައި ފެނިދާނެ