08 ޖޫން 2021
ބޮލީވުޑްގެ އެކްޓަރު ސަންޖޭ ކަޕޫރްގެ ދޮށީ އަންހެން ދަރިފުޅި ޝަނާޔާ ކަޕޫރް ބޮލީވުޑަށް ތައާރަފުވާ ފިލްމަކީ ތިނެސްކަން ލޯބީގެ ފިލްމެއް ކަމަށާއި މި އަހަރުގެ ފަހުކޮޅު އެ ފިލްމުގެ މަސައްކަތް ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ އެކްޓަރު ސަންޖޭ ކަޕޫރްގެ ދޮށީ އަންހެން ދަރިފުޅި ޝަނާޔާ ކަޕޫރް ބޮލީވުޑަށް ތައާރަފުވާ ފިލްމަކީ ތިނެސްކަން ލޯބީގެ ފިލްމެއް ކަމަށާއި މި އަހަރުގެ ފަހުކޮޅު އެ ފިލްމުގެ މަސައްކަތް ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޝަނާޔާ ބޮލީވުޑަށް ނެރެނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުންނެވެ. މިކަން އޭނާ ވަނީ މި އަހަރުގެ ކުރީކޮޅު އިއުލާން ވެސް ކޮށްފަ އެވެ. ކަރަން އޭރު ބުނެފައިވާ ގޮތުގައި ޝަނާޔާގެ އަލަތު ފިލްމު ޖުލައި މަހުގެ ތެރޭގައި ރަސްމީކޮށް އިއުލާންކުރާނެ އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ އެ ފިލްމުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ އިރު ޝަނާޔާއާ އެކީގައި އޭގައި ދެ އެކްޓަރަކު ހިމެނޭނެ ކަމަށެވެ.
އެއީ ކަރަންގެ ދަރުމާ އާއި ބަންޓީ ސަޖްދޭގެ ކޯންސްޓޯން ގުޅިގެން އުފައްފައިވާ ޓެލެންޓް އެޖެންސީ ދަރްމާ ކޯންސްޓޯން ދަށުން ކުރިއަރުވަން އިއުލާންކޮށްފައިވާ އެކްޓަރުން ކަމަށްވާ ލަކްޝް ލަލްވާނީ އާއި ގުރުފަތޭ ޕިރްޒާދާ އެވެ.
ލަކްޝް އަކީ ދަރުމާ އިން ހަދަން ފަށައި މިހާރު ހުއްޓިފައި އޮތް ފިލްމު "ދޯސްތާނާ 2" ގެ ކާސްޓްގައި ވެސް ހިމެނޭ އެކްޓަރެކެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި ޝަނާޔާގެ ފިލްމުގެ ބޮޑު ބަޔަކީ އިންޑިއާ އިން ބޭރުގައި ޝޫޓްކުރަން ޖެހޭ ފިލްމަކަށްވާތީ މިހާރު އަންނަނީ ލޮކޭޝަނާ ބެހޭ ގޮތުން ވެސް މަޝްވަރާތައް ކުރެވެމުންނެވެ. އެކަމަކު އަދި މި ފިލްމު ޑައިރެކްޓްކުރަނީ ކާކު ކަމެއް ނޭނގެ އެވެ.
ކަރަންއާ އެކު މީގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ޑައިރެކްޓަރު ޝިޝާންކް ކައިތާން ބައިވެރިވާނެ އެވެ. އޭނާ އަކީ ދަރުމާގެ "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" އާއި "ބަދުރީނާތު ކީ ދުލްހަނިޔާ" ގެ އިތުރުން "ދަޅަކް" ގެނެސްދިން ޑައިރެކްޓަރެވެ.
ޝިޝާންކްގެ ކުރިއަށް އޮތް ފިލްމަކީ ކުރިން ވަރުން ދަވަނާ އެކު ހަދަން އިއުލާންކުރި "މިސްޓަ ލޭލޭ" ގެ ނަން ބަދަލުކޮށްގެން ވިކީ ކޯޝަލާ އެކު ހަދާ ފިލްމެކެވެ.
ސަންޖޭ، 55، ގެ ދަރިފުޅު ޝަނާޔާ، 21، އަކީ އަނިލް ކަޕޫރްގެ އާއިލާ އިން ފިލްމީ ދާއިރާ އަށް ނުކުންނަ ތިން ވަނަ ބަތަލާ އެވެ. އަނިލްގެ ދަރިފުޅު ސޯނަމް ކަޕޫރާއި ބޭބެ ބޯނީ ކަޕޫރްގެ ދަރިފުޅު ޖާންވީ ކަޕޫރަކީ އިންޑަސްޓްރީގައި މިހާރު މަޝްހޫރު ތަރިންނެވެ.
ޝަނާޔާ ނެރޭނީ ޖާންވީ ވެސް ނެރުނު ޑައިރެކްޓަރު
ފިލްމުގެ ކުރިން ސަންޖޭގެ ދަރިފުޅުގެ އިޝްތިހާރެއް
ސަންޖޭގެ ދަރިފުޅު ޝަނާޔާގެ ފުރަތަމަ ފިލްމު ޖުލައިގައި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑް ވަރަށް މިސްވޭ: ފަވާދު
ދަރިފުޅުގެ ފިލްމުގެ ޝޫޓިން ފެށުމުން ސަންޖޭ އުފަލުން
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސްރީދޭވީގެ ހަގު ދަރިފުޅު ވެސް ބޮލީވުޑަށް ތައްޔާރު