އިންޑިއާގެ ޓީވީ ބަތަލާ ރުބީނާ ދިލައިކް ބޮލީވުޑަށް ތައާރަކުރާ ފިލްމު "އަރުދު" ގެ ޝޫޓިން ފަށައި، ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ.
02 ސެޕްޓެމްބަރ 2021
އިންޑިއާގެ ޓީވީ ބަތަލާ ރުބީނާ ދިލައިކް ބޮލީވުޑަށް ތައާރަކުރާ ފިލްމު "އަރުދު" ގެ ޝޫޓިން ފަށައި، ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ.
އޭގައި ފެންނަނީ އިންޑިއާގެ ސިގްނޭޗާ ބައެއް ތަންތަނުގެ ބެކްގްރައުންޑާ އެކު ރުބީނާ ފަހަތަށް އެނބުރިގެން ހުންނަ ތަނެވެ. މިދިޔަ މަހު އިއުލާންކުރި "އަރުދު" އަކީ ބޮލީވުޑްގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ޕަލަކް މުއްޗަލްގެ ކޮއްކޮ ޕަލާޝް މުއްޗަލް ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ. މިއީ އޭނާގެ އަލަތު ޑައިރެކްޝަން ވެސް މެ އެވެ.
"ބިގް ބޮސް 14" ކާމިޔާބުކުރި ރުބީނާއާ އެކު "އަރުދު" ގެ ކާސްޓްގައި ރާޖްޕަލް ޔާދަވް، ޓީވީ އެކްޓަރު ހިތޭޝް ތޭޖްވާނީ އަދި ބޮލީވުޑްގެ ތަޖުރިބާކާރު އެކްޓަރު ކުލްބުޝަން ކަރްބަންދާ ވެސް ހިމެނެ އެވެ. މި ފިލްމުގައި ދައްކަނީ އެކްޓަރަކަށްވާން މުމްބާއީ އަށް ދާ ޓްރާންސްޖެންޑާ ފިރިހެނެއްގެ ވާހަކަ އެވެ. އެ ކެރެކްޓާ ކުޅެނީ ރާޖްޕަލް އެވެ.
ކަލާޒް އިން ދައްކާ ސިލްސިލާ "ޝަކްތީ" ގެ ބަތަލާ ރުބީނާގެ ފުރަތަމަ ބޮލީވުޑް ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
މި މަހުގެ 17 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" ގެ ޓައިޓްލް ލަވަ "އާޔީ އާޔީ ބޫތު ޕޮލިސް" ދައްކާލައިފި އެވެ.
ފޯރިގަދަ ނެށުންތަކެއް ހުރި މި ލަވައިގެ ކޮރިއޯ، ރެމޯ ޑި ސޫޒާ ހަދާފައިވާ އިރު، ލަވަ ކިޔާފައި ވަނީ ވިޝާލް ދަދުލާނީ އާއި ސުނީދީ ޗޯހަނެވެ. ލަވައިން ފެނިގެން ދަނީ "ބޫތު ޕޮލިސް" ގެ ކާސްޓުންގެ ތެރެއިން ސައިފް އަލީ ޚާނާއި ޖެކްލިން ފެނަންޑޭޒްގެ އިތުރުން އަރުޖުން ކަޕޫރެވެ. މި ފިލްމުގެ ޔާމީ ގޯތަމް ވެސް ހިމެނެ އެވެ. އެކަމަކު ޓައިޓްލް ލަވައިގައި އޭނައެއް ނެތެވެ.
"ބޫތު ޕޮލިސް" އަކީ "ރޭސް" ފްރެންޗައިޒްގެ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ޕްރޮޑިއުސްކޮށް، ޕަވަން ކިރްޕަލާނީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ޖުލައި މަހުގެ ތެރޭގައި ޝޫޓިން ފެށި ޔާީ ގޯތަމްގެ ފިލްމު "ލޮސްޓް" ގެ ޝޫޓިން ނިންމާލައިފި އެވެ.
ފިލްމުގެ ޝޫޓިން ނިންމައިލުމަށް ފަހު، ކާސްޓާ ކްރޫ އެކަން ފާހަގަކުރަން އެކީގައި ނަގާފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވެ އެވެ. "ލޮސްޓް" އަކީ ކްރިޓިކުންނާއި ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑަށް ލިބުނު 2016 ގެ އަމީތާބް ބައްޗަންގެ ލީގަލް ތުރިލާ "ޕިންކް" ގެ ޑައިރެކްޓަރު އަނިރުދާ ޗައުދަރީ ޑައިރެކްޓްކުރާ ފިލްމެކެވެ.
ޔާމީ ނޫސްވެރިއެއްގެ ރޯލުން ފެންނާނެ "ލޮސްޓް" އަކީ މީޑިއާތަކުގެ ނަޒާހަތްތެރިކަމަށް ބިނާކޮށް ގެނެސްދޭނެ ފިލްމެކެވެ.
ޒީ ސްޓޫޑިިއޯސް އާއި ނަމަހް ޕިކްޗާޒް ގުޅިގެން ގެނެސްދޭނެ ފިލްމުގެ ކާސްޓްގައި ޕަންކަޖް ތުރިޕަތީ، ރާހުލް ކަންނާ، ނީލް ބޫޕަލަން، ޕިއާ ބަޖްޕާއީ އަދި ތުޝާރު ޕާންޑޭ ހިމެނެ އެވެ.
މިދިޔަ މަހުގެ 12 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަން ވަތަނީ ފިލްމު "ޝޭރުޝާ" އަށް މިހާތަނަށް އެމެޒޯންގައި އެންމެ ގިނަ ބަޔަކު ބެލި ހިންދީ ފިލްމުގެ މަގާމު ލިބިއްޖެ އެވެ.
މި ފިލްމަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގި ކަރްގިލް ހަނގުރާމައިގެ ބަތަލެއް ކަމަށްވާ ވިކްރަމް ބަތުރާ އަށް ބިނާކޮށް، ވިޝްނޫ ވަރުދާން ޑައިިރެކްޓްކުރި ބައޮގްރަފިކަލް ވޯ ފިލްމެކެވެ. "ޝޭރުޝާ" ގެ ޓައިޓްލް ރޯލު ކުޅުނީ ސިދާތު މަލްއުތުރާ އެވެ. ވަރަށް ގިނަ ކްރިޓިކުން ބުނެފައިވާ ގޮތުގައި މި ފިލްމަކީ އޭނާގެ ކެރިއަރުގައި މިހާތަނަށް އެންމެ މޮޅު އެކްޓިންއެއް ދެއްކި ފިލްމެވެ.
"ޝޭރުޝާ" ގެ ބަތަލާ އަކީ ކިއާރާ އަދުވާނީ އެވެ.
އެމެޒޯން ޕްރައިންގައި އެންމެ ގިނަ މީހުން ބެލި ހިންދީ ފިލްމުގެ މަގާމު އަށް މިއަށް ލިބުނު އިރު އައިއެމްޑީބީގައި ފިލްމި އޮތީ 10 އިން 8.9 ރޭޓިންގަ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސަލްމާންގެ އަންތިމް އާއި އަޖޭގެ މައިދާން ޑިޖިޓަލްކޮށް؟
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ބޫތު ޕޮލިސް" ގެ ރައިޓްސް 60 ކްރޯޑަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް