03 ޖޫން 2021
ޑިޖިޓަލް ޕްރީމީއަކަށް ދާން ނިންމާފައިވާ ސައިފް އަލީ ޚާނާއި އަރުޖުން ކަޕޫރްގެ ފިލްމު "ބޫތު ޕޮލިސް" ގެ ރައިޓްސް ސްޓާ ނެޓްވޯކަށް ވިއްކާލީ 65 ކްރޯޑް ރުޕީސް (8.89 މިލިއަން ޑޮލަރު) އަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޑިޖިޓަލް ޕްރީމީއަކަށް ދާން ނިންމާފައިވާ ސައިފް އަލީ ޚާނާއި އަރުޖުން ކަޕޫރްގެ ފިލްމު "ބޫތު ޕޮލިސް" ގެ ރައިޓްސް ސްޓާ ނެޓްވޯކަށް ވިއްކާލީ 65 ކްރޯޑް ރުޕީސް (8.89 މިލިއަން ޑޮލަރު) އަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
"ރޭސް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޕްރޮޑިއުސަރު ރަމޭޝް ތައުރާނީގެ މި ފިލްމު ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިންނެވެ. ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ގާތްގަނޑަކަށް 65 ކްރޯޑަށް ފިލްމުގެ ރައިޓްސް ވިއްކައިލި އިރު "ބޫތު ޕޮލިސް" ހަދާފައި ވަނީ 40 ކްރޯޑް ރުޕީސް (5.47 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.
އެހެންވެ ޕްރޮޑިއުސަރަށް ފައިދާގެ ގޮތުގައި މިހާރު ވެސް 25 ކްރޯޑް ރުޕީސް (3.42 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ.
"ބޫތު ޕޮލިސް" ޑިޖިޓަލް ޕްރީމިއާއަކަށް ދާން ނިންމި އިރު، މި އަހަރުގެ ކުރީކޮޅު ޝޫޓިން ނިމި، މިހާރު ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމު އޮތީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފަ އެވެ. އެކަމަކު އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު އޮތް ގޮތުން އެހާ ތަނަށް ވެސް ފިލްމު ސިނަމާތަކުގައި ދެއްކޭނެކަމުގެ މާ ބޮޑު އުންމީދެއް ނެތެވެ.
ޕަވަން ކިރްޕަލާނީ ޑައިރެކްޓްކޮށްފައިވާ "ބޫތު ޕޮލިސް" ގެ ބަތަލާއިންނަކީ ޖެކްލިން ފެނަންޑޭޒާއި ޔާމީ ގޯތަމް އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސަލްމާންގެ އަންތިމް އާއި އަޖޭގެ މައިދާން ޑިޖިޓަލްކޮށް؟
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސައިފްގެ "ބޫތު ޕޮލިސް" ގެ ސީކްއެލްއެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސައިފްގެ އާ ފިލްމުގެ ޓްރެއިލާ ދައްކާލައިފި