21 ޖޫން 2021
ބޮލީވުޑްގެ މިހާރުގެ ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކްޓަރަކީ ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ޚައްތަރު އެވެ. އުމުރުން 25 އަހަރުގެ މި އެކްޓަރު ލީޑް އެކްޓަރެއްގެ ގޮތުގައި ފިލްމީ ކެރިއަރު ފަށައިގަތީ އިންޓަނޭޝަނަލް ޕްރޮޖެކްޓަކުންނެވެ. އެއީ އީރާންގެ ޑައިރެކްޓަރު މާޖިދު މާޖިދީގެ 2017 ގެ ފިލްމު "ބިޔޯންޑް ކްލައުޑްސް" އިންނެވެ.
ބޮލީވުޑްގެ މިހާރުގެ ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކްޓަރަކީ ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ޚައްތަރު އެވެ. އުމުރުން 25 އަހަރުގެ މި އެކްޓަރު ލީޑް އެކްޓަރެއްގެ ގޮތުގައި ފިލްމީ ކެރިއަރު ފަށައިގަތީ އިންޓަނޭޝަނަލް ޕްރޮޖެކްޓަކުންނެވެ. އެއީ އީރާންގެ ޑައިރެކްޓަރު މާޖިދު މާޖިދީގެ 2017 ގެ ފިލްމު "ބިޔޯންޑް ކްލައުޑްސް" އިންނެވެ.
އިޝާންގެ ބޮލީވުޑްގެ ފުރަތަމަ ބޮޑު ފިލްމަކީ ސްރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރް ތައާރަފުވި ފިލްމު 2018 ގެ "ދަޅަކް" އެވެ. އެ ފިލްމުން އިޝާން ވަނީ ބެލުންތެރިންގެ ލޯތްބާއި ސަޕޯޓް ވަރަށް ބޮޑަށް ހޯދައިފަ އެވެ. އިޝާންގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ ބޭބެ ޝާހިދު ފަދައިން ނެށުމުގެ ހުނަރު ވަރަށް ބޮޑަށް ލިބިފައިވާ އެކްޓަރަކަށްވުމެވެ. "ދަޅަކް" އިން ވެސް އެ ހުނަރު ވަރަށް ރަނގަޅަށް ދައްކައިލި އެވެ.
އަލަށް ބޮލީވުޑަށް ނުކުތް އެކްޓަރުންގެ ތެރެއިން އިޝާނަކީ އެންމެ އުންމީދީ އެކަކެވެ. އޭނާގެ ދެ މަސައްކަތެއް މިދިޔަ އަހަރު ފެނިގެން ދިޔަ އެވެ. އެއީ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑުއަރާފައިވާ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭއާ އެކު ފެނިގެން ދިޔަ "ކާލީ ޕީލީ" އާއި މީރާ ނައިރްގެ ބީބީސީ ވަން/ނެޓްފްލިކްސްގެ މިނީ ސީރީޒް "އަ ސޫޓަބަލް ބޯއި" އެވެ. އޭގައި އިޝާން ފެނިގެން ދިޔައީ ބޮލީވުޑްގެ އެންމެ ހުނަރުވެރި ބަތަލާއިންގެ ތެރޭގައި ހިމެނޭ ތައްބޫއާ އެކީގަ އެވެ.
އިޝާންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކެޓްރީނާ ކައިފާއި ސިދާންތު ޗަތުރަވެދީއާ އެކު ފެނިގެން ދާނެ ހޮރޯ-ކޮމެޑީ "ފޯންބޫތު" އާއި ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ވަތަނީ ފިލްމު "ޕިއްޕާ" ހިމެނެ އެވެ.
އިޝާނަކީ މިހާރު ބޮލީވުޑްގެ ވަރަށް ގިނަ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ ލޯ އަމާޒުވެފައިވާ އެކްޓަރެކެވެ. އޭނާ ލައްވައި ފިލްމު ކުޅުވަން އެންމެ ބޭނުންވާ މީހުންގެ ތެރޭގައި ކަރަން ޖޯހަރާއި ޑައިރެކްޓަރު ވިޝާލް ބަރަދްވާޖް ފާހަގަކޮށްލެވެ އެވެ.
އިޝާންގެ "ދަޅަކް" އަކީ ވެސް ކަރަން ޕްރޮޑިއުސްކުރި ފިލްމެކެވެ. ރިޕޯޓްތައް ބުނާ ގޮތުން ވިޝާލް ހަދަން ނިންމާފައިވާ ސީރީޒް "މިޑްނައިޓްސް ޗިލްޑްރެން" އިން އިޝާން ފެންނާނެ އެވެ. ވިޝާލް އަކީ އިޝާންގެ ބޭބެ ޝާހިދުގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތައް ހެދި ޑައިރެކްޓަރެވެ. އޭގެ ތެރޭގައި 2009 ގެ "ކަމީނޭ" އާއި 2014 ގެ "ހައިދަރު" ހިމެނެ އެވެ.
އިޝާން އަކީ އަދި ކިރިޔާ ފިލްމު ކެރިއަރު ފަށައިގަތް އެކްޓަރަކަށްވާތީ، ބޭބެ ޝާހިދު މިހާރު ހުރި ހިސާބަށް ދާން އަދި އޭނާ އަށް އަދި ވަގުތު ނަގާނެ އެވެ. އެކަމަކު ޔަގީންވާ ކަމަކީ ނެށުމުގެ ހުނަރަށް ބަލާ އިރު، އިޝާނަކީ ޝާހިދަށް ދޫނުކުރާ ވަރުގެ ތަރިއެއްކަމެވެ.
ކުރިއަރަމުން އަންނަ އެކްޓަރު ނެށުމުގެ ޓްރެއިނިން ހެދީ މަޝްހޫރު ކޮރިއޮގްރާފަރު އަދި ޑާންސް އެކެޑެމީއެއް ހިންގާ ޝިއަމަކް ދަވާރްގެ ޑާންސް އެކެޑެމީންނެވެ.
ޝާހިދާއި އިޝާނަކީ އެއްބަނޑު ދެބޭންނެވެ. ޝާހިދުގެ ބައްޕަ އަކީ އެކްޓަރު ޕަންކަޖް ކަޕޫރެވެ. އިޝާންގެ ބައްޕަ އަކީ ރާޖޭޝް ޚައްތަރް އެވެ. އެ މީހުންގެ މަންމަ އަކީ ކުރީގެ ބަތަލާ ނީލިޒާ އަޒުމީ އެވެ.
ލީޑް އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ނުކުތުމުގެ ކުރިން އިޝާން ވަނީ ކުޑައިރު ވެސް ބައެއް ފިލްމުތުގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި ސަންޖޭ ދަތުގެ 2005 ގެ ފިލްމު "ވާ! ލައިފް ހޯ ތޯ އޭސީ" ފާހަގަކޮށްލެވެ އެވެ. ބައެއް ޕްރޮޖެކްޓްތަކުގައި އިޝާން އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވެ އެވެ.
ކެޓްރީނާއާ އެކު ކުޅެން ލިބުނު ފިލްމު ދޫކޮށްލީ ޝާހިދު
އާޔޫޝް ފުރަތަމަ ބެކް ޑާންސަރެއްގެ ގޮތުގައި
ޝާހިދުގެ "ބްލަޑީ ޑެޑީ" ގެ މަސައްކަތް ދުބާއީގައި
ޝާހިދުގެ "ޖާޒީ" ދައްކާލައިފި
ޝާހިދު ދޫކޮށްލި "ޔޯދާ" ސިދާތާ އެކު ފްރެންޗައިޒަކަށް
ޝާހިދުގެ ފިލްމަށް ބޫމީ ބުނީ ނޫނެކޭ
ޝާހިދު ޕެރަޓްރޫޕަރެއްގެ ރޯލަށް
ރިތިކާއި ރަންބީރް އެކީގައި ނިތޭޝްގެ ފިލްމަކަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ގޯވިންދާއަށް ނެށުން ތައްޔާރުކުރަން ފެންވަރެއްނެތް: ފަރާ