Roadha Mihaaru
ޝާހިދުގެ "ބްލަޑީ ޑެޑީ" ގެ މަސައްކަތް ދުބާއީގައި

ޝާހިދުގެ "ބްލަޑީ ޑެޑީ" ގެ މަސައްކަތް ދުބާއީގައި

29 ނޮވެމްބަރ 2021

މީފެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ޝާހިދު ކަޕޫރް ދުބާއީގައި ޝޫޓިން ފެށި ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުގެ ފިލްމުގެ ނަމަކީ "ބްލަޑީ ޑެޑީ" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީފެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ޝާހިދު ކަޕޫރް ދުބާއީގައި ޝޫޓިން ފެށި ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުގެ ފިލްމުގެ ނަމަކީ "ބްލަޑީ ޑެޑީ" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޝާހިދު ވަރުގަދަ އެކްޝަން ރޯލަކުން ފެންނާނެ މި ފިލްމަކީ ފްރާންސްގެ ފިލްމެއް ކަމަށްވާ 2011 ގެ ނުއީ ބްލާންޗް (ސްލީޕްލެސް ނައިޓްސް) އަސްލަކަށް ބަލައިގެން ހަދާ އެއްޗެކެވެ. މީގެ މައިގަނޑު ޕްލޮޓަކީ އަންޑަވޯލްޑް އިން ކިޑްނެޕްކުރާ އަންހެން ދަރިއަކު ސަލާމަތް ކުރަން ބައްޕައަކު ކުރާ މަސައްކަތެވެ.

ޝާހިދުގެ ފިލްމުގެ ނަމަކީ "ބްލަޑީ ޑެޑީ" ކަމަށް މީޑިއާތަކުން ބުންޏަސް ޑައިރެކްޓަރު އަދި އެކަން ރަސްމީކޮށް ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. އެކަމަކު ފިލްމުގެ ޓީމުގެ ބަޔަކާ ހަވާލާދީ މީޑިއާތަކުން ބުނީ އޭގެ މަސައްކަތް ކުރިއަށް ގެންދަނީ ވޯކިން ޓައިޓްލްއަކަށް "ބްލަޑީ ޑެޑީ" ހަމަޖައްސައިގެން ކަމަށާއި ފިލްމުގެ ރަސްމީ ނަމަކަށް ވެސް ވާނީ އެ ނަން ކަމަށެވެ. ސަބަބަކީ ފިލްމުގެ ޕްލޮޓާ ނަން ވަރަށް ބޮޑަށް ގުޅުމެވެ.

މި ފިލްމަކީ އަލީއާ އެކު ޝާހިދު މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. "ބްލަޑީ ޑެޑީ" ގެ ބަތަލާ އަކީ ކާކު ކަމެއް އަދި ނޭނގެ އެވެ. މީޑިއާތަކުން ކުރިން ބުނެފައިވާ ގޮތުގައި ބޫމީ ޕިޑްނޭކަރަށް ފިލްމު ހުށަހެޅުމުން ރޯލާ މެދު އެހާ ގަޔާނުވާތީ އޭނާ ވަނީ އެ ގަބޫލުނުކޮށް ދޫކޮށްލައިފަ އެވެ.

"ބްލަޑީ ޑެޑީ" ގެ މަސައްކަތް ކުރިއަށްދާ އިރު، އަންނަ މަހުގެ 31 ގައި ޝާހިދުގެ ކްރިކެޓް ފިލްމު "ޖާޒީ" ސިނަމާތަކަށް އަންނާނެ އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ކަބީރް ސިންގް" އެވެ. ޝާހިދުގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "ފޭކްސް" އާއި ފިލްމު "ބުލް" ހިމެނެ އެވެ.

"ޓައިގާ ޒިންދާ ހޭ" އާއި "ސުލްތާން" ފަދަ ފިލްމުތައް ގެނެސްދިން އަލީގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ބާރަތު" އެވެ.