19 ޖެނުއަރީ 2022
ބޮލީވުޑްގެ ބަތަލާ ޖެކްލީން ފެނާންޑޭޒް ސޮއިކޮށްފައި އޮތް ދެ ތެލެގޫ ފިލްމެއް އޭނާ އަށް ދާފި ފަހުން ގެއްލިފައި ވަނިކޮށް އޭގެ ތެރެއިން "ދަ ގޯސްޓް" ގެ ބަތަލާގެ ރޯލު ސޮނާލް ޗޯހަނަށް ދީފި އެވެ.
ބޮލީވުޑްގެ ބަތަލާ ޖެކްލީން ފެނާންޑޭޒް ސޮއިކޮށްފައި އޮތް ދެ ތެލެގޫ ފިލްމެއް އޭނާ އަށް ދާފި ފަހުން ގެއްލިފައި ވަނިކޮށް އޭގެ ތެރެއިން "ދަ ގޯސްޓް" ގެ ބަތަލާގެ ރޯލު ސޮނާލް ޗޯހަނަށް ދީފި އެވެ.
ފިލްމުފެއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މަނީ ލޯންޑްރިންގެ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ޖެކްލިން ވެއްޓިފައި ވާތީ އޭނާ ފިލްމުން ބޭރުކޮށް ސޮނާލް އަށް ފުރުސަތު ދިނީ ފިލްމަށް ވަރަށް ބޮޑަށް ފިޓްވާ ކަމަށް އޭގެ ޓީމަށް ގަބޫލުކުރެވިގެންނެވެ. ސޮނާލް އަކީ އިމްރާން ހާޝިމީގެ 2008 ގެ ފިލްމު "ޖައްނަތު" އިން އެކްޓިން އަށް ނުކުތް ބަތަލާއެކެވެ.
ވަރަށް ރީތި ބަތަލާއެއްގެ ގޮތުގައި ސޮނާލް، 34، ފާހަގަކުރެވުނަސް އޭނާ އަކީ ކެރިއަރު ފަނޑު ބަތަލާއެކެވެ. މިހާތަނަށް ކުޅޭނެ މާ ރަނގަޅު ފިލްމުތަކެއް ވެސް ލިބިފައެއް ނުވެ އެވެ. "ޖަންނަތު" ގެ ފަހުން ސޮނާލް ކުޅުނު ބޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި "ބުއްޑާ...ހޯގާ ތޭރާ ބާޕް" (2011) އާއި "ޕަލްޓާން" (2018) ހިމެނެ އެވެ.
މަޝްހޫރު ތެލެގޫ އެކްޓަރު ނަގްއަރުޖުނާ އަކިނޭނީ، 62، ބަތަލުގެ ރޯލު ކުޅެން ހަމަޖެހިފައިވާ "ދަ ގޯސްޓް" އިން ސޮނާލް އަށް ފުރުސަތު ލިބުނު އިރު، މި އަހަރު ވެސް އޭނާގެ ތެލެގޫ ފިލްމެއް ރިލީޒްވާން އެބަ އޮތެވެ. އެއީ އެޕްރީލަށް ތާވަލުކޮށްފައި އޮތް "އެފް 3: ފަން އެންޑް ފްރަސްޓްރޭޝަން" އެވެ.
ސޮނާލް ވަނީ ތެލެގޫގެ އިތުރުން ތަމަޅަ އަދި ކަންނާޑާ ފިލްމުތަކެއްގައި ވެސް މަސައްކަތްކޮށްފަ އެވެ.
ޖެކްލިން ސޮއިކުރި ތެލެގޫ ފިލްމުން "ވަކިކޮށްފި"
ސާރާއަށް އެކްޓުކުރަން ނޭނގޭ ކަމަށް ބުނެ ފާޑުކިޔަނީ
ޖެކްލިން އަށް އަނެއްކާ ވެސް ފިލްމެއް ގެއްލިއްޖެ
އަކްޝޭ އާއި ޓައިގާ ވަރުގަދަ ތަޅާފޮޅުމަކަށް
ޝާހިދުގެ "ބްލަޑީ ޑެޑީ" ގެ މަސައްކަތް ދުބާއީގައި
ރަންވީރާއި ދީޕިކާގެ "83" ގެ ޓީޒާއެއް
ޖާންވީ އާއި ރާޖް ވެސް ކްރިކެޓް ކުޅޭނެ
އަހާން ނެރޭ ފިލްމުގެ ޓްރެއިލާ ދައްކާލައިިފި
"ބަދާއީ ދޯ" ނިންމާލައި ރާޖާއި ބޫމީ ދެވަނަ ފިލްމަކަށް
ޑްރަގް މައްސަލައާއެކު އަނަންޔާ އަށް ފިލްމެއް ގެއްލިއްޖެ