15 ޖެނުއަރީ 2022
ބޮލީވުޑްގެ ބަތަލާ ޖެކްލިންއާ ވެސް ގުޅުން އޮތް ކަމަށް ބެލެވޭ މަނީ ލޯންޑްރިންގެ ބޮޑު މައްސަލައަކާ ހެދި ސޮއިކޮށްފައި އޮތް ތެލެގޫ ފިލްމެއް އޭނާ އަށް ދާދި ފަހުން ގެއްލިފައި ވަނިކޮށް އަނެއްކާ ވެސް ދެކުނުގެ ޕްރޮޖެކްޓެއް ޖެކްލިން އަށް ގެއްލިއްޖެ އެވެ.
ބޮލީވުޑްގެ ބަތަލާ ޖެކްލިންއާ ވެސް ގުޅުން އޮތް ކަމަށް ބެލެވޭ މަނީ ލޯންޑްރިންގެ ބޮޑު މައްސަލައަކާ ހެދި ސޮއިކޮށްފައި އޮތް ތެލެގޫ ފިލްމެއް އޭނާ އަށް ދާދި ފަހުން ގެއްލިފައި ވަނިކޮށް އަނެއްކާ ވެސް ދެކުނުގެ ޕްރޮޖެކްޓެއް ޖެކްލިން އަށް ގެއްލިއްޖެ އެވެ.
މީޑިއާތަކުން ބުނި ގޮތުގައި އެ ފިލްމަކީ މަޝްހޫރު ތެލެގޫ އެކްޓަރު ނާގުއަރުޖުނާ އަކިނޭނީގެ "ދަ ގޯސްޓް" އެވެ. މި ފިލްމުން ޖެކްލިން އަށް ފުރުސަތު ލިބުނީ، އެ ފިލްމު ފުރަތަމަ ލިބުނު ބަތަލާ ކާޖަލް އަގަރްވާލް ބަލިވެއިނުމުން ފިލްމު ދޫކޮށްލުމުންނެވެ.
ޖެކްލިން އަށް ކުރިން ގެއްލުނު ތެލެގޫ ފިލްމަކީ ކްރިޝް ޑައިރެކްޓްކޮށް، ޕަވަން ކަލިއަން ބަތަލުގެ ރޯލު ކުޅެން ހަމަޖެހިފައިވާ "ހަރީ ހަރާ ވީރާ މައްލޫ" އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޕްރަވީން ސައްތަރޫ ޑައިރެކްޓްކުރާ "ދަ ގޯސްޓް" ގެ ޓީމް މި ވަގުތު ޖެކްލިންއާ އެކު މަސައްކަތް ނުކުރަން ނިންމައި އޭނާއާ އެކު ހެދި އެއްބަސްވުން އުވައިލީ ސްރީ ލަންކާ އަށް އުފަން ބަތަލާ ހިމަނައިގެން ފިލްމުގެ މަސައްކަތްކޮށްފި ނަމަ، ޖެކްލިންއާ ގުޅުން ހުރި މައްސަލައިގެ ނޭދެވޭ އަސަރު ފިލްމަށް ކޮށްފާނެތީ އެވެ. ނަމަވެސް ބައެއް މީޑިއާތަކުން ބުނީ ޖެކްލިން އަމިއްލަ އަށް ފިލްމުން ވަކިވީ ކަމަށެވެ.
މަނީ ލޯންޑްރިންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި ހައްޔަރުކޮށްފައިވާ ސުކޭޝް ޗަންދަރުސޭކަރާ ޖެކްލިން ރައްޓެހިވެ އޭނާގެ އަތުން އަގު ބޮޑު ގިނަ ހަދިޔާތަކެއް ލިބިފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އިންޑިއާގެ ޑިރެކްޓޮރޭޓް އޮފް އެންފޯސްމަންޓް (އީޑީ) އަންނަނީ ތަހުގީގުކުރަމުންނެވެ.
ޖެކްލިން ސޮއިކުރި ތެލެގޫ ފިލްމުން "ވަކިކޮށްފި"
މަނީ ލޯންޑްރިންއާ ހެދި ޖެކްލީން ހައްޔަރުކޮށްފާނެ
ޖެކްލިން މަނީ ލޯންޑްރިންގެ މައްސަލައެއްގައި
ޖެކްލިން އަށް ގެއްލުނު ފިލްމު ސޮނާލް އަށް
ޖެކްލީން އިންޑިއާ ދޫކޮށް ފިލަން އުޅުނު: އީޑީ
ރާޖް ކުންދުރާ އަށް މަނީ ލޯންޑްރިންގެ ތުހުމަތު
ފޮޓޯތަކުގެ މައްސަލާގައި ޖެކްލީންގެ ދިފާއުގައި ފަންނާނުން
"މަނިކެ މަގޭ ހިތޭ" ލަވަ ހިމެނޭ ފިލްމު އަންނަ އަހަރު
ޝާހްރުކްގެ ފިލްމުން ނަޔަންތަރާ ވަކިވެއްޖެ
ޑްރަގް މައްސަލައާއެކު އަނަންޔާ އަށް ފިލްމެއް ގެއްލިއްޖެ