20 މެއި 2022
ބޮލީވުޑްގެ ތަރި ޝިލްޕާ ޝެޓީގެ ފިރިމީހާ އަދި ވިޔަފާރިވެރިޔާ ރާޖް ކުންދުރާ އާއި އެހެން ބަޔަކަށް ލޯންޑްރިންގެ ތުހުމަތުކޮށް އިންޑިއާގެ އެންފޯސްމެންޓް ޑިރެކްޓޮރޭޓް (އީޑީ) އިން މައްސަލަ ބަލަން ފަށައިފި އެވެ.
ބޮލީވުޑްގެ ތަރި ޝިލްޕާ ޝެޓީގެ ފިރިމީހާ އަދި ވިޔަފާރިވެރިޔާ ރާޖް ކުންދުރާ އާއި އެހެން ބަޔަކަށް ލޯންޑްރިންގެ ތުހުމަތުކޮށް އިންޑިއާގެ އެންފޯސްމެންޓް ޑިރެކްޓޮރޭޓް (އީޑީ) އިން މައްސަލަ ބަލަން ފަށައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެ މައްސަލައާ ގުޅިގެން ވަރަށް އަވަހަށް އެމީހުންނާ ސުވާލުކުރާނެ އެވެ. އެ މައްސަލަ އެމީހުންނާ ދެކޮޅަަށް ހުށަހަޅާފައި ވަނީ މުމްބާއީގެ ފުލުހުން އެމީހުންގެ މައްޗަށް ކުރާ ބަރަހަނާ މަންޒަރުތައް ހުންނަ އެޕްސްތައް ހެދި ކަމަށް ތުހުމަތުކުރި މައްސަލައާ ވެސް ގުޅިގެންނެވެ.
އެ މައްސަލަ ރަޖިސްޓްރީކޮށްފައި ވަނީ އެކަމާ ގުޅޭ ހެކިތަކެއް ހޯދުމަށް ފަހު މިދިޔަ ހަފްތާގެ ތެރޭގަ އެވެ.
އީޑީން މިހާރު ތަހުގީގުކުރަމުން އަންނަނީ ރާޖާއި އެ މައްސަލައިގައި ދެން ތުހުމަތުކުރެވޭ މީހުންގެ ފައިނޭންޝިލް ޓްރާންސެކްޝަންތަކެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ބަހަރަހަނާ ފިލްމު ހެދުމުގެ މަސައްކަތުގައި އެންމެ އިސް ރޯލެއް އަދާކުރީ ރާޖު އެވެ. ރާޖް ބަހަރަނާ ފިލްމު ހަދާފައި ވަނީ އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި ތިބޭ ވިޔަފާރީގެ ޕާޓްނަރުންތަކެއް ބައިވެރިވެގެން ކަމަށްވެ އެވެ. އަދި އެކަމަކީ ވަރަށް ފުޅާކޮށް ސީދާ މާލީ މަންފާ ހޯދަން ހިންގާފައިވާ ބޮޑު ވިޔަފާރީއެއް ކަމަށްވެ އެވެ.
ބަރަހަނާ ފިލްމު ހަދައި އެ އެއްޗެހި ދައުރުކުރި ކަމަށް ބުނާ މައްސަލާގައި ރާޖް ހައްޔަރުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. ކަފާލާތުގެ ދަށުން އޭނާ މިނިވަންވީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެވެ.
ފުލުހުން ބުނީ ރާޖްގެ މައްސަލަ މުމްބާއީ ކްރައިމް ބްރާންޗަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މަދް އައިލެންޑުގައި ހުންނަ ގެއެއް ބަލައި ފާސްކުރުމަށް ފަހުގަ އެވެ. އެކަމަކު ރާޖް ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
ރާޖް ކުންދުރާގެ ބަޔޮޕިކް އޭނާ އަމިއްލަ އަށް ކުޅެފި
ބަރަހަނާ ފިލްމުގެ ތުހުމަތުގައި އަސާސެއް ނެތް: ރާޖް
ޝެރްލީންގެ އަތުން 50 ކްރޯޑް ހޯދަން ޝިލްޕާ ކޯޓަށް
ފިރިމީހާ ކޮބައިތޯ އެހުމުން ޝިލްޕާ ރުޅިގަދަވެއްޖެ
ޝިލްޕާގެ ފިރިމީހާ ކަފާލާތުގެ ދަށުން މިނިވަންކޮށްފި
ޝިލްޕާ އާއި މަންމައާ ދެކޮޅަށް ހީލަތުގެ މައްސަލަތަކެއް
މީޑިއާގެ ޝަރީއަތެއް ބޭނުމެއް ނޫން: ޝިލްޕާ
މީޑިއާއާ ދެކޮޅަށް ޝިލްޕާ ކޯޓަށް
ޝިލްޕާގެ ފިރިމީހާ އަށް ޖިންސީ ގޯނާގެ ތުހުމަތު!
ޝިލްޕާގެ ފިރިމީހާގެ ބަންދަށް އިތުރު 14 ދުވަސް